Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ކެންޑިޑޭޓުން ސޮއިކުރި ވޯޓާސްލިސްޓް ލިބުން ލަސްވާތީ ކަންބޮޑުވެއްޖެ

15 ސެޕްޓެމްބަރު 2018 | ހޮނިހިރު 15:17

ވޯޓާސްލިސްޓް މީގެކުރީގެ އިންތިހާބުތަކުގައި ފޯރުކޮށްދީފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 15 ސެޕްޓެމްބަރު 2018 | ހޮނިހިރު 15:17
އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބޫގެ ތަރުޖަމާނު މާރިއާ އަހުމަދުދީދީ

އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބޫގެ ތަރުޖަމާނު މާރިއާ އަހުމަދުދީދީ

މިމަހު 23 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ފަރާތުން މަންދޫބުން ސޮއި ކުރައްވާފައިވާ ވޯޓާސްލިސްޓް ނުދީ ހިފަހައްޓަމުންދަތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، އެ ލިސްޓް އަވަހަށް ހިއްސާކޮށްދިނުމަށް ގުޅިފައިވާ ޕާޓީ ތަކުން އިލެކްޝަންސް ކޮމިޝަނަށް ގޮވާލައިފި އެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ)ގެ ތަރުޖަމާން މާރިއާ އަހުމަދުދީދީ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ފަރާތުން މަންދޫބުން ވޯޓާސްލިސްޓްގައި ސޮއި ކުރައްވަން ވަޑައިގެންނެވި އިރު މޯބައިލް ފޯނެއް ވެސް ސޮއިކުރާ މާލަމަށް ވައްދަން އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފައި ނުވާ ކަމަށެވެ. ނަމަވެސް މީގެ ކުރީގެ އަހަރުތަކުގައި އެލިސްޓަކީ ސޮއި ކުރައްވަން ވަޑައިގަންނަވާ ބޭފުޅުން ފޮޓޯ ނެގޭ ލިސްޓެއް ކަމަށާއި އަދި އެ ލިސްޓް ކެންޑިޑޭޓުންނަށް ފޯރުކޮށްދެމުން ވެސް ދިޔަ ލިސްޓެއް ކަމަށް މާރިޔާ ވިދާޅުވި އެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތުން މަންދޫބުން ވަނީ މިދިޔަ ބުދަ ދުވަހު ވޯޓާސް ލިސްޓްގައި ސޮއި ކުރައްވާފަ އެވެ. ނަމަވެސް މިއަދާ ހަމައަށް އެލިސްޓްގެ ކޮޕީއެއް ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނުލިބުމަކީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންވާ ކަމެއް ކަމަށް މާރިޔާ ވިދާޅުވި އެވެ. މާރިޔާ ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް އެ ލިސްޓް ބޭނުންވާ ފަދައިން ޕީޕީއެމަށް ވެސް އެ ލިސްޓް ބޭނުންވާނެ ކަމަށެވެ. އަދި ކެންޑިޑޭޓުން ސޮއި ކުރައްވާފައިވާ ވޯޓާސް ލިސްޓް ހޯދުމަށް ގުޅިފައިވާ ޕާޓީ ތަކުން އެދުމުން އެކަން ކޮށްނުދޭންޖެހޭ ސަބަބެއް އޮވެގެން ނުވާނެ ކަަމަށްވެސް މާރިޔާ ވިދާޅުވި އެވެ. މީގެ އިތުރުން މާރިޔާ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ނަތީޖާ އިއުލާންކުރުމުގައި ޓެބްލެޓް ބޭނުން ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ބުނި ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން ތަމްރީން ކޮށްފައިވާ އިންތިހާބުގެ ނަތީޖާ ޓެބްލެޓް ބޭނުންކޮށްގެން އިއުލާންކުރާ ގޮތަށް ކަމަށްވާތީ އެއީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. ގާނޫނު އަސާސީއާ އިންތިހާބާ ބެހޭ ގާނޫނުތަކާ ހަވާލާދީ މާރިޔާ ވިދާޅުވީ އިންތިހާބުގެ ނަތީޖާ އިއުލާންކުރަންވާނީ ވޯޓުލާ މަރުކަޒުގައި އޮބްޒާވަރުންގެ ކުރިމަތީގައި ކަމަށާއި އަދި އެގޮތަށް އިއުލާންކުރެވޭ ނަތީޖާ ޝީޓް އިންތިހާބު ބާއްވާ މަރުކަޒުތަކުގައި ތަތްކުރެވިފައި ހުންނަންވާނެ ކަމަށްވެސް ގާނޫނުއަސާސީއާއި ގާނޫނުތަކުގައި ބުނާ ކަމަށެެވެ.

Advertisement - newsAdvertisement

އިލެކްޝަންސް ކޮމިޝަނަށާއި އެކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން މާރިއާ އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފު ތުރުކުރައްވައިގެން ހުންނެވި "ފިޔާތޮށި ކުލައިގެ ރައީސް ޔާމީން 2018"ގެ ޓީޝާޓު ބާލުއްވައި، މިނިވަން މުއައްސަސާއެއްގެ ވެރިއެއް ގޮތަށް އެބޭފުޅާގެ އަމަލުތައް ބަހައްޓަވައި މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވައި ދެއްވުމަށް ތަކުރާރުކޮށް ގޮވާލައްވާ ކަމަށެވެ.

އެންމެ ހިނގާ

1

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

2

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

3

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

4

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

5

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

އިތުރަށް ކިޔާލަން

06 މާރިޗު 2017

ކާޑެއްދޫ އެއާޕޯޓް ޙަވާލުކުރުން ލަސްވާތީ މެނޭޖްމަންޓާ ފުލުހުން މަޝްވަރާކޮށްފި

06 މާރިޗު 2017
ކާޑެއްދޫ އެއާޕޯޓް ޙަވާލުކުރުން ލަސްވާތީ މެނޭޖްމަންޓާ ފުލުހުން މަޝްވަރާކޮށްފި
05 މާރިޗު 2017

ކެންޑިޑޭޓުންގެ ގުރުއަތު ނެގުން ފަސްކޮށްފި

05 މާރިޗު 2017
ކެންޑިޑޭޓުންގެ ގުރުއަތު ނެގުން ފަސްކޮށްފި
08 ފެބުރުއަރީ 2017

ކެންޑިޑޭޓުންގެ ޝަރުތު ބަދަލުކުރުމަކީ ޤަބޫލުކުރާ އުސޫލެއް ނޫން: އެމްޑީޕީ

08 ފެބުރުއަރީ 2017
ކެންޑިޑޭޓުންގެ ޝަރުތު ބަދަލުކުރުމަކީ ޤަބޫލުކުރާ އުސޫލެއް ނޫން: އެމްޑީޕީ
05 ފެބުރުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި

05 ފެބުރުއަރީ 2017
ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
25 ޖެނުއަރީ 2017

ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން

25 ޖެނުއަރީ 2017
ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް