Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހަނިމާދޫ ގައި މުޒާހަރާކުރުން

ހަނިމާދޫ މަގު ހެދުމުގެ މަސައްކަތުގައި އުޅުނު ބަޔަކު މުސާރައިގެ މައްސަލައިގައި މުޒާހަރާ ކޮށްފި

15 ސެޕްޓެމްބަރު 2018 | ހޮނިހިރު 12:22

އެ މީހުން ބުނީ މަހަކާއި 21 ދުވަހު މަސައްކަތް ކުރުވާފައި ދިނީ 18 ދުވަހުގެ މުސާރަ ކަމަށް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 15 ސެޕްޓެމްބަރު 2018 | ހޮނިހިރު 12:22
މުސާރައިގެ މައްސަލައިގާ ހަނީމާދޫ ޒުވާނުންތަކެއް މުޒާހަރާ ކުރަނީ

މުސާރައިގެ މައްސަލައިގާ ހަނީމާދޫ ޒުވާނުންތަކެއް މުޒާހަރާ ކުރަނީ

ހދ. ހަނިމާދޫގައި މަގު ހެދުމުގެ މަސައްކަތްކުރަމުން ދިޔަ އެ ރަށުގެ ޒުވާނުންތަކެއް މުސާރައިގެ މައްސަލައިގާ މުޒާހަރާ ކޮށްފިއެވެ.

ހުކުރު ދުވަހުގެ ރޭ މުޒާހަރާކޮށްފައި ވަނީ މަގު ހެދުމުގެ މަސައްކަތުގައި ހަނިމާދޫގައި ޤާއިމްކޮށްފައިވާ ހައުސިންގ މިނިސްޓްރީގެ ޕަބްލިކް ވޯކްސް ސަރވިސަސްގެ ހަނިމާދޫ ސައިޓް އޮފީސް ދޮށުގައެވެ.

Advertisement - newsAdvertisement

މުޒާހަރާކުރި މީހުންގެ ތެރެއިން މީހަކު ރާއްޖެ އެމްވީއަށް ބުނީ އެމީހުން އިހުތިޖާޖް ކުރަމުންދަނީ ހަމަ މުސާރަ ނުދިނުމުންނާއި އެތައް އިރަކު މަސައްކަތް ކުރުވާފައި ދޭން ޖެހޭ އިތުރު ގަޑީގެ ފައިސާ ނުދިނުމުން ކަމަށެވެ.

ޒުވާނުން އަޑު އުފުލަނީ

އޭނާ ބުނީ އެ މީހުން ލައްވައި އެއް މަހާއި 21 ދުވަހު މަސައްކަތް ކުރުވާފައި މުސާރަ ދީފައި ވަނީ 18 ވަރަކަށް ދުވަހުގެ މުސާރަ ކަމަށެވެ. އަދި 16 ގަޑިއިރާއި 17 ގަޑިއިރު އިތުރަށް މަސައްކަތް ކުރުވި ކަމަށާއި އެކަމަކު މުސާރައިގެ އިތުރުން އެއްވެސް އެއްޗެއް ދީފައި ނުވާ ކަމަށެވެ.

އޭނާ ބުނީ ފުރަތަމަ ބުނަމުން އައީ މުސާރައިގެ ބާކީބައި ނުދޭނެ ކަމަށާއި ނަމަވެސް ފަހުން އެ ފައިސާ ފަހުން ދޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. އެކަމަކު އެފައިސާ ދޭނެ ދުވަހެއް ނުބުނެދޭ ކަމަށް އޭނާ ބުންޏެވެ.

ހަނިމާދޫގައި ޒުވާނުން އަޑު އުފުލަނީ

މިރޭ (ހުކުރު ދުވަހުގެރޭ) 9 ޖަހާއިރު އެކަމާ ގުޅޭ ގޮތުން ބައްދަލުވުމެއް ބާއްވަން ހަމަޖައްސާފައި އޮތް ނަމަވެސް އެ އޮފީހުގެ އެއްވެސް މީހަކު ބައްދަލުވުމަށް ނުނިކުންނަ ކަމަށާއި އެންމެން ވެސް ވަނީ ފިލާފައި ކަމަށް އޭނާ ބުންޏެވެ.

މުސާރައިގެ މައްސަލައިގާ އިހުތިޖާޖް ކުރަމުން ދަނީ މުޅިން ވެސް ހަނިމާދޫގެ ޒުވާނުންނެވެ. އެރަށުގެ 22 ވަރަކަށް ޒުވާނުން އޭގެ ތެރޭގައި ހިމެނޭ އިރު "ކުރި މަސައްކަތުގެ ހައްޤު އުޖޫރަ ދިނުމަށް" ގޮވާލައި ބެނާއެއް ވެސް އެ މީހުން ގެންގުޅުނެވެ. އަދި އެތަނާ ހަވާލުވެ އިސްކޮށް ތިބި ބައެއް ފަރާތްތަކުގެ އިސްތިއުފާއަށް ވެސް ވަނީ ގޮވާފައެވެ. އޭގެ ތެރޭގައި އެމަސައްކަތާ އިސްވެ ހަވާލުވެ ހުންނެވި ހައުސިންގ މިނިސްޓްރީގެ މުހައްމަދު ޤާސިމް ވެސް ހިމެނެއެވެ.

ރާއްޖެ އެމްވީން މިކަމާ ގުޅޭ ގޮތުން މުހައްމަދު ޤާސިމަށް ގުޅުމުން ފޯނު ކަނޑުއްވައި ލެއްވީއެވެ. އަދި ފަހުން ގުޅުމުން ވެސް ގެންދެވީ ފޯނު ކަނޑުއްވާލައްވަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ

15 ފެބުރުއަރީ 2017
ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ
13 ފެބުރުއަރީ 2017

ފުވައްމުލަކު ދަނޑިމަގު ކުޅީގައި އަލިފާން ރޯވެ އަނދަމުން ދަނީ

13 ފެބުރުއަރީ 2017
ފުވައްމުލަކު ދަނޑިމަގު ކުޅީގައި އަލިފާން ރޯވެ އަނދަމުން ދަނީ
08 ފެބުރުއަރީ 2017

ހަނގުރާމަ ކުރަން ސީރިއާއަށް ދާން އުޅުނު ދިވެއްސަކު އަތުލައިގެންފި

08 ފެބުރުއަރީ 2017
ހަނގުރާމަ ކުރަން ސީރިއާއަށް ދާން އުޅުނު ދިވެއްސަކު އަތުލައިގެންފި
06 ފެބުރުއަރީ 2017

އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު

06 ފެބުރުއަރީ 2017
އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
16 ޖެނުއަރީ 2017

ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެއްޖެ

16 ޖެނުއަރީ 2017
ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެއްޖެ
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް