Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބް 2018

މިސަރުކާރުން ވަނީ ތައުލީމު ނިޒާމު ފުނޑުފުނޑުކޮށްލާފައި: ޝިފާ

14 ސެޕްޓެމްބަރު 2018 | ހުކުރު 02:03

ބީޓެކް ޕްރޮގްރާމް މިސަރުކާރު ވަނީ ހަލާކުކޮށްލާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 14 ސެޕްޓެމްބަރު 2018 | ހުކުރު 02:03
މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު

މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު

މިސަރުކާރުން ތައުލީމީ ނިޒާމު ފުނޑުފުނޑުކޮށްލާފައިވާ ކަމަށް ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އަދި މިހާރު މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ކޯލިޝަނުން އދ. މާމިގިލީގައި ބޭއްވި ޖަލްސާގައި ޝިފާ ވިދާޅުވީ ބީޓެކް ޕްރޮގްރާމަކީ ރާއްޖޭގެ ކިޔަވާ ކުދިންނަށް މުހިންމު ބޭނުންތެރި ޕްރޮގްރާމެއް ކަމަށާއި، ނަމަވެސް މިސަރުކާރުން އެ ޕްރޮގްރާމް ހަލާކުކޮށްލާފައިވާ ކަމަށެވެ. ޝިފާ ވިދާޅުވީ ކިޔަވާ ކުދިންގެ ތައުލީމީ ހަޔާތް ގެއްލުވާލައި، މުޅި ތައުލީމީ ނިޒާމް ފުނޑުފުނޑު ކޮށްލާފައިވާ ކަމަށެވެ. ސިޔާސީ ހަރަކާތްތަކަށް ސްކޫލުތައް ބަންދުކޮށް ސްކޫލުތަކުގެ ޕްރިންސިޕަލުން ސިޔާސީ ކަންކަމުގައި އުޅުމަށް މަޖުބޫރު ކުރާނީ ތައުލީމީ ނިޒާމު ހަލާކު ކުރުމަށް ކަމަށް ޝިފާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މަދަރުސީ ނަތީޖާ ދަށް ކުދިންނަށް ކިޔެވުމުގެ ފުރުސަތު ދޭން ނުޖެހޭ ކަމަށް މި ސަރުކާރުގެ ބައެއް ބޭފުޅުން ވިދާޅުވެފައިވާ ކަމަށާއި އެކަމަށް އިޝާރާތް ކުރައްވާ ޝިފާ ވިދާޅުވީ މި ސަރުކާރުގެ ތައުލީމީ ސިޔާސަތު ފުލުންގޮސްފައިވާކަން ރައްޔިތުންނަށް ޔަގީންވެފައިވާ ކަމަށެވެ.

"ނަތީޖާތައް މަތިކުރުމުގެ ނިޔަތުގެ ވިސްނުމުގައި ކުރެއްވި ކަމަކީ ގްރޭޑް 8 އަކާ ހަމައަށް ދިޔާމަ އެޑިޔުކޭޝަން މިނިސްޓްރީއަށް އަންގަވާނީ ކާކުކަން ފާސް ވާންވީ ކާކުކަން ފާސް ނުވާންވީ. ކާކަށްތޯ އޯލެވެލް ލިބެންނެތީ. ކާކަށްތޯ އޭލެވަލް ދޭން ބޭނުން ނެތީ. އެހެންވެގެން ނޫންތޯ އުފާ އޮފީހެއް ހަދައިގެން ކޮންމެ ކުއްޖަކަށް ގުޅައިގެން މައިންބަފައިގެން ގެންގޮސްގެން މީނަ ފާސް ވާނެ. މީނަ ފާސް ނުވާނެ. އޭނަ ފާސް ވާކަށް ލާހިކެއް ނޫން. އެހެންވީމަ އޭނަ ލާ ބީޓެކްއަށް،" ޝިފާ ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ މަދަރުސާއަކީ ދަސްކުރުމަށާއި، އުނގެނުމަށްދާ ތަނެއް ކަމަށެވެ. މީގެ ކުރިން ވަކި އާއިލާއަކަށާއި، މުއްސަންދި އާއިލާތަކުގެ ބޭފުޅުންނަށް ކިޔެވުނު ނަމަވެސް މިހާރު މިއީ އެޒަމާނެއް ނޫން ކަމަށާއި، މިއަދަކީ ކިޔަވަން ބޭނުންވާ ކޮންމެ މީހަކަށް އެފުރުސަތު ލިބޭ ޒަމާން ކަމަށް ޝިފާ ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ ހާލާކުވެފައިވާ ތައުލީމީ ނިޒާމު ކޮޅަށް ނެގުމަށް މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ވޯޓުދޭންޖެހޭ ކަމަށެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް

12 ފެބުރުއަރީ 2017
 ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
10 ޖެނުއަރީ 2017

ނައިބު ލީޑަރަކަށް ޝިފާ

10 ޖެނުއަރީ 2017
ނައިބު ލީޑަރަކަށް ޝިފާ
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް