Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަދީބުގެ ބަޔާން

ހިބަޅިދޫ ނެރުމައްޗަށް ހަތިޔުާރު ފެއްތުމާއި ރިޔާސީ ލޯންޗުކޮޅު ގޮއްވާލުމުގެ ފަހަތުގައި ވަނީ ޖެނެރަލް ޝިޔާމު: އަދީބު

12 ސެޕްޓެމްބަރު 2018 | ބުދަ 10:11

އަދީބުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ފޭކް ބޮމެއް ހަދާ ކުއްލި ނުރައްކަލުގެ ހާލަތު ހިންގި ކަމަށް އަދީބު ތުހުމަތު ކުރައްވާ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 12 ސެޕްޓެމްބަރު 2018 | ބުދަ 10:11
ބ. ހިބަޅިދޫ ނެރުކައިރިން ހޯދި ބައެއް ހަތިޔާރު

ބ. ހިބަޅިދޫ ނެރުކައިރިން ހޯދި ބައެއް ހަތިޔާރު

ބ. ހިބަޅިދޫ ނެރުކައިރިއަށް ފައްތާފައިހުރި ހަތިޔާރުތަކާއި ރިޔާސީ ލޯންޗުކޮޅުގައި ބޮމެއް ގޮއްވާލުމުގެ ފަހަތުގައި ހުންނެވީ އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމު ކަމަށް، ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ތުހުމަތު ކުރައްވައިފި އެވެ.

ބުދަ ދުވަހު އަދީބުގެ ފަރާތުން އެމަނިކުފާނުގެ ގާނޫނީ ވަކީލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ހިބަޅިދޫ ނެރުކައިރިއަށް ހަތިޔާރު ފެއްތުމާއި ރިޔާސީ ލޯންޗުކޮޅުގައި ބޮން ގޮއްވާލުމާއި އަދި މާލޭގެ މަގުމަތިން ބޮން ފެނުމުގެ ފަހަތުގައި ހުންނެވީ ޖެނަލް ޝިޔާމު ކަމަށާއި އެކަންކަން ކޮށްފައި ވަނީ ކަހީނަކު ލައްވާ ކިޔެވުމަށް ފަހުގައި ކަމަށެވެ. އަދީބު ވިދާޅުވެފައިވާ ގޮތުގައި ރިޔާސީ ލޯންޗުކޮޅު ގޮއްވާލި މައްސަލާގައި އެމަނިކުފާނު ހައްޔަރު ކުރުމަށް ފަހު، އެވަރު ނުވެގެން ސިފައިންގެ ބަޑިގުދަނުން ދަބަރުޖަހާފައި ހުރި ބަޑިތަކާއި، ވަޒަނާއި، ގޮވާތަކެތި ހިބަޅިދޫ ނެރުމަށްޗަށް ކަހީނަކު ގޮވައިގެންގޮސް ކިޔަވައި ފެއްތުމަށް ފަހު ޖެނެރަލް ޝިޔާމް ފުލުހުންނަށް އެކަން އެންގީ ކަމަށެވެ. އަދި އެ ކަހީނު ސިފައިންގެ ޔުނީފޯމެއް ލައްވައިގެން ގޮސް ހިބަޅިދޫ ނެރުމަތިން އެ ހަތިޔާރުތައް ނެގީ ކަމަށް ވެސް އަދީބުގެ ބަޔާނުގައި ވިދާޅުވިއެވެ. އަދީބު ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ އެދުމަށް އަދީބުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް މުލިއާގެ ކައިރީގައި "ފޭކް" ބޮމެއް ބާއްވާ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރި ކަމަށެވެ. އަދީބުގެ ބަޔާނާއި ގުޅިގެން ރައީސް އޮފީހުގެ ބަހެއް ހޯދުމަށް ތަރުޖަމާނު އިބްރާހީމް މުއާޒު އަލީއަށް ގުޅުން ކޮމެންޓެއް ކުރައްވަން ބޭނުން ނުވާ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އަދީބުގެ ބަޔާނުގައި އެމްއެންޑީއެފާއި ޖެނަރަލް ޝިޔާމާ ގުޅުން ހުރި ވާހަކަތަކެއް ހިމެނޭތީ ޝިޔާމާއި އެމްއެންޑީއެފްގެ ބަހެއް މިހާތަނަށް ލިބޭ ގޮތް ވަނީ ނުވެފައެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
05 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!
05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
04 ފެބުރުއަރީ 2017

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް