Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ގާސިމް އިބްރާހިމް

އެއާޕޯޓް އަތުލުމާ ގުޅޭ ގޮތުން ރައީސް ޔާމީން ހެއްދެވީ ބޮޑު ދޮގެއް: ގާސިމް

ގާސިމް ވިދާޅުވަނީ އެއާޕޯޓް އަތުލުމުގެ ބައްދަލުވުން ނުފެށެނީސް ރައީސް ޔާމީން ވަޑައިގެންނެވި ކަމަށް

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު, ރާއްޖެ އެމްވީ | 8 ސެޕްޓެމްބަރު 2018 | ހޮނިހިރު 10:05
ގާސިމް ވިދާޅުވަނީ ޖީއެމްއާރު މައްސަލައިގައި ރައީސް ހެއްދެވީ ބޮޑު ދޮގެއް ކަމަށް

ގާސިމް ވިދާޅުވަނީ ޖީއެމްއާރު މައްސަލައިގައި ރައީސް ހެއްދެވީ ބޮޑު ދޮގެއް ކަމަށް

ދިވެހިރާއްޖޭގެ މައި ވައިގެ ބަނދަރު ޖީއެމްއާރު އަތުން އަތުލުމާ ގުޅޭ ގޮތުން ޕީޕީއެމް އިން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ހެއްދެވީ "ބޮޑު ދޮގެއް" ކަމަށް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ވިދާޅުވީ ޖީއެމްއާރު އަތުން އެއާޕޯޓް ނެގުމަށް ތާއީދުކުރީ ހަމައެކަނި ޕީޕީއެމް ފިކުރުގައި ތިބި މެންބަރުން ކަމަށެވެ.

Advertisement - newsAdvertisement

ޖީއެމްއާރު އަތުން އެއާޕޯޓް ނަގަން ތާއީދު ނުކުރައްވާ ކަމަށް ގާސިމާއި، ޑީއާރުޕީގެ އެއިރުގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ޖީއެމްރު އަތުން އެއާޕޯޓް އަތުލުމުގެ މަޝްވަރާ ބައްދަލުވުން ބާއްވާފައި ވަނީ ރައީސް ވަހީދުގެ ވެރިކަމުގައެވެ. އެ ބައްދަލުމުގައި އެމްޑީޕީ ފިޔަވައި އެހެން ޕާޓީތައް ބައިވެރިވެފައި ވެއެވެ.

ރައީސް ޔާމީންގެ ވާހަކަތަކަށް ރައްދު ދެއްވައި ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޑރ. ވަހީދުގެ ސަރުކާރުގައި ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުން ނުފެށެނީސް ރައީސް ޔާމީން ނުކުމެވަޑައިގަތް ކަމަށެވެ.

ގާސިމް ވިދާޅުވީ ޖީއެމްއާރު އަތުން އެއާޕޯޓް ނަގަން ސަރުކާރުން ނިންމީ، ރައީސް ވަހީދާއި، އިމްރާނާއި، ތަސްމީނާއި، އޭނާ ވެސް ތިއްބަވައިގެން ކަމަށެވެ.

ގާސިމްގެ ވާހަކަތަކަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒް ވަނީ ދޮގު ކުރައްވާފައެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޖީއެމްއާރާ ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމުން ރައީސް ޔާމީން ނުކުމެވަޑައިގަތީ ޖީއެމްއާރު އަތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަތުލުމަށާއި، އެ ނޫން އެއްވެސް ގޮތެއް ބަލައިނުގަންނަވާނެ ކަމަށް ވިދާޅުވެ ކަމަށެވެ.

ރައީސް ވަހީދުގެ ސަރުކާރުގައި ޖީއެމްއާރާ ގުޅޭ ގޮތުން ގޮތެއް ނިންމަން ބޭއްވި ޖަލްސާ އިން ރައީސް އަބްދުﷲ ޔާމީން ނުކުމެވަޑައިގެންނެވި ކަމަށް ވިދާޅުވެ، ގާސިމް އިބްރާހީމް ދެއްކެވީ ދޮގު ވާހަކައެއް ކަމަށް މުއާޒްގެ ޓްވީޓްގައިވެއެވެ.

އެއާޕޯޓް އަތުލުމަށް ނިންމައި އެކަން އިއުލާނުކުރަމުން އޭރުގެ ބަންޑާރަ ނާއިބު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ޖީއެމްއާރަށް އެއާޕޯޓް ދިނުމުގެ އެއްބަސްވުމަކީ އުފެދުނުއިރު ވެސް ބާތިލް އެއްބަސްވުމެއް ކަމަށެވެ.

އެއާޕޯޓް އަތުލައިގެން ދައުލަތުން ދައްކަން ޖެހޭނެ އެންމެ ލޯ ލާރިއެއް ވެސް ނޯންނާނެ ކަމަށް ކަމަށް ވެސް އާޒިމާ ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް ޖީއެމްއާރު އަތުން އެއާޕޯޓް އަތުލި މައްސަލާގައި ދައުލަތުން ޖީއެމްއާރަށް 271 މިލިއަން ޑޮލަރު (4.1 ބިލިއަން ރުފިޔާ) ދައްކަންޖެހުނެވެ. އެފައިސާ ދައްކާފައި ވަނީ ނޮވެމްބަރު 2016 ގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު