Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގއ ކޮލަމާފުށި

ކޮލަމާފުއްޓަށް އެއްފަހަރާ 18 ވަކީލުން، ރާއްޖޭގެ ރެކޯޑެއް

6 ސެޕްޓެމްބަރު 2018 | ބުރާސްފަތި 06:51

ވަކީލުން އެރަށަށް ވަޑައިގަންނަވާނީ އަންނަ ބުރާސްފަތި ދުވަހު

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 6 ސެޕްޓެމްބަރު 2018 | ބުރާސްފަތި 06:51
ކޮލަމާފުށިން ހައްޔަރުކުރި މީހުން ފުލުހުންގެ ލޯންޗަށް އަރުވަނީ

ކޮލަމާފުށިން ހައްޔަރުކުރި މީހުން ފުލުހުންގެ ލޯންޗަށް އަރުވަނީ

ގއ ކޮލަމާފުށިން ހައްޔަރުކުރި މީހުންގެ ދިފާއުގައި 18 ޤާނޫނީ ވަކީލުންގެ ޓީމެއް އެރަށަށް ދިއުމަށް ނިންމައިފިއެވެ.

ކެމްޕެއިން މެޓީރިއަލްއަށް ގެއްލުންދިން ކަމަށް ބުނެ ގއ. ކޮލަމާފުށިން މިދިޔަ މަހު 30 ވަނަ ދުވަހު ހައްޔަރުކުރި 18 މީހުންގެ ދިފާއުގައި ހަރަކާތްތެރިވާ ޤާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ މަޝްހޫރު ޤާނޫނީ ވަކީލް މަހްފޫޒް ސައީދު ރާއްޖެ އެމްވީއަށް ވިދާޅުވީ ހައްޔަރުކޮށްފައިވާ ކޮންމެ މީހަކަށް ޤާނޫނީ ވަކީލެއް ހަމަޖައްސާފައިވާ ކަމަށާއި އަންނަ ހަފުތާގެ ބުރާސްފަތި ދުވަހު 18 ވަކީލުން ކޮލަމާފުއްޓަށް ފުރާވަޑައިގަންނަވާނެ ކަމަށެވެ.

Advertisement - newsAdvertisement

މިއީ ރާއްޖޭގެ ރަށަކަށް އެއްފަހަރާ މިހާ ގިނަ އަދަދަކަށް ޤާނޫނީ ވަކީލުން ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

މަހްފޫޒް ވިދާޅުވީ ކޮލަމާފުށިން ހައްޔަރުކުރި މީހުންގެ ދިފާއުގައި ހަރަކާތްތެރިވާ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާނީ މިވަގުތު ރާއްޖޭގައި ތިއްބެވި އެންމެ ފުންނާބު އުސް ޤާނޫނީ ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ވަކީލުން ކަމަށެވެ. އޭގެ ތެރޭގައި ކުރީގެ ބަންޑާރަނައިބު ހުސްނުއް ސުޢޫދާއި ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް އުޅުއްވި ހިސާން ހުސައިން އާއި އަހްމަދު ޢަބްދުﷲ އަފީފް އަދި ނޫރުއްސަލާމާއި މަސްތޫރު ހުސްނީ ހިމެނިވަޑައިގަންނަވާ ކަމަށް މަހްފޫޒް ވިދާޅުވިއެވެ. ހައްޔަރުކުރި ކޮންމެ މީހަކަށް ވަކީލަކު ހަމަޖައްސަންޖެހުނީ ފުލުހުން މިހާރު އަމަލުކުރަމުންދާ ގަވައިދުގެ ދަށުން، އެއް ތުހުމަތެއް ކުރެވޭ ދެ މީހަކު އެއް ވަކީލަކަށް ތަމްސީލް ނުކުރެވޭތީއެވެ.

ޖަގަހައަށް ގެއްލުންދިން ކަމަށް ބުނެ 18 މީހަކު ހައްޔަރުކޮށް 15 ދުވަހަށް ބަންދުގެ މުއްދަތު ވަނީ ޖަހާފައެވެ. އަދި އެމުއްދަތު މުރާޖައާ ކޮށްދިނުމަށް ވެސް ވަނީ އެދިފައެވެ. އަދި ކޯޓުން ކަނޑައަޅާ ޝަރުތުތަކާއެކު ނަމަވެސް ބަންދުން ދޫކޮށްލުމަށް އެދިފައިވާނެ ކަމަށް ޤާނޫނީ ވަކީލް މަހްފޫޒް ވަނީ ވިދާޅުވެފައެވެ.

ޖަގަހައަށް ގެއްލުންދިން ކަމަށް ބުނެ ގއ. ކޮލަމާފުށިން ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތު ޖަހާފައި ވަނީ ވަކީލުންގެ ޣައިރު ހާޒިރުގައެވެ. އަދި މުއްދަތުގެ މަޖިލީސް ކުރިއަށް ގެންގޮސްފައި ވަނީ ސިއްރު މަޖިލީހެއްގެ ގޮތުގައެވެ.

ހައްޔަރުކުރި މީހުންގެ މައްޗަށްކޮށްފައި ވަނީ ޓެރަރިޒަމްގެ ތުހުމަތެވެ. ހައްޔަރުކުރި މީހުން ތިބީ ވިލިނގިލީ ޕޮލިސް ސްޓޭޝަންގައި ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ ކޯޓު އަމުރެއްގައި ބުނެފައި ވަނީ އޯގަސްޓް 29 ވަނަ ދުވަހު ހަވީރު 06:00 ޖަހާކަން ހާއިރު ރަށުތެރޭގައި ހަމަނުޖެހުން ހިންގައި މުދަލަށް ގެއްލުންދީ މާރާމާރީ ހިންގައި، މަސައްލައިގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭތީ މައްސަލައިގައި ހެކިބަސް ދިނުމަށް ތިބޭ މީހުންނަށް ނުފޫޒެއް ފޯރުވާފާނެ ކަމަށް ފެންނާތީ އާއި މުޖުމަތައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހައްޔަރު ކުރަން ބޭނުންވާ ކަމަށެވެ.

މި މީހުން ހައްޔަރުކުރިއިރު، ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ހަމަލާ ދޭން މަސައްކަތްކުރި މީހާ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުބުރިކޮށްލަން ގޮވާލި ޕީޕީއެމްގެ އެކްޓިވިސްޓް ހައްޔަރެއް ނުކުރެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު

24 ފެބުރުއަރީ 2017
ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު
18 ފެބުރުއަރީ 2017

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް
12 ފެބުރުއަރީ 2017

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ
06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
31 ޖެނުއަރީ 2017

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް