Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަބުރުފުޅު ފަންޑު

ވީމީީޑިއާ އިން ރާއްޖެޓީވީގެ އަބުރުފުޅު ފަންޑަށް އެހީވެއްޖެ

4 ސެޕްޓެމްބަރު 2018 | އަންގާރަ 14:46

އަޅުގަނޑުމެން ކުރަމުން މިދާ މަސައްކަތަކީ ޤައުމު އިސްލާހުކުރުމުގެ މަސައްކަތް: އިމާދު ލަތީފް

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 4 ސެޕްޓެމްބަރު 2018 | އަންގާރަ 14:46
ވީޓީވީގެ ޑިރެކްޓަރ ޖެނެރަލް އިމާދު ލަތީފް އަބުރުފުޅު ފަންޑަށް އެހީވަނީ

ވީޓީވީގެ ޑިރެކްޓަރ ޖެނެރަލް އިމާދު ލަތީފް އަބުރުފުޅު ފަންޑަށް އެހީވަނީ

ބްރޯޑްކާސްޓިންގ ކޮމިޝަނުން ރާއްޖެޓީވީ 2 މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމާއި ގުޅިގެން އެޖޫރިމަނާ ދެއްކުމަށް ފައިސާ ހޯދުމަށް ރާއްޖެޓީވީއިން ހުޅުވި އަބުރުފުޅު ފަންޑަށް ވީމީީޑިއާއިން އެހީވެއްޖެއެވެ.

ވީމީޑިއާގެ ފަރާތުން ޓީމެއް ރާއްޖެޓީވީއަށް އަންގާރަ ދުވަހު ހަވީރު އައިސް، ވީމީޑިއާގައި ހުޅުވި ފަންޑުފޮށްޓަށް ލިބުނު ފައިސާ ވަނީ ރާއްޖެ ޓީވީގެ އަބުރުފުޅު ފަންޑު ފޮއްޓަށް ލާފައެވެ. މިކަމަށްޓަކައި ރާއްޖެ ޓީވީގެ ބޭރުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވީމީޑިއާގެ ދަށުން ހިންގާ ވީޓީވީގެ ޑިރެކްޓަރ ޖެނެރަލް އިމާދު ލަތީފް ވިދާޅުވީ މިކަހަލަ ދަނޑިވަޅުތަކުގައި އެއް ބަޔަކު އަނެއް ބަޔަކަށް އެހީވުމަކީ ޤައުމު އިސްލާހުކުރުމަށް މިނިވަން މީޑިއާތަކުން ކުރަމުންދާ މަސައްކަތްތަކަށް ލިބޭނެ ބާރެއްކަމަށެވެ.

Advertisement - newsAdvertisement
"އަޅުގަނޑުމެން ކުރަމުން މިދާ މަސައްކަތަކީ ޤައުމު އިސްލާހުކުރުމުގެ މަސައްކަތް. އަޅުގަނޑުމެން ބްރިޖް އެޅޭތޯ މަސައްކަތްކުރަމުން މިދަނީ އަނިޔާވެރިކަމާއި ފަސާދައިގެ ސަބަބުން މި ޤައުމުގައި ލާފައިދާ ރެނދުތަކުގެ މަތީގައި ބްރިޖް އެޅުމަށް. އަޅުގަނޑުމެން އަޅާ ބްރިޖަކީ އެއީ. އަޅުގަނޑުމެން ޕެޗް އެޅޭތޯ މަސައްކަތްކުރަމުން މިދަނީ ފަސާދައިގެ ސަބަބުން ޤައުމުގެ އިޖްތިމާޢީ ފޭރާމުގައި ބާގަނޑުތައް ހެދިފައިވާ ތަންތަނުގައި. އެމަސައްކަތް ހުއްޓުވާލުމަށްޓަކައި ބަޔަކު ރާވައިގެން، އަޅުގަނޑުމެން އިސްލާހީ މަސައްކަތް ކުރަމުންދާ ފަރާތްތަކާއި ދެކޮޅަށް ކަންތައްތައް ކުރަމުން މިދަނީ،" އިމާދު ވިދާޅުވިއެވެ.

ދާދި ފަހުން ބްރޯޑްކާސްޓިންގ ކޮމިޝަނުން ވީމިޑިއާވެސް 4 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައިވެއެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވީމީޑިއާގެ އިސް ބޭފުޅެއްކަމަށްވާ އުމަރު ވިދާޅުވީ އިންސާފުވެރި މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްނުދެވި މުޖްތަމައުގެ ދުޅަހެޔޮކަމެއް ނޯންނާނެކަމަށެވެ.

ވީމީޑިއާއިން ދިން އެހީތެރިކަން ފާހަގަކުރަމުން ރާއްޖެޓީވީގެ ސީއޯއޯ ހުސައިން ފިޔާޒް މޫސާ ވަނީ ވީމީޑިއާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ފިޔާޒް ވިދާޅުވީ މުހިއްމީ ދޭ އެހީގެ އަދަދު ނޫންކަމަށާއި، އެކުވެރި އެހެން ބްރޯޑްކާސްޓަރުންނާއި ރައްޔިތުންނަށް ރާއްޖެޓީވީއާއިއެކު ތިބިކަން އެނގިގެން ދިޔުމަކީ ލިބޭ މާބޮޑު ހިތްހަމަޖެހުމެއްކަމަށެވެ.

ފިޔާޒް އިތުރަށް ވިދާޅުވީ ރާއްޖެޓީވީއާއި ވީމީޑިއާ އަދި އެހެން މީޑިއާތައްވެސް ޖޫރިމަނާކުރަމުން ދަނީ އިންސާފު ހޯދަން ދާނެ ތަނެއް ނެތްކަން ބްރޯޑްކާސްޓިންގ ކޮމިޝަންގައި ތިއްބެވި މެމްބަރުންނަށް ޤަބޫލުކުރެއްވޭތީ ކަމަށެވެ. އެގޮތުން އެންމެ ފަހުން ރާއްޖެޓީވީ 2 މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމުން އެމައްސަލަ މުރާޖަޢާކުރަން އެދުމުން އެމައްސަލަވެސް ނުބަލާކަމަށާއި، ކޯޓަށް ހުށަހެޅުމުން ކޯޓުންވެސް އެމައްސަލަ ނުބަލާކަމަށް ފިޔާޒް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، ވިލާތައް ކެހި، އުޑުމަތި ސާފުވާ މަންޒަރު އެބަ ފެންނަކަމަށްވެސް ފިޔާޒް ވިދާޅުވިއެވެ. އަދި ރާއްޖޭގައި އިންސާފު ޤާއިމްކުރެވޭ ދުވަހަކުން މީޑިއާތަކަށް ލިބުނު ގެއްލުމުގެ ބަދަލު ބްރޯޑްކާސްޓިންްގ ކޮމިޝަންގައި ތިއްބެވި މެމްބަރުން އަތުން ނެގުމަށް މަސައްކަތްކުރައްވާނެކަމަށް ފިޔާޒް ވިދާޅުވިއެވެ.

ރާއްޖެޓީވީއަށް ދިމާވާ ދަތި ވަގުތުތަކުގައި ވީމީޑިއާގެ ޗެއަރމަން ޤާސިމް އިބްރާހިމްގެ އެހީތެރިކަން އަބަދުވެސް ރާއްޖެޓީވީއަށް ލިބޭކަން ފާހަގަކުރައްވައި، ފިޔާޒް ވަނީ ޤާސިމަށްވެސް ޝުކުރު އަދާކުރައްވާފައެވެ.

"ޤާސިމް ޖަރުމަންވިލާތުގައި ހުންނެވިޔަސް އަބަދުވެސް ފޯނުން ގުޅޭ. އަޅުގަނޑުމެންގެ ފަންޑަށް އެހީވާނެކަމުގެ ވައުދުވެސް ވެފައި އޮތީ. އެއީ ހަޤީގަތުގައިވެސް ރާއްޖޭގެ ޑިމޮކްރަސީއާއި ނޫސްވެރިކަމަށް އެމަނިކުފާނުގެ ހިތުގައި އޮތް ލޯބި ބޮޑުކަމުން. އެހެންކަމުން އެކަމަށްޓަކައި އަޅުގަނޑު ޤާސިމް އިބްރާހިމްއަށް ފަށްފަށުން ސްޓާފުންގެ ފަރާތުން ޝުކުރު އަދާކުރަން. އެމަނިކުފާ ރާއްޖޭގެ ޑިމޮކްރަސީ ދިރުވުމަށާއި އަދި ނޫސްވެރިކަން ދެމެހެއްޓުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް އަޅުގަނޑު ނޫސްވެރިއެއްގެ ހައިސިއްޔަތުން ފާހަގަކޮށްލަން އަދި އެކަމަށް ސާބަސް ދެން،" ފިޔާޒް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވީމީޑިއާއާއި ރާއްޖެޓީވީގެ މެނޭޖްމަންޓު ބޭފުޅުންނާއި ސްޓާފުން ބައިވެރިވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

26 ފެބުރުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
23 ފެބުރުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު!

23 ފެބުރުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު!
20 ފެބުރުއަރީ 2017

ރައްޔިތުންގެ ތެރޭގައި ޝައްކު އުފެދިދާނެ ފަދަ ހަދިޔާއެއްގައި ރާއްޖެޓީވީގެ މުވައްޒަފުން ނުހިފާނެ

20 ފެބުރުއަރީ 2017
ރައްޔިތުންގެ ތެރޭގައި ޝައްކު އުފެދިދާނެ ފަދަ ހަދިޔާއެއްގައި ރާއްޖެޓީވީގެ މުވައްޒަފުން ނުހިފާނެ
04 ފެބުރުއަރީ 2017

ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

04 ފެބުރުއަރީ 2017
ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް