Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސި އިންތިޚާބު 2018

ތޮއްޑޫން ގޯތި ދޫކުރަން ހުއްދަ ދިނުން: ކައުންސިލުން ދެކެނީ އޮޅުވާލަން ކުރި ކަމެއްގެ ގޮތުގައި!

4 ސެޕްޓެމްބަރު 2018 | އަންގާރަ 01:17

ވެފައިވާ ވައުދުތަށް ފުއްދަވާނުދެއްވާ އަނެއްކާވެސް ހަމަ އެވައުދުތައް ވެވަވަޑައިގެންނެވި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 4 ސެޕްޓެމްބަރު 2018 | އަންގާރަ 01:17
ރައީސް ޔާމީން ތޮއްޑު އަށް ވަޑައިގަތުމުން އެރަށުން އެ މަނިކުފާނަށް މަރުޚަބާ ކިޔަނީ

ރައީސް ޔާމީން ތޮއްޑު އަށް ވަޑައިގަތުމުން އެރަށުން އެ މަނިކުފާނަށް މަރުޚަބާ ކިޔަނީ

ގޯތި ދޫކުރުމުގެ މައްސަލާގައި އއ.ތޮއްޑޫ ރައްޔިތުންނަށް ރައީސް ޔާމީން އޮޅުވާލައްވާފައިވާ ކަމަށް ތޮއްޑޫ ކައުންސިލްގެ ނައިބް ރައީސް ހަސަން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަމުން ހަސަން އަބްދުﷲ ވިދާޅުވީ ރައީސް ޔާމީން 3 ސެޕްޓެމްބަރުގައި އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ރަށު ރައްޔިތުންނާއި މުޚާތަބްކޮށް ދެއްކެވި ވާހަކަފުޅުގައި 82 ގެވަޅު ދޫކުރެއްވުމަށް ހުއްދަދެއްވާފައިވާ ކަމަށް ވިދާޅުވެފައިވާ ކަމަށެއެވެ.

Advertisement - newsAdvertisement

ނަމަވެސް މިއީ ވަރަށް ބޮޑު އޮޅުވާލެއްވުމެއް ކަމަށާއި، ކައުންސިލުން ރައްޔިތުންނަށް ގޯތި ދޫކުރެއްވުމަށް މިހާތަނަށް ކުރައްވަމުން އައި މަސައްކަތް ސަރުކާރުން ހުއްޓުވާފައިވާއިރު، މިއަދު ރައީސް ޔާމީން އެރަށަށް ވަޑައިގަންނަވަން ހަމަޖެހިފައިވާތީ، މިއަދު މެންދުރު 1.54 ގައި ގޯތި ދޫކުރެއްވުމަށް ހުއްދަދެއްވާފައިވާ ކަމަށެވެ.

ހަސަން އަބްދުﷲ ވިދާޅުވީ ރަށުގެ ރައްޔިތުންނަށް ގޯތިދޫކުރައްވަން ކައުންސިލުން މަސައްކަތް ކުރައްވަމުން އަންތާ އެތަށް ދުވަހެއްވިއިރު ، ސަރުކާރުން މިހާތަނަށް އިޖާބަ ނުދެއްވާ އެކަން ހުއްޓުވާފައިވާ ކަމަށެވެ.

ރައީސް ޔާމީން ތޮއްޑު އަށް ވަޑައިގަތުމުން އެރަށުން އެ މަނިކުފާނަށް މަރުޚަބާ ކިޔަނީ

ރައީސް ޔާމީން އެރަށަށް ވަޑައިގެން ރަށުގެ ރައްޔިތުންނަށް ކޮންމެވެސް ވައުދެއް ވުމުގެ ބޭނުމުގައި ކޮށްފައިވާ ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގައި މިކަން ސިފަކުރައްވާ ކަމަށް ހަސަން އަބްދުﷲ ވިދާޅުވިއެވެ.

ހަސަން އަބްދުﷲ ވިދާޅުވީ ކުރިން ހުއްދަ ދެއްވާފައި ހުރި ބިންތަށް ދޫކުރަން ކައުންސިލްއިން މަސައްކަތް ކުރެއްވުމުންވެސް ހައުސިންގ މިނިސްޓްރީ އާއި އެލްޖީއޭއިން އެކަން ހުއްޓުވާފައިވާއިރު، އެފަހަރުވެސް ކައުންސިލަށް ދޫކުރެއްވުނީ ސަރުކާރުން ބޭނުންވާ ގޮތަކަށް ވަކި ބިމެއް ކަމަށާއި، އެވެސް ބިޑަކާއި ނުލައި ކަމަށެވެ. ހަސަން އަބްދުﷲ ވިދާޅުވީ ރައީސް ޔާމީންވެ ވަޑައިގެންނެވި ވައުދުތަކަކީ މީގެ ކުރިންވެސް ވައުދުވެވަޑައިގެން ފުއްދަދެއްވާފައިނުވާ ވައުދުތަކެއް ކަމަށެވެ.

ގޮތުން ރައީސް ޔާމީން ދެން އަންނަ ދައުރަކަށް ހޮވިވަޑައިގެންފިނަމަ އެރަށުގެ ބަނދަރު ޒަމާނީ ބަނދަރަކަށް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައިވާއިރު، މިއީ ކުރިން ކޮށްދެއްވާނެ ކަމަށް ވިދާޅުވެ ބަޖެޓްގައި މިހާރުވެސް ހިމަނުއްވާފައިވާ ކަމެއް ކަމަށް ހަސަން އަބްދުﷲ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުރިންވެސް ވެވަޑިގެންފައިވާ ވައުދުތަށް ފުއްދަވާ ނުދެއްވާ ދެވަނަ ފަހަރަށް އަނެއްކާވެސް އެކަން ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގަންނަވާތީ އެ މަނިކުފާނުގެ އިޚްލާސްތެރިކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.

ތޮއްޑޫ އަކީ މިހާރުގެ ސަރުކާރުން ވަރަށް ބޮޑަށް އިހްމާލްވެފައިވާ ރަށެއްގެ ގޮތުގައި ސިފަކުރައްވަމުން ހަސަން އަބްދުﷲ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި އެރަށުގައި އަޅުއްވަން ފެއްޓެވި ފުޓްސަލް ދަނޑުވެސް އަދިވެސް ނިމިފައިނުވާ ކަމަށެވެ.

މެޑަމް ފާތުން އެ ރަށުގައި އޭޓީއެމް އެއް ބަހައްޓައިދޭނެ ކަމަށް ވެ ވަޑައިގެންނެވި ވައުދުވެސް އަދިވެސް ފުއްދަދީފައިނުވާ ހަސަން އަބްދުﷲ ވިދާޅުވިއެވެ.

ތޮއްޑޫ އަކީ ގިނަ ގެސްޓްހައުސްތަކެއް ހުންނަ ރަށެއް ކަމަށާއި، ސަރުކާރަށް ގްރީން ޓެކްސް ދައްކަމުން އަންނައިރު ރަށުގެ މަގުތަށްވެސް ހައްދަވައިދެއްވާފައި ނުވާ ކަމަށެވެ.

އިންތިޚާބަށް ވަގުތު ކުޑަތަންވެފައިވާއިރު، ރައީސް ޔާމީން ރާއްޖޭގެ ރަށްތަކަށް ކުރައްވަމުން އަންނަ ދަތުރުފުޅުތަކުގައި. އެމަނިކުފާނު ބޮޑެތި ވައުދުތަށް ވަމުން އަންނައިރު، އެ މަނިކުފާނުގެ ރިޔާސީ 5 އަހަރުގެ ދައުރުގައި ރާއްޖޭގެ ރަށްތަކަށް ކޮށްދެއްވާނެ ކަމަށް ވިދާޅުވި ގިނަ ވައުދުތަށް ފުއްދަދެއްވާފައި ނުވާތީ އެކަމާއި، ގިނަ ރައްޔިތުން އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންކަން ފާހަގަކޮށްލެވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

19 މާރިޗު 2017

އިތުރު ޓެކްސީތަކަށް ހުއްދަ ދޭން ނިންމައިފި

19 މާރިޗު 2017
އިތުރު ޓެކްސީތަކަށް ހުއްދަ ދޭން ނިންމައިފި
14 މާރިޗު 2017

ފީއަލީ ކައިރީގައި ފިލްމް މަންޒަރެއް ނެގޭނީ ހުއްދަ ނަގައިގެން ކަމަށް ކަނޑައަޅައިފި

14 މާރިޗު 2017
ފީއަލީ ކައިރީގައި ފިލްމް މަންޒަރެއް ނެގޭނީ ހުއްދަ ނަގައިގެން ކަމަށް ކަނޑައަޅައިފި
12 މާރިޗު 2017

ރައީސް މައުމޫނަށް ސެކިއުރިޓީ ދިނުން ހުއްޓައެއް ނުލަން:އެމްއެންޑީއެފް

12 މާރިޗު 2017
ރައީސް މައުމޫނަށް ސެކިއުރިޓީ ދިނުން ހުއްޓައެއް ނުލަން:އެމްއެންޑީއެފް
09 މާރިޗު 2017

އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި

09 މާރިޗު 2017
އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި
03 މާރިޗު 2017

ރައީސް ޔާމީން މިހާރު ކުރައްވަމުން އެ ގެންދަވާ ކަމަކީ އެމްޔޫއޯއަށް ކެމްޕެއިން ކޮށްދިނުން: ޝަމާޢު

03 މާރިޗު 2017
ރައީސް ޔާމީން މިހާރު ކުރައްވަމުން އެ ގެންދަވާ ކަމަކީ އެމްޔޫއޯއަށް ކެމްޕެއިން ކޮށްދިނުން: ޝަމާޢު
19 ފެބުރުއަރީ 2017

ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

19 ފެބުރުއަރީ 2017
ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް