Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެމްބަރު އަބްދުﷲ ރިޔާޒު

އަބްދުﷲ ރިޔާޒުގެ މައްޗަށް އިއްވި ޖަލު ހުކުމް ތަންފީޒުކޮށް ނިމިއްޖެ: ވަކީލުން

2 ސެޕްޓެމްބަރު 2018 | އާދީއްތަ 07:43

ހައިކޯޓުން ކޮށްފައިވާ 4 މަހާއި 24 ދުވަހުގެ ޖަލު ޙުކުމްގެ މުއްދަތަށް ވުރެވެސް މިހާރު އިތުރުވެއްޖެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 2 ސެޕްޓެމްބަރު 2018 | އާދީއްތަ 07:43
އަބްދުﷲ ރިޔާޒު ކޯޓަށް ހާޒިރުވެވަޑައިގަންނަވަނީ

އަބްދުﷲ ރިޔާޒު ކޯޓަށް ހާޒިރުވެވަޑައިގަންނަވަނީ

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ތަންފީޒުކޮށް ނިމިއްޖެ އެވެ.

އަބްދުﷲ ރިޔާޒުގެ ގާނޫނީ ވަކީލުން ނެރެފައިވާ ބަޔާނެއްގއި ބުނެފައިވަނީ ސިޔާސީ ޕާޓީތަކުން 2018 މާރޗު 2 ވަނަ ދުވަހުގެ ހަވީރު ޞުލްހަވެރިކަމާއެކު މާލޭގައި ބޭއްވި އެއްވުމެއްގައި ރިޔާޒު، އެއްވެ އުޅުމުގެ ޙައްޤުގެ ބޭނުން ކުރަމުންދަނިކޮށް ހައްޔަރުކުރުމަށްފަހު ޖަލުގައި ބަންދުކޮށްފައިވާތާ މިއަދަށް 6 މަސްދުވަސް ވެފައިވާ ކަމަށެވެ. އަދި އެދުވަހު ބަންދުކުރުމަށްފަހު އޭގެ 12 ދުވަސް ފަހުން އިއްވި ތުހުމަތުތަކާ ގުޅިގެން ޖިނާއީ ދައުވާއެއް ކުރެވޭނެ ތަނެއް ނެތްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމަވާފައިވާކަން 14 އޮގަސްޓް 2018 ވަނަ ދުވަހު ރިޔާޒަށް ވަނީ ލިޔުމުން އަންގާފަ ކަމަށެވެ.

Advertisement - newsAdvertisement

ރިޔާޒުގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ 4 މަހާއި 24 ދުވަހުގެ ޖަލު ޙުކުމްގެ މުއްދަތަށް ވުރެ އިތުރަށް ވެސް ރިޔާޒު މިހާރު އެވަނީ ޖަލު ބަންދުގައި ހޭދަކޮށްފައިވާ ކަމަށެވެ. ވުމާއެކު މިހާރުން މިހާރަށް ރިޔާޒުގެ ޙުކުމް ތަންފީޒުވެ ނިމިއްޖެކަމުގައި ކަނޑައަޅައި ރިޔާޒު ވަގުތުން މިނިވަންކޮށް ދޫކޮށްލުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އިލްތިމާސްކުރާ ކަމަށްވެސް ރިޔާޒުގެ ގާނޫނީ ވަކީލުންގެ ބަޔާނުގައި ވެއެވެ.

ހައިކޯޓުން ރިޔާޒުގެ މައްޗަށް 4 މަހާއި 24 ދުވަހުގެ ޖަލު ޙުކުމެއް އިއްވާފައިވަނީ، ފުލުހުންނަށް ރިޔާޒުގެ ފޯނުގެ ޕިންކޯޑު ދީފައިނުވާތީކަމަށް ކަނޑައަޅުއްވައެވެ. ނަމަވެސް އެމައްސަލަ ދަށު ކޯޓުން ސާބިތުނުވާކަމަށް ކަނޑައެޅުއްވި އެއް ސަބަބަކީ ވެސް ދަށު ކޯޓުގެ ޝަރީޢަތުގައި ރިޔާޒު ފުލުހުންނާ ހިއްސާކުރި ކޯޑުން ފުލުހުން ބޭނުންވި ފޯނު ހުޅުވިފައިވުމެވެ.

އެފަދައިން އޮތް މައްސަލައެއްގައި 4 މަހާއި 24 ދުވަހަށް ރިޔާޒު ޖަލަށްލުމަށް ޙުކުމްކޮށްފައިވާއިރު، ރިޔާޒު ހައްޔަރުކުރި ފަހުން މިއަދަށް 6 މަސް ދުވަސް ފާއިތުވީއިރުވެސް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ އިލްތިމާސްއާމެދު އެކޯޓުން އެއްވެސް ފިޔަވަޅެއް އަޅުއްވާފައިނުވާތީ، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގެ ތެރެއިން ރިޔާޒަށް ލިބިވަޑައިގަންނަވަންޖެހޭ ޙައްޤުތައް ލިބިވަޑައިގަންނަވަމުން ނުދާކަމުގައި ރިޔާޒު ދެކެވަޑައިގަންނަވާ ކަމަށްވެސް ގާނޫނީ ވަކީލުންގެ ބަޔާނުގައި ވެއެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކުގައި ރިޔާޒުއާ ދެކޮޅަށް ހިންގޭ ޝަރީޢަތްތައް ހިންގުމުގަޔާއި މައްސަލަ ބައްލަވާ ފަނޑިޔާރުން ބަދަލުކުރުމަށްފަހު ވަކި ނަތީޖާއެއް ނެރެވިގެންދިޔައީ އެއުސޫލުގެމަތީންކަމަށް ދޭހަވާގޮތަށް ކަންކަން ހިނގާފައިވުމާއި ރިޔާޒުގެ ފަރާތުން ހުށައަޅާ އިސްތިއުނާފުގެ މައްސަލަތައް ކޯޓުތަކުގައި ނުހިނގައި ލަސްވަމުން ދިޔުމާއި ރިޔާޒުގެ ފަރާތުން ހުށައަޅާ ޝަކުވާގެ ސިޓީތަކާއި ގުޅިގެން ކޯޓުތަކުން ޖަވާބު ނުދިނުންފަދަ ކަންކަމަކީ ދިވެހި އެއްވެސް ރައްޔިތަކާމެދު ޢަމަލުކުރެވިގެންވާނެ ގޮތެއްކަމުގައި ރިޔާޒު ދެކެވަޑައި ނުގަންނަވާ ކަމަށްވެސް އެބަޔާނުގައި ވެއެވެ.

ވުމާއެކު، ޖަލުން މިނިވަންވުމާއެކު ދިވެހިރާއްޖޭގެ ޤާނޫނޫ އަސާސީއާއި ޤާނޫނުތަކާއި އެއްގޮތަށް ދިވެހި ރައްޔިތުންނަށް ޚިދުމަތްކުރުމަށް ނުކުންނަވާނެކަމާއި ދައުލަތުގެ މުއައްސަސާތައް ޑިމޮކްރަސީގެ ހަމަތަކުގެ މައްޗަށް އިޢާދަކުރުމުގެ މަސައްކަތުގައި ސާބިތުވެ ހުންނަވާނެކަމުގެ ޔަގީންކަން މިއަދުވެސް ޢަބްދުﷲ ރިޔާޒު ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށް އޭނާގެ ގާނޫނީ ވަކީލުން ބުނެއެވެ. އޯގާތެރި ސަރުކާރަކާއި ނުފޫޒުން އެއްކިބާވެފައިވާ ޖުޑީޝަރީއަކާއި މިނިވަން ރައްޔިތުންގެ މަޖިލީހެއް ރައްޔިތުންނަށް ލިބުމުގެ ކުރިން ރިޔާޒުގެ ސިޔާސީ ޙަޔާތަށް ކުޑަނަމަވެސް ހުއްޓުމެއް ނާންނެކަމުގެ ޔަޤީންކަން ދެއްވާކަމަށް ރިޔާޒުގެ ފަރާތުން ގާނޫނީ ވަކީލުން ނެރެފައިވާ އެ ބަޔާނުގައި ވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި

25 ޖެނުއަރީ 2017
އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި
24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް