Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ ރޭސް 2018

ކޯލިޝަން ވެރިކަމެއްގައި ކައުންސިލަށް އާމްދަނީ ލިބޭނެ: ލަތީފް

31 އޯގަސްޓު 2018 | ހުކުރު 06:01

ކައުންސިލްތައް ވެގެންދާނީ ރަށުގެ މަލަމައްޗަށް ކަމަށް ހަސަން ލަތީފް ވިދާޅުވި

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 31 އޯގަސްޓު 2018 | ހުކުރު 06:01
ހަސަން ލަތީފް ބ. ދަރަވަންދޫގައި ވާހަކަފުޅު ދައްކަވަނީ

ހަސަން ލަތީފް ބ. ދަރަވަންދޫގައި ވާހަކަފުޅު ދައްކަވަނީ

ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ރަށުގެ ކައުންސިލްތަކަށް އާމްދަނީ ހޯދުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބ. އަތޮޅު ދަރަވަންދޫގައި ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ އިދިކޮޅު ކޯލިޝަނަކީ ރައްޔިތުން ބޭނުންވާ ގޮތަށް ޚިދުމަށް ދޭން ސަރުކާރެއް އުފެއްދަން މަސައްކަތްކުރާ ބައެއް ކަމަށެވެ. އަދި އެ ސަރުކާރުގައި މިނިސްޓްރީތަކުގެ ބައެއް ބާރުތައް ކައުންސިލްތަކަށްދީ އެ ކައުންސިލްތައް ބާރުވެރި ކުރުވާނެ ކަމަށެވެ. ރަށުގެ ބިމާއި، ފަޅާއި، ފަރާއި، ކަނޑާއި، އަދި އެތަންތަނުގައިވާ އެންމެހާ އެއްޗެއް ކުއްޔަދިނުމުން ލިބޭ ފައިދާގެ އިންސައްތައެއް ކައުންސިލަށް މިލްކުވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement
"ހަމައެއާ އެކީގައި ކޮންމެ ރަށެއްގެ ކަނޑުން ހޭލާ ހިސާބުން، ހޭފަށުން އެތެރޭގައިވާ ގުދުރަތީ ވަސީލަތްތައް އެ ރަށަކަށް ލިބޭނެ. އެ ސަރުކާރުގައި އިރާދަ ކުރެއްވިއްޔާ، ކައުންސިލްތަކަކީ ބާރުވެރި އުފެއްދުންތެރި ކައުންސިލްތަކަކަށް ހެދިގެންދާނެ. ހަމަ އެއާއެކީގައި އޭގެ އިތުރުން މިހާރު ސަރުކާރުގެ މިނިސްޓްރީތަކާއި އަދި ދައުލަތުގެ އެކިއެކި އޮފީސްތަކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކައުންސިލްތަކަށް އަޅުގަނޑުމެން ބަދަލު ކުރާނެ މަސައްކަތްތައް އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ ކަނޑައަޅާ. އެ މަސައްކަތްތައް ކައުންސިލްތަކަށް ބަދަލު ކުރީމާ ކައުންސިލްތަކުން ރައްޔިތުންނަށް ގާތުން ޚިދުމަތް ދެވެން ފެށީމާ ތިޔަބޭފުޅުންނަށް ދަތުރު ފަތުރުކުރުމާއި އެކަންކަމުގެ ތެރެއިން އެ އުފުލަން ޖެހޭ ތަކްލީފަށް އުފުލާކަށް ނުޖެހޭނޭ، މި ރަށަކީ ބާރުވެރި ފުދުންތެރި ރަށަކަށް ވެގެން ދާނެ" ހަސަން ލަތީފް ވިދާޅުވިއެވެ.

ކައުންސިލްތައް ވެގެންދާނީ ރަށުގެ މަލަމައްޗަށް ކަމަށާއި ގެސްޓް ހައުސް ހިންގުމަށް ކައުންސިލްތަކަށް އެހީ ފޯރުކޮށްދޭނެ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ. އަދި އެ ރަށެއް ޕްރޮމޯޓުކޮށް ގެސްޓުން ގެނެސްގެން ރަށުގެ އާމްދަނީ އިތުރު ކުރުމުގެ ފުރިހަމަ ބާރު ކައުންސިލްތަކަށް ލިބޭނެ ކަމުގެ ޔަގީންކަން ވެސް ހަސަން ލަތީފް ވަނީ ދެއްވާފައެވެ.

ޖަޒީރާ ރާއްޖޭގައި ޒުވާނުންނަށް އަމާޒުކޮށްގެން ފުޓުބޯޅަ ކުޅެން ބޭނުންވާ ކުދިންނަށް އަސްލު ފުޓްބޯޅަ ކުޅޭ ދަނޑު އަޅައިދޭނެ ކަމުގެ ޔަގީންކަން ވެސް ހަސަން ލަތީފް ވަނީ ދެއްވާފައެވެ. ފުޓްބޯޅައިގެ ކުޅުން ހަލާކުވާ މައިގަނޑު ސަބަބަކީ ފުޓްސެލް ކަމަށާއި އެހެންކަމުން ކޮންމެ ރަށެއްގައި ފުޓްބޯޅަ ދަނޑެއް އަޅައިދޭއިރު ކޮންމެ އަތޮޅެއްގައި ފުޓްބޯޅަ ސްޓޭޑިއަމްއެއް ހެދިގެންދާނެ ކަމަށް ވެސް ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ. އަދި އެ ނޫން ވެސް ގިނަ ކުޅިވަރުގެ ވަސީލަތްތައް ގާއިމު ކުރެވޭނެ ކަމުގެ ޔަގީންކަން ހަސަން ލަތީފް ވަނީ ދެއްވާފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

04 އެޕްރީލު 2017

ރަސްދޫ ކައުންސިލަށް ކުރިމަތިލާފައިވާ އެމްޑީޕީ ކެންޑިޑޭޓް އަނިލް ހައްޔަރު ކޮށްފި

04 އެޕްރީލު 2017
ރަސްދޫ ކައުންސިލަށް ކުރިމަތިލާފައިވާ އެމްޑީޕީ ކެންޑިޑޭޓް އަނިލް ހައްޔަރު ކޮށްފި
17 މާރިޗު 2017

ކައުންސިލް އިންތިހާބު ފަސްކުރީ ރައީސް ޔާމީނަށް ކާމިޔާބު ނުލިބޭނެކަން ޔަގީން ވާތީ: ރައީސް ނަޝީދު

17 މާރިޗު 2017
ކައުންސިލް އިންތިހާބު ފަސްކުރީ ރައީސް ޔާމީނަށް ކާމިޔާބު ނުލިބޭނެކަން ޔަގީން ވާތީ: ރައީސް ނަޝީދު
13 މާރިޗު 2017

އިންތިހާބާ ނުލައި 13 ކެންޑިޑޭޓަކު ކައުންސިލަށް އިންތިހާބު ވެއްޖެ

13 މާރިޗު 2017
އިންތިހާބާ ނުލައި 13 ކެންޑިޑޭޓަކު ކައުންސިލަށް އިންތިހާބު ވެއްޖެ
24 ފެބުރުއަރީ 2017

އަންހެނުން ކުރާ ހުނަރުވެރި މަސައްކަތްތަކަށް މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދޭނަން: މިނިސްޓަރު ސައީދު

24 ފެބުރުއަރީ 2017
އަންހެނުން ކުރާ ހުނަރުވެރި މަސައްކަތްތަކަށް މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދޭނަން: މިނިސްޓަރު ސައީދު
15 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި

15 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި
08 ފެބުރުއަރީ 2017

ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު

08 ފެބުރުއަރީ 2017
ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު
08 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް