Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ކޮލަމާފުށިން ހައްޔަރު ކުރިމީހުންގެ މައްޗަށް ޓެރަރިޒަމްގެ ތުހުމަތުކޮށްފި

30 އޯގަސްޓު 2018 | ބުރާސްފަތި 20:28

އެމީހުން މިވަގުތު ތިބީ ވިލިގިލީ ޕޮލިސް ސްޓޭޝަންގައި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 30 އޯގަސްޓު 2018 | ބުރާސްފަތި 20:28
ހައްޔަރުކުރި މީހަކު ފުލުހުންގެ ސައިކަލެއްގައި ގެންދަނީ

ހައްޔަރުކުރި މީހަކު ފުލުހުންގެ ސައިކަލެއްގައި ގެންދަނީ

ޖަގަހައަކަށް ގެއްލުންދިން ކަމަށް ބުނެ ގއ. ކޮލަމާފުށިން ހައްޔަރުކުރި މީހުންގެ މައްޗަށް ޓެރަރިޒަމްގެ ތުހުމަތުކޮށްފި އެވެ.

ކޮލަމާފުށިން ހައްޔަރުކޮށްފައިވާ މީހުންގެ ޤާނޫނީ ވަކީލް މަހްފޫޒް ސައީދު ވިދާޅުވީ އެމީހުން މިވަގުތު ތިބީ ވިލިނގިލީ ޕޮލިސް ސްޓޭޝަންގައި ކަމަށެވެ. އަދި މިރޭ އެމީހުންނަށް މުއްދަތު ޖެހުމަށް ވިލިނގިލީ ކޯޓަށް ހާޒިރުކުރާނެ ކަމަށް މަހްފޫޒް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ކޮލަމާފުށިން މީހުން ހައްޔަރުކުރުމަށް ގއ. ވިލިނގިލި މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ ކޯޓު އަމުރެއްގައި ބުނެފައި ވަނީ އޯގަސްޓް 29 ވަނަ ދުވަހު ހަވީރު 06:00 ޖަހާކަން ހާއިރު ރަށުތެރޭގައި ހަމަނުޖެހުން ހިންގައި މުދަލަށް ގެއްލުންދީ މާރާމާރީ ހިންގާ މަސައްލައިގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭތީ މައްސަލައިގައި ހެކިބަސް ދިނުމަށް ތިބޭ މީހުންނަށް ނުފޫޒެއް ފޯރުވާފާނެ ކަމަށް ފެންނާތީ އާއި މުޖުމަތައުގެ ސަލާމަތާއި ރައްކާތެރިކަމަށް ހައްޔަރު ކުރަން ބޭނުންވާ ކަމަށެވެ. ކޮލަމާފުއްޓަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހޮނިހިރު ދުވަހު ވަޑައިގަތުމަށް ހަމަޖެހިފައިވާ އިރު ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ސަޕޯޓަރުން ދިދަ ފަތި ދެމުމާއި ބެނާ ހަރުކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ.

މިކަންކަމުގެ ތެރޭގައި ޕީޕީއެމްއަށް ނިސްބަތްވާ ފަރާތްތަކާ ދެމެދު ހިނގާދިޔަ ހަމަނުޖެހުންތަކުގައި ދެފަރާތަށް ނިސްބަތްވާ ސަޕޯޓަރުންނަށް ވަނީ އަނިޔާ ލިބިފައެވެ. އިބޫގެ ދަތުރުފުޅާ ދިމާކޮށް ކޮލަމާފުށީގައި ހަމަނުޖެހުން ހިންގާފައިވާ އިރު ރައީސް އަބްދުﷲ ޔާމީން ރަށްރަށަށް ވަޑައިގަންނަވާ އިރު އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުގެ ދިދަފަތިތައް ނަގައި ތަކެއްޗަށް ގެއްލުންދޭ މައްސަލަ ވަނީ އާންމު ވެފައެވެ. އަދި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލު ހުޅުމާލެ އަށް ވަޑައިގެންނެވި އިރު އެމަނިކުފާނަށް ހަމަލާދޭން އުޅުނު މައްސަލައިގައި އެ މީހުންގެ ވީޑިއޯތައް ފެންނަން ހުރި ނަމަވެސް ފުލުހުން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ގުޅިފައިވާ ޕާޓީތަކުގެ ކެމްޕެއިން ޕޯސްޓަރުތައް ނައްޓުވައި ގެއްލުންދޭ މަންޒަރު ދައްކުވައިދޭ ފޯޓޮތައް އާންމުވެފައިވީ ނަމަވެސް މިހާތަނަށް ފުލުހުން ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ތަރުޖަމާނު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ މިވަގުތު ކޮލަމާފުށީގައި ކެމްޕޭން ކުރުމުގެ އަމާން މާހައުލެއްނެތް ކަމަށެއެވެ.

އަދި އެކަން ގުޅިފައިވާ ޕާރޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް އަންގާފައިވާނެ ކަމަށެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި

10 ޖެނުއަރީ 2017
ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް