Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2018

އޮޅުވާލައި ހީލަތް ހެދުމަށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވާނެ: ޝިފާ

30 އޯގަސްޓު 2018 | ބުރާސްފަތި 04:20

ތަރައްގީގެ ނަމުގައި އެތައް ކަމެއް އޮޅުވާލަން މި ސަރުކާރުން ދަނީ މަސައްކަތް ކުރަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 30 އޯގަސްޓު 2018 | ބުރާސްފަތި 04:20
 މާލޭގެ މޭޔަރު ޝިފާ މުހައްމަދު

 މާލޭގެ މޭޔަރު ޝިފާ މުހައްމަދު

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ތާއީދުކުރާ މަދު ބަޔަކު ރައްޔިތުންނަށް އޮޅުވާލައި ހީލަތް ހެދުމަށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށާއި، ރައްޔިތުން ތިބީ ހޭލާ ކަމަށް މާލޭގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ބުދަ ދުވަހުގެ ރޭ މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިފާ ވިދާޅުވީ ތަރައްގީގެ ނަމުގައި އެތަކެއް ކަމެއް އޮޅުވާލަން މިސަރުކާރުން މަސައްކަތްކުރާ ކަމަށާއި، ނަމަވެސް އެކަން ރައްޔިތުން ގަބޫލުނުކުރާ ކަމަށެވެ. ތައުލީމީ، ސިއްހީ، އިޖްތިމާއީ، މަސައްކަތްތެރިކަމުގެ އިތުރުން އެހެން ދާއިރާތައް ފުޅާކޮށް، މުވައްޒަފުންގެ މުސާރަ ބޮޑު ކުރާ ކަމަށް މިސަރުކާރުން މަންޒަރު ކުރައި ދިން ނަމަވެސް އެކަމުގެ ހަގީގަތް ރައްޔިތުންނަށް އެނގޭ ކަމަށް ޝިފާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޝިފާ ވިދަޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެ ދިޔައީ ފަހަތަށް ކަމަށާއި، ހަގީގީ ކުރިއެރުމެއް އެއްވެސް ރައްޔިތަކަށް ނުލިބޭ ކަމަށެވެ. ބައެއްގެ ޖީބަށް ބަރުވި ނަމަވެސް ރައްޔިތުންގެ ކަރުގައި ލީ ހިތިރަހަ ކަމަށާއި، ރައްޔިތުން ބިކަވި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ބްރިޖް އެޅި ނަމަވެސް ރައްޔިތުންގެ ދިރިއުޅުމަށް ކުރިއެރުމެއް ނުލިބޭ ކަމަށާއި، ދަރިންގެ ދަރިންނަށް ދަންދެން ދަރަނިވެރިކުރުވީ ކަމަށެވެ.

ރައްޔިތުންނަށް އޮޅުވާލުމަށް މިސަރުކާރުން މަދު ބައެއްގެ އެހީތެރިކަމާ އެކު ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވައި ޝިފާ ވިދާޅުވީ ސަރުކާރުގެ އިސްވެރިންނާއި، މުއައްސަސާތަކުގެ މުވައްޒަފުން ބާ ޓީޝާޓުގައި ދަންވަރު މުލިޔާގެއަށް ވަންނަ ކަމަށާއި، މުލިޔާގެ ތެރޭގައި ކުރާ ހުރިހާ ކަމެއް ރައްޔިތުންނަށް އެނގޭ ކަމަށެވެ. އަދި ސިއްރުން ކުރާ އެއްވެސް ކަމެއް ސިއްރު ނުވާ ވެސް ޝިފާ ވިދާޅުވިއެވެ.

"މެންދަމު ގަޑީގައި މުލިޔާގޭގައި އުޅެފައި ނުކުންނަނީ ކޮންބައެއް ކަން ވެސް އެބަ އެނގޭ. އެޑިޔުކޭޝަން މިނިސްޓްރީގެ ބޭފުޅުން ސިއްރު ސިއްރުން ވަގަށް މުލިޔާގެ ތެރޭގައި ކުރައްވާ ކަންކަން ވެސް ވަރަށް ސާފުކޮށް ރައްޔިތުންނަށް އެނގުމުންދަނީ. ހަމަ އެ މުލިޔާގެ ތެރޭގައި ހިނގާ ކަންކަން އެނގޭ. ބަރިބަރި ޖަހާފައި ފޮނުވާ ދިދަތައް އެކި ރަށްރަށަށް ފޮނުވަން ކަސްޓަމްގެ ބޭފުޅުން އުޅުއްވި ކަމުގައި ވިޔަސް އެކަމެއް ވެސް ސިއްރެއް ނޫން،" ޝިފާ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބު އޮޅުވާލުމަށް އިލެކްޝަން ކޮމިޝަނުން ގިނަ މަސައްކަތްތަކެއް ކުރާކަން ފާހަގަކުރައްވައި ޝިފާ ވިދާޅުވީ 5000 އަށް ވުރެ ފޯމް ބަތިލްކޮށްލި ނަމަވެސް އެކަން ވެސް ކާމިޔާބު ނުވި ކަމަށެވެ. ވޯޓުން އޮޅުވާލަން މަސައްކަތް ކުރިއަސް ކާމިޔާބު ނުވާނެ ކަމަށް އޭނަ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނީ ރައްޔިތުންގެ ހިތްވަރުން ކަމަށާއި، 2013 ވަނަ އަހަރު ވެސް ރައްޔިތުން ހިތްވަރު ކުރުމުން ކާމިޔާބުވި ކަމަށް ޝިފާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް