Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2018

ރައްޔިތުންނަށް ކުރިމަތިވި އެންމެ ބޮޑު ނުރައްކަލަކީ ރައީސް ޔާމީންގެ ހުދުމުހުތާރު ވެރިކަމެއް ކުރުމަށް ގާނޫނު ބަދަލުކުރުން: އަނާރާ

30 އޯގަސްޓު 2018 | ބުރާސްފަތި 04:11

މިސަރުކާރުގެ ބާރާއި ނުފޫޒުން ވަރަށް ގިނަ ގާނޫނުތަކަށް ބަދަލު ގެނެސްފައި

އަމްނާ އިމާދު
އަމްނާ އިމާދު | 30 އޯގަސްޓު 2018 | ބުރާސްފަތި 04:11
ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް

ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް

ދިވެހި ރައްޔިތުންނަށް ފާއިތުވެގެން ދިޔަ ހަތަރު އަހަރު ކުރިމަތިވި އެންމެ ބޮޑު ނުރައްކަލަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ގާނޫނުތަކަށް ބަދަލު ގެނެސްގެން ހުދުމުހުތާރު ވެރިކަމެއް ކުރުމަށް މަސައްކަތްކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ބުދަ ދުވަހުގެ ރޭ މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަނާރާ ވިދާޅުވީ ފައިތުވެގެންދިޔަ މިހަތަރު އަހަރުގެ ތެރޭގައި ސަރުކާރުގެ ބާރާއި ނުފޫޒުން ވަރަށް ގިނަ ގާނޫނުތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އަދި ހުރިހާ ބާރެއް ވަނީ ރައީސް ޔާމީންގެ މުށުތެރެއަށް ލާފައި ކަމަށެވެ.

Advertisement - newsAdvertisement

އަނާރާ ވިދާޅުވީ ރައްޔިތުންގެ ބަސް ނުވިކޭ ގޮތަށް ގާނޫނުތައް ބަދަލުކުރުމަކީ ދިވެހިން އެދޭ ގޮތެއް ނޫން ކަމަށާއި، ދިވެހިން ބޭނުން ވަނީ ބާރުތައް ވަކިކުރެވިފައިވާ ނިޒާމެއް މިގައުމުގައި އޮންނަން ކަމަށެވެ.

ދިވެހިރާއްޖޭގައި 2500 އަށް އަހަރަށް ވުރެ ދިގު ތާރީހެއް އޮތްކަން ފާހަގަކުރައްވައި އަނާރާ ވިދާޅުވީ ދިވެހިންނަކީ މިނިވަންކަމަށް ލޯބިކުރާ ބައެއް ކަން ތާރީހުން ވެސް އެނގޭ ކަމަށެވެ.

"ރައްޔިތުންގެ ބަހަކީ ވެސް ވިކޭ ބަހެއްގެ ކަމުގައި ވާން. ހަމައެކަނި އެންމެ ފަރުދަކު ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ނިންމުން އެއީ ތާރީހަށް ބެލިއަސް ދިވެހިން އެދޭ ގޮތެއް ނޫން ގޮތެއްކަން އެނގިގެންދޭ" އަނާރާ ވިދާޅުވިއެވެ.

ރާއްޖޭގައި އިސްލާމްދީން ދެމިއޮންނާނީ ރައީސް ޔާމިން މިފަސް އަހަރަށް ހޮވައިގެން ކަމަށް ސަރުކާރުގެ ބޭފުޅުން ދައްކަވާ ވާހަކަތަކަށް އިޝާރާތް ކުރައްވައި އަނާރާ ވިދާޅުވީ ދިވެހިރާއްޖޭ އިސްލާމްވި ފަހުން 850 އަހަރަށް ވުރެ ގިނަ އަހަރުވެފައިވާ ކަމަށާއި، އޭރު އިސްލާމް ދީން އޮތީ ރައީސް ޔާމިން ހުންނަވައިގެން ނޫން ކަމަށެވެ.

އަނާރާ ވިދާޅުވީ އިސްލާމް ދީނުގެ ނަޒަރުން ބަލާއިރު ވެރިއެއްގެ ކޮންމެހެން ހުންނަންޖެހޭ ދެ ސިފައަކީ ތެދުވެރިކަމާއި، އަމާނަތްތެރިކަން ކަމަށެވެ. އަދި މި ދެ ސިފަ ފެންނާނީ އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ފައިސަލް ނަސީމު ފަރާތްފުޅުން ކަމަށެވެ. މި ދެ ބޭފުޅުންނަކީ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދެއްވާނެ ދެ ބޭފުޅުން ކަމަށް ވެސް އަނާރާ ވިދާޅުވިއެވެ.

އަނާރާ ވިދާޅުވީ މިސަރުކާރުގެ އަނިޔާވެރިކަން ހައްދުފަހަނައަޅައި ގޮސް އެތަކެއް ބަޔަކަށް އަނިޔާ ދީފައިވާ ކަމަށާއި، މިއަހަރުގެ ސެޕްޓެންބަރު 23 ވަނަ ދުވަހަކީ މިހާރު ރައްޔިތުންގެ ތަހައްމަލް ކުރަމުންދާ ހިތްދަތި އިހުސާސް އުފާވެރި އިހުސާސްތަކަށް ހެދުމަށް ރައްޔިތުންނަށް ލިބެންދާ ފުރުސަތެއް ކަމަށެވެ.

އެހެންކަމުން މިފުރުސަތުގެ ބޭނުން ހިފައި އިއްތިހާދުގެ ކެންޑިޑޭޓަށް ވޯޓު ދިނުމަށް ވެސް އަނާރާ ގޮވާލެއްވިއެވެ.

އެންމެ ހިނގާ

1

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

2

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

3

19 އަހަރުގެ ވެރިކަމަށް ފަހު ޔަހޫދީ ނަތަންޔާހޫގެ ސިޔާސީ ހަޔާތް ނިމުމަކަށް އަންނަނީތަ؟

4

އިންތިޚާބަށްފަހު އީރާނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަން ޓްރަމްޕް ގަލްފުގެ ޤައުމުތަކަށް އަންގަވައިފި

5

ގޭސް ހޮޅިތަކުގެ ތެރެއިން ވަދެ ރަޝިޔާ ސިފައިން ވަށައިލައި، ޔޫކްރެއިނުން ކުއްލި ހަމަލާތަކެއް ދީފި

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް