Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވިއަން ހަޅުތާލު

ތަމްރީނު ފުރިހަމަވެފައިނުވާ ކެބިންކްރޫއިންނާއެކު މޯލްޑިވިއަންއިން ދަތުރުކޮށްފި

29 އޯގަސްޓު 2018 | ބުދަ 17:41

ތަމްރީނު ފުރިހަމަނުވާ ކެބިން ކްރޫއިންނާއެކު 2 ފްލައިޓް އެޅި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 29 އޯގަސްޓު 2018 | ބުދަ 17:41
މޯލްޑިވިއަންގެ ކެބިންކްރޫއިންގެ ޓީމެއް

މޯލްޑިވިއަންގެ ކެބިންކްރޫއިންގެ ޓީމެއް

އައިލެންޑް އޭވިއޭޝަންގެ ގިނަ އަދަދެއްގެ ކެބިން ކްރޫއިން ބުދަ ދުވަހު ހަޅުތާލަށް ނިކުމެފައިވާތީ ތަމްރީނު ފުރިހަމަވެފައިނުވާ ކެބިންކްރޫއިންނާއި އެކު މޯލްޑިވިއަންގެ ފްލައިޓްތަށް ދަތުރުކޮށްފައިވާ ކަމުގެ މައުލޫމާތު ރާއްޖެ އެމްވީއަށް ލިބިއްޖެއެވެ.

ރާއްޖެ.އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކެބިންކްރޫއިން ހަޅުތާލު ކުރުމުގެ ގޮތުން މަސައްކަތްކުރުމަށް އުޒުރުވެރިވުމުން، މޯލްޑިވިއަންގެ ބައެއް ޑޮމެސްޓިކް ފްލައިޓްތަށް ބުދަ ދުވަހު، ދަތުރުއެޅީ ތަމްރީނު ފުރިހަމަނުވާ ކެބިންކްރޫއިންނާއި އެކުގައެވެ. އަދި ތަމްރީނު ފުރިހަމަ ކުރެވުނު ކަމަށް ބެލެވޭ "ލައިން ޗެކް" (އިމްތިހާން ފްލައިޓް) އެޅި ކަމުގެ ރެކޯރޑްނެތް ކެބިން ކްރޫންތަކެއް ލައިގެން، އެހެން ކެބިންކްރޫއެއް ނުލާ، މިއަދު ހެނދުނު 2 ފްލައިޓާއި މެންދުރު 2 ފްލައިޓް އަޅާފައިވާކަން ރާއްޖެ.އެމްވީއަށް އެގިފައިވެއެވެ.

Advertisement - newsAdvertisement

މިއީ އައިލެންޑް އޭވިއޭޝަނުން ކަނޑައަޅާފައިވާ އުސޫލްތަކާއި ޚިލާފުކަމެކެއެވެ. އައިލެންޑް އޭވިއޭޝަނުން އަމަލުކުރަން ކަނޑައަޅާފައި އޮންނަ އުސޫލްތަކަށް ބަލާއިރު ތަމްރީނު ފުރިހަމަވެފައިނުވާ މީހުންނަށް ފްލައިޓްގައި ދަތުރުކުރެވޭނީ ސީނިއަރ ކެބިންކްރޫއަކާއި އެކުގައެވެ. މީގެ އިތުރުން ތަމްރީނުފުރިހަމަވެފައިނުވާ ކްރޫއިންނަށް ފްލައިޓްގައި ދަތުރުކުރެވޭނީ ވަކި އަދަދަކަށް ފްލައިން އަވާރސްގެ ތަޖުރިބާ ހާސިލްކުރުމަށްފަހު ގައެވެ.

ސަލާމަތީ ގޮތުން ބަލާއިރު ފްލައިޓް އުދުހެމުންދާ ވަގުތު ދަތުރުވެރިންގެ ކަންތައްތައް ބެލެހެއްޓުމުގެ ޒިންމާ އުފުލަންޖެހޭނީ ކެބިންކްރޫއެވެ. އެހެންކަމުން އެފަދަ ބޮޑު ޒިންމާއެއް އެކަށީގެންވާ ތަމްރީނު ލިބިފައިނުވާ ކެބިން ކްރޫއިންނާއި ހަވާލުކުރުމަކީ އެމީހުންނާއި ދަތުރުވެރިންގެ ފުރާނައަށް ނުރައްކާވެދާނެ ކަމެކެއެވެ. އަދި އައިލެންޑް އޭވިއޭޝަނުން ތަމްރީނުފުރިހަމަވެފައިނުވާ ކްރޫއިންއިންނާއެކު ދަތުރުކޮށްފައިވާއިރު އެކަންވަނީ ދަތުރުވެރިންނަށްވެސް ސިއްރުކޮށްފައެވެ.

ގިނައަދަދެއްގެ ކެބިންކްރޫއިން ހަޅުތާލަށް ނިކުމެފައިވާއިރު އެމީހުންނާއި އައިލެންޑް އޭވިއޭޝަންގެ އިސްވެރިއަކު ބައްދަލުކުރުމަށްފަހު، ވަކި މުއްދަތެއް ދިނުމަށް އެދިފައިވާ ކަމުގެ މައުލޫމާތުވަނީ ލިބިފައެވެ. މުއްދަތެއް ދިނުމަށް އެދިފައިވަނީ އަނގަބަހުންކަމަށްވެސްވަނީ މައުލޫމާތު ލިބިފައެވެ.

އައިލެންޑް އޭވިއޭޝަނުގެ ކެބިންކްރޫއިން ބުދަ ދުވަހު ހަޅުތާލަށް ނިކުމެފައިވަނީ ބޯނަސް މައްސަލައިގައެވެ. ތިން އަހަރު ދުވަހަށް ފަހު، އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންނަށް އަހަރީ ބޯނަސް ދޫކޮށްފައި ވަނީ އަންގާރަ ދުވަހުއެވެ. މުސާރައާ އެކު ގިނަ މުވައްޒަފުނަށް ތިން އަހަރުގެ ބޯނަސްގެ ގޮތުގައި ޖަމާކޮށްދީފައި ވަނީ 5،000ރ. އެވެ. އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންގެ މެދުގައި ބޯނަސް ދޫކުރި ގޮތާ މެދު ކަންބޮޑުވުން އުފެދުނީ ބޯނަސް ދޫކުރާ އުސޫލެއް ހާމަކުރުމެއް ނެތި ކުރު މުއްދަތުގައި ވަޒީފާގައި އުޅުނު މުވައްޒަފުންނަށް ބޯނަސް ދޫކޮށްފައިވާތީއެވެ. އަދި ހަތް އަހަރު ދުވަހާއި ފަސް އަހަރު ދުވަހުގެ ދިގު މުއްދަތަކަށް ކުންފުނީގައި މަސައްކަތްކުރި މުވައްޒަފުންނަށް ބޯނަސް ފައިސާގެ ގޮތުގައި އެއްވެސް އެއްޗެއް ދީފައި ނުވާތީ އެވެ. އޭގެއިތުރުން ބޯނަސް ފައިސާ ދޫކުރާ އުސޫލު ކުންފުނީގެ މުވައްޒަފުންނާ ހިއްސާކޮށްފައި ނުވާތީ ވެސް މުވައްޒަފުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި 70 އެއްހާ ކެބިން ކްރޫއިން މަސައްކަތް ކުރާ މޯލްޑިވިއަންގެ މަސައްކަތަށް މިއަދު 50 ވުރެ ގިނަ ކްރޫއިން ނުނިކުމެއެވެ.

އައިލެންޑް އޭވިއޭޝަނާއި ކުންފުނީގައި މަސައްކަތްކުރަމުން އަންނަ މުވައްޒިފުންނާއި ފަހަކަށް އައިސް ގިނަ މައްސަލަތަކެއް އުޅޭކަން ފާހަގަކޮށްލެވެއެވެ.

ގާނޫނުއަސާސީގެ ދެ ވަނަ ބާބުގެ 31 ވަނަ މާއްދާގައި ބުނެފައި ވަނީ އިހްތިޖާޖު ކުރުމަށްޓަކައި ހަޅުތާލުކުރުމުގެ ގޮތުން މަސައްކަތް ހުއްޓާލައިގެން ތިބުމުގެ ހައްގު ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނާއި އެ ނޫން ވެސް މަސައްކަތްތެރީންނަށް ލިބިގެންވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

27 މާރިޗު 2017

ސްކޫލްތަކުގައި އަރަބި ބަސް ކިޔަވައިދޭ މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފަށައިފި

27 މާރިޗު 2017
ސްކޫލްތަކުގައި އަރަބި ބަސް ކިޔަވައިދޭ މުދައްރިސުން ތަމްރީނުކުރުމުގެ  ޕްރޮގްރާމެއް ފަށައިފި
01 މާރިޗު 2017

މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް އޮޑިޓްކުރުމުގެ މަސައްކަތް ފަށައިފި

01 މާރިޗު 2017
މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް އޮޑިޓްކުރުމުގެ މަސައްކަތް ފަށައިފި
28 ފެބުރުއަރީ 2017

ނޫސްވެރިން ތަމްރީނުކުރުމަށް އިންޑިއާއިން އެހީތެރިކަން ހޯދަނީ

28 ފެބުރުއަރީ 2017
ނޫސްވެރިން ތަމްރީނުކުރުމަށް އިންޑިއާއިން އެހީތެރިކަން ހޯދަނީ
12 ފެބުރުއަރީ 2017

އިމްތިހާނުތައް ބެލެހެއްޓުމަށް އިންވިޖިލޭޓަރުން ތަމްރީނު ކުރަނީ

12 ފެބުރުއަރީ 2017
އިމްތިހާނުތައް ބެލެހެއްޓުމަށް އިންވިޖިލޭޓަރުން ތަމްރީނު ކުރަނީ
12 ފެބުރުއަރީ 2017

އިމްތިހާނުތައް ބެލެހެއްޓުމަށް އިންވިޖިލޭޓަރުން ތަމްރީނު ކުރަނީ

12 ފެބުރުއަރީ 2017
އިމްތިހާނުތައް ބެލެހެއްޓުމަށް އިންވިޖިލޭޓަރުން ތަމްރީނު ކުރަނީ
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
02 ފެބުރުއަރީ 2017

ސްޕެޝިއަލިސްޓް އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ

02 ފެބުރުއަރީ 2017
ސްޕެޝިއަލިސްޓް  އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ
01 ފެބުރުއަރީ 2017

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު
30 ޖެނުއަރީ 2017

އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި

30 ޖެނުއަރީ 2017
އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި
27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް