Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ރައީސް ޔާމީންއަށް 'ވަގަށް' ގޮވާކަމަށް ބުނެ، ޕީޕީއެމުން ކަންބޮޑުވުން ފާޅުކޮށްފި

29 އޯގަސްޓު 2018 | ބުދަ 13:35

އަބުރު ރައްކާތެރިކޮށްދިނުމުގެ ގާނޫނު އޮތްކަން ހަނދާން ކޮށްދެން: ނިހާނު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 29 އޯގަސްޓު 2018 | ބުދަ 13:35
ރައީސް އަބްދުﷲ ޔާމީން

ރައީސް އަބްދުﷲ ޔާމީން

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް ނިސްބަތް ކުރައްވާ އިދިކޮޅޫ ފަރާތްތަކުން "ވަގަށް" ގޮވަމުންދާ ކަމަށާއި އެކަން ވަރަށް ގާތުން ބަލަމުންދާ ކަމަށް ޕީޕީއެމުން ބުނެފި އެވެ.

ޕީޕީއެމްއިން ބުދަ ދުވަހުގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކު ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އަށް ކެމްޕެއިން ކުރުމުގައި އިދިކޮޅު ފަރާތްތަކުން ރައީސް ޔާމީނާ ދެކޮޅަށް "ވަގަށް" ގޮވާ އެންޓި ކެމްޕެއިން ކުރަމުންދާ ކަމަށެވެ.

Advertisement - newsAdvertisement
"ކެންޑިނޭޅި އެއްވެސް ސާބިތު ހެއްކެއް ގަރީނާއެއްނެތި މީހުންނާ ދިމާލަށް ވަގަށް ގޮވުމަކީ. އެއީ ތޯ ރީތި ކެމްޕެއިނަކީ. ރީތި އަހުލާގަކީ އެއީތޯ... އެއްވެސް ސާބިތު ހެއްކެއްނެތި ތަކުރާރުކޮށް އަޅުގަނޑުމެންގެ ރިޔާސީ ކެނޑިޑޭޓް އަދި ޕީޕީއެމްގެ މުސްތަޝާރާ ދިމާލަށް ވަގަށް ގޮވަމުންދާ މީހުންނަށް އަޅުގަނޑުމެން ހަނދުމަ އާކޮށްލަދޭން ބޭނުން، އަބުރު ރައްކާތެރިކޮށްދިނުމުގެ ގާނޫނެއް އޮތްކަން.... ޕީޕީއެމުން މިދަނީ މިދެންނެވި ހުރިހާ ރެކޯޑްތަކެއް ބަލަހައްޓަމުން. ރައީސް ޔާމީނާއި ޕީޕީއެމަށް ނިސްބަތްވާ މެމްބަރުންނާއި ސަރުކާރުގެ ވަޒީރުންނާ ދިމާލަށް ވަގަށް ގޮވާ މީހުންގެ މައުލޫމާތުތައް އެއްކުރަމުން. ވަގުތު ޖެހުމުން ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހަޅާނަން،" ނިހާނު ވިދާޅުވި އެވެ.

ނިހާނު އެގޮތަށް ވިދާޅުވީ ރައީސް ޔާމީން ރ. ދުވާފަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވައްކަން ކުރުމަށް ހިތްވަރު ލިބޭގޮތަށް ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ނެވެ.

މާލޭއާއި އެއް ފެންވަރަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުނި ނައްތާލުމުގެ ނިޒާމް އަޅުގަނޑުމެން ގާއިމް ކުރަމުން މިގެންދަނީ އަދި މާލޭގެ ކުންޏާއި އެހެން ރަށްތަކުގައި ކުނި ނައްތާލުމަށްޓަކައި ކުނި އެންދޭނެ އިންތިޒާމްތައް އަޅުގަނޑުމެން ހަމަޖައްސަމުން މި ގެންދަނީ. އެހެންވީމަ ވަރިހަމަތާ އެޑްވާންސްއަށް ވައްކަން ކުރިއަސް" ރައީސް ޔާމީން ވިދާޅުވިއެވެ.

ދިވެހިރާއްޖެ އަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށް ވާއިރު، ވައްކަން ކުރުމަކީ މައްސަލައެއް ނޫން ކަމަށްދޭހަވާފަދަ އިބާރާތަކުން ރައީސް ޔާމީން ވާހަކަދެއްކެވިއިރު، ރައްޔިތުންގެ މަޖިލީހުން ވައްކަމަކީ މައްސަލައެއް ނޫންކަމަށް ބިލެއް ފާސްކޮށްފިނަމަ އެބިލް ތަސްދީގު ކުރައްވާނެ ކަމަށްވެސް މީގެކުރިން އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. އަދި ކޮރަޕްޝަނަކީ އިންސާނީ ތޮބީއަތުގައި ހުންނަ ކަމެއްކަމަށް ވިދާޅުވެ، އެފަދަ ކަންކަމަށް ހިތްވަރުލިބޭ ވާހަކަފުޅުތައް މީގެކުރިން ރައީސް ޔާމީން ވިދާޅުވެފައި ވެއެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާނު ވިދާޅުވީ ގުޅިފައިވާ ކޯލިޝަނުން ރައްޔިތުންނަށް އަދި ގައުމުގެ ތަރައްގީއަށް ކުރައްވަމުން ގެންދަވާ އަދި ކުރައްވާނެ ކަމެއްގެ ވާހަކައެއް ދެއްކެން ނެތް ކަމަށާއި ހަމަ އެކަނި އޮތީ "ވަގަށް" ގޮވުން ކަމަށެވެ.

ނޫސްވެރިންގެ އެބައްދަލުވުމުގައި ނިހާނު ވަނީ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހަށާއި އެމަނިކުފާނުގެ ތަރުޖަމާނު މާރިއާ އަހުމަދުދީދީ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން އެ ބޭފުޅުންނަށް ކެމްޕެއިންތަކުގައި ކުރަން އެނގޭ ހަމައެކަނި ކަމަަކީ މީސްމީހުންގެ އަބުރު ކަތިލުމާއި މީސްމީހުންނާ ދިމާލަށް ވަގަށް ގޮވުން ކަމަށް ވެސް ނިހާނު ވިދާޅުވި އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް