ގަމުގައި މާރާމާރި ހިންގައި ތިން މީހަކަށް ހަމަލާދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފި
27 އޯގަސްޓު 2018 | ހޯމަ 09:49މިމާރާމާރިއާ ގުޅިގެން ހައްޔަރުކުރީ 23 އަހަރުގެ ފިރިހެނެއް


ލ. ގަން، މިމާރާމާރިއާ ގުޅިގެން ހައްޔަރުކުރީ ފިލައިގެން އުޅުނު ޒުވާނެއް ކަމަށް ފުލުހުން ބުނޭ
ލ. ގަމުގައި މާރާމާރި ހިންގައި ތިން މީހަކަށް ހަމަލާދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ގަން ތުނޑި ޕެޓްރޯލް ޝެޑް ކައިރިން ތިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލާގައި މިއަދު ހެނދުނު 09:55 ހާއިރު 23 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މިފިރިހެން މީހާ ހައްޔަރު ކުރީ ފިލައިގެން އުޅެނިކޮށް ކަމަށް ފުލުހުން ބުންޏެވެ.
ގަން މުކުރިމަގު ވަލުތެރެއިން މިމީހާ ހޯދީ ފުލުހުންގެ އިންޓެލިޖެންސް އާއި ގަމު ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ދަށުންނެވެ.
މިމަހު 25 ވަނަ ދުވަހުގެ ރޭ ވެސް ގަމުގައި ހިންގަން އުޅުނު މާރާމާރީއެއް ހުއްޓުވައި މާރާމާރީ ހިންގުމަށް ބޭނުންކުރާ ތަކެއްޗާ އެކު ހައްޔަރު ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ.






