Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓްް

ޔާމީނުގެ ތަޖްރިބާ: އެތައް ބަޔަކަށް ބޮޑު އިބުރަތަކަށް

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ހިނގީ ޔާމީނުގެ ވެރިކަމުގައި

ހުޝާމް މުހަޢްމަދް
ހުޝާމް މުހަޢްމަދް, ރާއްޖެ އެމްވީ | 19 ފެބުރުއަރީ 2019 | އަންގާރަ 08:31
ރައީސް ޔާމީނު ރަސްމިއްޔާތަކަށް ވަޑައިގަންނަވަނީ

ރައީސް ޔާމީނު ރަސްމިއްޔާތަކަށް ވަޑައިގަންނަވަނީ

ރާއްޖޭގެ ގާނޫނު އަސާސީ ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާއަކީ ދައުލަތުގެ އެންމެމަތީވެރިޔާއެވެ. އަދި ސަރުކާރުގެ އެންމެ މަތީ ވެރިޔަކީ ވެސް ރައީސުލްޖުމްހޫރިއްޔާއެވެ. މީގެ އިތުރުން ސިފައިންގެ އެންމެމަތީ ވެރިޔަކީ ވެސް ރައީސުލްޖުމްހޫރިއްޔާއެވެ. މިއީ ކުޑަވާހަކައެއް ނޫނެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރައްވާ ބޭފުޅަކު އެމަގާމުގެ މަސްއޫލިއްޔަތާ ވާޖިބު އަދާކުރައްވަނީ ގާނޫނީ ހުވައެއް ކުރައްވައިގެންނެވެ. ރައްޔިތުންނަށް އަމާނާތްތެރިވާނެ ކަމަށް އެ ހުވައިގައި ބުނެއެވެ. އެއީ ސިއްރުން ކުރައްވާ ހުވައެއް ނޫނެވެ.

ރައީސް ޔާމީން ވެރިކަމުގެ 5 އަހަރުގައި މިނިވަން މުއައްސަސާތަކުގެ މިނިވަންކަން ގެއްލި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަމުގެ ތަހްގީގުތައް ފުރިހަމައަށް ހިންގާފައެއް ނެތެވެ. ކޮމިޝަންތަކުން މިނިވަންކަމާއެކު ހިންގަންޖެހޭ ތަހްގީގުތައް ނުހިނގާ ވާހަކަ އޭރު ދެއްކީ ފާޅުގައެވެ. އެކަން އިސްލާހް ކުރަން އެދުވަހު ކުރެވުނު މާބޮޑު ކަމެއް ނެތެވެ. ސަރުކާރުގައި ކަންހިނގާދިޔަ މަގުން ދިވެހިންގެ ގިނަބަޔަކު ގޮތް ހުސްވިއެވެ. ބާރު އޮތް ބޭފުޅުންދެކެ ބިރުގަތެވެ.

ޔާމީނުގެ ވެރިކަމުގައި ރައީސްކަން ކުރެއްވި ބޭފުޅުންނާ، ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންނާ، ވަޒީރުކަން ކުރެއްވި ބައެއް ބޭފުޅުންނާ ގިނަ ސިޔާސީ ލީޑަރުންތަކެއްގެ އިތުރުން އުއްތަމަ ފަނޑިޔާރަކު މަގާމުގައި ހުންނަވަނިކޮށް ޖަލަށް ލެވުނެވެ. އަދި މަޖިލިސް މެމްބަރުންނާ ޕޮލިސްކޮމިޝަނަރުކަން ކުރެއްވި ބޭފުޅުންތަކެއް ޖަލުގައި ހައްޔަރުކުރެވުނެވެ. މީގެ އިތުރުން އާންމުންގެ އެތައްބަޔެކެވެ. ހައްޔަރުކޮށް ޖަލަށް ލެވުނު އެތައް ބަޔަކު ބުނެފައިވަނީ އެފަރާތްތައް ޖަލަށްލައި ބަންދުކުރެވުނީ އިންސާފުން ނޫން ކަމަށެވެ.

އިންސާފުން ބޭރުން ކުރާ އެންމެހާ ކަންކަން ހުއްޓުވުމަށް ދިވެހިންނަށް އެދުވަހު އޮތީ އަޑުއުފުލުމެވެ. އެކަން ދިވެހި ރައްޔިތުން ފުރިހަމައަށް ކުރިއެވެ. ނަމަވެސް އެއަޑެއް ރައީސް ޔާމީން އެއްސެވި ކަމަކަށް ގަބޫލެއް ނުކުރެވުނެވެ. ކުއްލި ހާލަތު އިއުލާންކޮށްގެން ނަމަވެސް މަގާމުތަކުން ބޭފުޅުން ވަކިކޮށްގެން ނަމަވެސް އެމަނިކުފާނު ވަޑައިގެންނެވީ ކުރިއަށެވެ. ބާރު ލިބިވަޑައިގެންފައި އޮތް ދުވަހު ފަސްޖެހިވަޑައިގެންނެވި ތަނެއް ނުފެނުނެވެ.

މިހާރު ރައީސް ޔާމީނުގެ ވެރިކަން އޮތީ ނިމިފައެވެ. ބާރެއް އަތްޕުޅަކުނެތެވެ. ދިވެހިން އެމަނިކުފާނުއަތްޕުޅުން ބާރުތައް އަތުލީ ޖަހާލި ފާހަގަ އަކުންނެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް 1.4 ބިލިޔަން ރުފިޔާގެ ހިޔާނާތް ހިންގި ގޮތުގެ ކޮންމެސް ވަރެއް ދޭހަވާ ރިޕޯޓެއް އޭސީސީއިން ނެރެފިއެވެ. އެރިޕޯޓު މުޅިން ފުރިހަމަ ނޫނެވެ. އެރިޕޯޓަކީ އެޔަށްވުރެ ފުރިހަމަ އެއްޗަކަށް ވާންޖެހޭނެއެވެ. . ފުރިހަމަ ކުރަންވެސް ޖެހޭނެއެވެ. އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ހިނގާ ނިމިގޮސްފައި ވަނީ ރައީސް ޔާމީނުގެ ވެރިކަމުގައެވެ. މިއީ އެންމެން ދަންްނަ ހަގީގަތެކެވެ.

މިއަދު ވަނީ އެމަނިކުފާނުގެ މައްޗަށް އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާގެ ތެރެއިން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި އެއްމިލިޔަން ޑޮލަރު ލޯންޑަކުރި މައްސަލައިގައި ދައުވާ އުފުލައިފައެވެ. އެމައްސަލަ ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރުމުން އެމަނިކުފާނު މިހާރު އެހުންނެވީ މާފުށީޖަލުގައި ބަހައްޓާފައެވެ.

ކުރިއަށް އޮތްތާ އެމަނިކުފާނުގެ ޝަރީއަތުގެ މަޖިލިސްތައް ކުރިއަށްދާނެއެވެ. ޝަރީއަތުގެ މަޖިލިސްތަކަށް ހާޒިރުކުރެވޭއިރު އަރިހުގައި ތިބޭނީ ފުލުހުންނާ، ޖަލުބަލަހައްޓަވާ އޮފިސަރުންނެވެ. މަތިވެރި މެޑެލްތަކާއެކު، ޝަރަފްގެ ހިނގާލުމުގައި ރައީސްއަށް އެދުވަހު ކުރުނީސް އެރުވި ރެޖިމެންޓް އޮފިސަރުންނެއް ނޫނެވެ. މިއީ ދުނިޔެއެވެ. ދުނިޔޭގެ ތަޖްރިބާއަކީ މިކަހަލަ އެއްޗެކެވެ.

"ހުރުމަތާއެކު އިންނަވާފައި ހިތްތަކުގެ މޮޅުތަހުތުގައި' ބުރުއަޅާ ދިޔަ ސަބަބަކީ އޭނާ އެކުޅަ އަނިޔާތަކޭ"

ކޮމެންޓް

އިތުރަށް ކިޔާލަން

މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

16 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017
ހަސަން ލަތީފް - ތަޖްރިބާ ހުރި ޤާބިލް ބޭފުޅެއް

ހަސަން ލަތީފް - ތަޖްރިބާ ހުރި ޤާބިލް ބޭފުޅެއް

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު