Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މަރުކަޒީ ފިކުރުގެ ބަޔަކަށް ލާމަރުކަޒީ ނިޒާމެއް ތަންފީޒެއް ނުކުރެވޭނެ!

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއިއެކު ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ލިބިދޭ

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 16 ޑިސެމްބަރު 2019 | ހޯމަ 13:57
ވިއަވަތި ރާއްޖެ މަހާސިންތާގެ ތެރެއިން

ވިއަވަތި ރާއްޖެ މަހާސިންތާގެ ތެރެއިން

ވިރާސީ ރަސްކަމުގެ ޒަމާނުންސުރެން އަތޮޅު ތެރޭގައި އުޅޭ މީހުންގެ ޝަކުވާއެއް އޮވެއެވެ. އެވެރިންގެ ރަށްތަކަށް ވެރި ރަށުގައި އުޅޭ ވެރިން އަޅާ ނުލާ ވާހަކައެވެ. ކަމެއް ބޭނުންވެއްޖެ ހިނދެއްގައި އެ ވެރިންގެ ފައިބުޑަށް ވެއްޓި އާދޭސްކުރަން ޖެހޭ ވާހަކައެވެ. އޭރުވެސް ކޮންމެވެސް ވަރަކަށް ކަތީބުންނާއި، އަތޮޅުވެރިންނަށް ބާރުތައް ދެވިފައި އޮތަސް، ބޮޑު ކަމެއް ޖެހިއްޖެ ހިނދެއްގައި މައި ސަރުކާރުން ހުއްދަ ހޯދަން ނުޖެހި ނުދެއެވެ. ޖެހެނީ ވެރިންކުރެން އާދޭސްކޮށްގެން، އެކަމަކާއި މެދު ރުހޭނެ ދުވަހެއްގެ އިންތިޒާރު ކޮށްލަ ތިބޭށެވެ.

މިހެން ތިއްބައި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނެއް 2010ވަނަ އަހަރު ވުޖޫދަށް ގެނެވުމުން، މިކަމަށް ޙައްލެއް ލިބިގެންދާނެ ކަމަށް އެ ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ އުއްމީދެއް ލިބިގެން ދިޔައެވެ. ނަމަވެސް ޤާނޫނުގައި ހުރި އުނިކަންތައްތަކުގެ ސަބަބުންނާއި، ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުގައި އެ ޤާނޫނަށް ގެނެވުނު ބަދަލުތަކާއި ގުޅިގެން، އެ ޤާނޫނު ވުޖޫދަށް އައިތާ ނުވަ އަހަރު ވެގެން ދިޔައިރުވެސް، އެ ޤާނޫނުގެ ހަޤީޤީ ފޮނި މީރުކަން އެއްވެސް ރަށަކަށް ލިބުނެކޭ ދެންނެވޭކަށް ނެތެވެ.

ޚާއްޞަކޮށް ރައީސް ޔާމީނުގެ ވެރިކަމުގެ ދައުރުގައި މި ޤާނޫނަށް ގެނެވުނު ފަސް އިޞްލާޙަކާއި ގުޅިގެން ކައުންސިލުތަކުގެ ބާރު ވަރަށް ބޮޑަށް ހަނިވެގެން ދިޔައެވެ. މި އިޞްލާޙުތަކުގެ ތެރޭގައި ކައުންސިުތަކުގެ ބާރުތަކާއި ވަޞީލަތްތައް ހަނިކުރުމާއި، ކައުންސިލްގައި ތިބޭ މެންބަރުންގެ ޢަދަދު މަދުކުރުމާއި، ކައުންސިލްތައް ހިނގާނުހިނގާ ގޮތް ބެލެހެއްޓުމަށްޓަކައި އުފައްދާފައިވާ ލޯކަލް ގަވަރމަންޓް އޮތޯރިޓީ އެކުލެވިގެންވާ ގޮތަށް ބަދަލުތައް ގެނެއުން ހިމެނެއެވެ.

އޭރުގެ ސަރުކާރުގެ ވިސްނުމަކަށް އޮތީ ހުރިހާ ބާރެއް މުށު ތެރެއަށް ލައްވައިގެން، އިހުގައި ކަންކުރަމުން ދިޔަހެން މައި ސަރުކާރުގެ ތެރެއިން ހުރިހާ ކަމެއް ކުރުމަށެވެ. ކުރުކޮށް ބުނަނީނަމަ، ނިޒާމު އަނެއްކާވެސް މަރުކަޒު ކޮށްލުމަށެވެ. ރައީސް ޔާމީނުގެ ދައުރުގައި ތަފާތު ދެ ފަހަރެއްގެ މަތިން ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވިގެން ދިޔަ ނަމަވެސް، އެއީ ހަމަ ރީއްޗަކަށް ބޭއްވުނު އިންތިޚާބުތަކެކޭ މި ބުނަނީވެސް މި ސަބަބުތަކާއި ހުރެއެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރު ވެރިކަމަށް އައީ، މިކަންކަން ބަދަލުކުރާން ކަމަށް ވަޢުދުވެވަޑައިގެންނެވެ. އާދެ، ހަޤީޤީ ލާމަރުކަޒީ ނިޒާމެއް ތަންފީޒުކޮށް، ކައުންސިލުތަކަށް ބާރުވެރިކުރުވާނެ ކަމުގެ ވާހަކަތަކައިގެންނެވެ. ވަޢުދުވެވަޑައިގެންނެވި ފަދައިން، މިއަދު މިވަނީ އެ ޤާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެވި، އެ ދެންނެވި މިޞްރާބަށް ކަންކަން ކުރައްވަން މަގުފަހި ކުރައްވާފައެވެ. މަޖިލީހުގެ ސާފު އަޣުލަބިއްޔަތުން، އޭގެ ތެރޭގައި ސަރުކާރާއި އިދިކޮޅު ޕާޓީތަކުގެ މެންބަރުންގެވެސް ތާއީދާއިއެކުގައި، ލާމަރުކަޒީ އުސޫލަށް އިދާރީ ދާއިރާތައް ހިންގުމުގެ ފާސްކުރެވި، ތަޞްދީޤުވެސް ކުރެވިފައެވެ.

މި ޤާނޫނުގެ އެންމެ ފުރިހަމަ ކަމަކީ، ކައުންސިލުތަކަށް ލިބިގެން ދިޔަ މާލީ ބާރުވެރިކަމެވެ. ގޮތް ނިންމުމުގެ ބާރުވެރިކަމެވެ. ގޮތް ނިންމުމުގައި، މަރުކަޒީ ސަރުކާރުގެ ރުހުމަށް އިންތިޒާރުކޮށްގެން ވަގުތު ބޭކާރުވުމަށްވެސް، ބޮޑު ޙައްލެއް ލިބިގެން ދިޔުމުގެ ބާރުވެރިކަމެވެ. ގިނަ ބަޔަކު އަބަދުވެސް ޤަބޫލުކުރާ އެއް ކަމަކީ، އެ ރަށަކަށް އެންމެ ރަނގަޅު ގޮތް އިނގޭނީ އެ ރަށެއްގައި ދިރިއުޅޭ ބަޔަކަށް ކަމެވެ. މިއަދު މިއޮތީ އެ ގޮތަށް ކަންކަން ކުރަން ހަޤީޤަތުގައިވެސް ފުރުޞަތު ލިބިފައެވެ. އެ ހިސާބުން އުފެދޭ ސުވާލަކީ، މިކަން ކުރެވޭނެބާއޭ އަދި ކުރަން އެންމެ ރަނގަޅުވާނީ ކޮންބައެއްތޯއެވެ.

ކޮންމެ ކަމެއްވެސް ކާމިޔާބުވާނީ އެކަމަކާއި ގަޔާވެގެން، އެއީ ކަންކަން ކުރަން އޮތް އެންމެ ފުރިހަމަ ގޮތްކަން ޤަބޫލުކުރާ ބަޔަކަށެވެ. އެއީ ދީނީ ކަމެއްވިޔަސް، ނުވަތަ ދުނިޔަވީ ކަމެއްވިޔަސް، ހިތުގެ އަޑިން ޤަބޫލުކުރުމުގެ ވާހަކަ އަންނަނީ މިހެން ވެގެންނެވެ. ނިޒާމެއް ހިންގުމުގައިވެސް ވަކި ތަފާތެއް ނެތެވެ. އެ ނިޒާމެއް އެންމެ ރަނގަޅަށް ހިންގޭނީ އެއީ ކަންކަން ކުރެވޭނެ އެންމެ ރަނގަޅު ގޮތްކަން ހިތުގެ އަޑިން އިޚުލާޞްތެރިކަމާއިއެކު ޤަބޫލުކުރާ ބަޔަކަށެވެ.

މިސާލަކަށް، މީހަކު އަދާކުރާ ހިތްނުވާ ވަޒީފާއަކަށް ގޮސްގެން ކުރާ މަސައްކަތާއި، އެމީހަކު އަދާކުރާ ހިތުން އަދާކުރާ ވަޒީފާއެއްގައި ކުރާ މަސައްކަތާއި ހާސްތަން ތަފާތެއް ނޫންތޯއެވެ؟ އެހެންކަމުން މި ނިޒާމުވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒު ކުރެވޭނީ މިއީ ރާއްޖޭގެ ރަށްތަކަށް އޮތް އެންމެ ހެޔޮ ރަނގަޅު ގޮތްކަން ޤަބޫލުކުރާ، ރަށަށް ހެޔޮއެދޭ ބަޔަކު މިކަން ކޮށްގެން ކަމާއިމެދު ޝައްކު ނުކުރައްވާށެވެ.

ކުރީގެ ސަރުކާރުގައި މި ނިޒާމަށް ސީދާ ގޮންޖަހާ، މަރުކަޒީ އުޞޫލުން ކަންކުރެއްވި ބަޔަކަށް މިކަން ވެދާނެ ކަމާއިމެދު ޝައްކު އުފައްދަން ޖެހެނީ މި ސަބަބާ ހުރެއެވެ. ސީދާ އެކަމަށް ގޮންޖެހި ބަޔަކަށް، "ހިތުގެ އަޑިން" ޤަބޫލުކޮށްފާނެ ކަމަށް އަޅުގަނޑުގެ ޒަމީރަށް ޤަބޫލު ނުކުރެވޭތީއެވެ. ބޭނުންވަނީ، މިއީ ރަށަށް ކުރިއެރުން އޮތް ނިޒާމުކަން ޤަބޫލުކުރާ، ރަށްދެކެ ލޯބިވާ ރަށުގެ ދަރިއެކެވެ. އާޚިރުގައި ގޮތް ނިންމާނީ ރައްޔިތުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލާމަރުކަޒީ ނިޒާމު: އަޑިގުޑަން ތަކާއެކު އެމްޑީޕީ ކުރި ދަތުރު

ލާމަރުކަޒީ ނިޒާމު: އަޑިގުޑަން ތަކާއެކު އެމްޑީޕީ ކުރި ދަތުރު

16 ޖެނުއަރީ 2020
ރައީސް ޔާމީނަށް ތާއީދުކުރާ ބަޔަކު އިންތިހާބުކޮށްގެން ލާމަރުކަޒީ ނިޒާމްގެ ފައިދާއެއް ނުނިކުންނާނެ!

ރައީސް ޔާމީނަށް ތާއީދުކުރާ ބަޔަކު އިންތިހާބުކޮށްގެން ލާމަރުކަޒީ ނިޒާމްގެ ފައިދާއެއް ނުނިކުންނާނެ!

04 ޖެނުއަރީ 2020
ސަރުކާރު ހިންގާ ބަޔަކަށް މަޖިލީހުގެ ޢައުލަބިއްޔަތު ލިބެން ޖެހޭ

ސަރުކާރު ހިންގާ ބަޔަކަށް މަޖިލީހުގެ ޢައުލަބިއްޔަތު ލިބެން ޖެހޭ

04 އެޕްރީލު 2019
ޔާމީނުގެ ތަޖްރިބާ: އެތައް ބަޔަކަށް ބޮޑު އިބުރަތަކަށް

ޔާމީނުގެ ތަޖްރިބާ: އެތައް ބަޔަކަށް ބޮޑު އިބުރަތަކަށް

19 ފެބުރުއަރީ 2019
2013ގައި ވިވައުދުތައް ނުފުއްދުނު ބަޔަކަށް ދެންވެސް ފުއްދޭނެ ވައުދެއް ނޯންނާނެ!

2013ގައި ވިވައުދުތައް ނުފުއްދުނު ބަޔަކަށް ދެންވެސް ފުއްދޭނެ ވައުދެއް ނޯންނާނެ!

24 އޯގަސްޓު 2018

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު