Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ރީރެޖިސްޓަރކުރި ބައެއް ފަރާތްތަކުގެ ފޯމް ބާތިލުކޮށް އަލުން ރީރެޖިސްޓަރ ވާން އަންގައިފި!

23 އޯގަސްޓު 2018 | ބުރާސްފަތި 16:39

ފޯމް ބާތިލު ކޮށްފައިވާކަން މެސެޖެއް މެދުވެރިކޮށް ވަނީ އަންގާފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 23 އޯގަސްޓު 2018 | ބުރާސްފަތި 16:39
އިންތިހާބެއްގައި ވޯޓުލުމުގެ ކަންކަން ކުރިޔަށް ދަނީ

އިންތިހާބެއްގައި ވޯޓުލުމުގެ ކަންކަން ކުރިޔަށް ދަނީ

ވޯޓްލާން އޮތް ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރެޖިސްޓަރވެފައި ތިބި ފަރާތްތަކުގެ ތެރެއިން ގިނަ ބައެއްގެ ފޯމް ބާތިލުކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ އިލެކްޝަންސް ކޮމިޝަނުން ވަނީ އެފަރާތްތައް ރީރެޖިސްޓަރ ކުރަން ލި ފޯމްތަކުގެ ސައްޚަކަން ކަށަވަރު ނުވާ ކަމަށް ބުނެ ފޯމް ބާތިލު ކޮށްފައިވާކަން މެސެޖެއް މެދުވެރިކޮށް އަންގާފައެވެ. ހަމައެހެންމެ 29 އޮގަސްޓް ވާ ބުދަ ދުވަހުގެ 18:00 ގެ ކުރިން އަލުން ރީރެޖިސްޓަރ ކުރުމަށް އީސީއިން ވަނީ އެފަރާތްތަކުގެ ކިބައިން އެދިފައެވެ.

Advertisement - newsAdvertisement

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަދި ސްޕޯކްސްޕާސަން އަހުމަދު އަކްރަމް ރާއްޖެއެމްވީއަށް ވިދާޅުވީ، އެކިއެކި ސަބަބުތަކާއި ގުޅިގެން ފޯމްގެ ސައްޚަކަން ކަށަވަރުނުވާ ފަރާތްތަކަށް ރީރެޖިސްޓަރ ނުވާކަން އަންގައި މެސެޖް ފޮނުވަމުންދާ ކަމަށެވެ. މި ފަރާތްތަކުގެ ތެރޭގައި ރީރެޖިސްޓަރ ކުރަން އެދި ހުށަހެޅި ފޯމްތަކުގެ ތެރެއިން ފިންގަރޕްރިންޓް ކަށަވަރުކުރުމަށް ފުލުހުންނަށް ފޮނުވި ފަރާތްތަކުގެ ފޯމް ވެސް ހިމެނޭ ކަމަށް އަކްރަމް ވިދާޅުވިއެވެ. އެގޮތުން ގާތްގަނޑަކަށް 5000 އާއި 6000 ދެމެދުގެ ފަރާތްތަކުގެ ފޯމްގެ ސައްޚަކަން ކަށަވަރުވެފައި ނުވާތީ މެސެޖް ފޮނުވަމުންދާ ކަމަށް އީސީއިން ބުނެފައިވެއެވެ. އޭނާ ވިދާޅުވީ އަންނަ ހޯމަ ދުވަހުން ފެށިގެން އަލުން ރީރެޖިސްޓަރ ވާން ހުޅުވާލާނެ ކަމަށެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ރީރެޖިސްޓަރ ކުރަން ހުށަނާޅާ ބައެއް ފަރާތްތަކަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ މި މެސެޖް ފޮނުވާފައެވެ.

ގިނަ އަދަދެއްގެ ފަރާތްތަކުން ދަނީ އިލެކްޝަންސް ކޮމިޝަނުން މިފަދަ މެސެޖުތަކެއް ކުރަމުންދާތީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މިއީ އިންތިހާބުގެ ނަތީޖާ އޮޅުވާލުމަށް އީސީއިން ރާވައިގެން ހިންގާ ކަމެކެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް

28 ފެބުރުއަރީ 2017
އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް
20 ފެބުރުއަރީ 2017

ބައެއް އިލްމުވެރިން ފަތުވާ ނެރުއްވަނީ ފައިސާއަށް: އީސަ

20 ފެބުރުއަރީ 2017
 ބައެއް އިލްމުވެރިން ފަތުވާ ނެރުއްވަނީ ފައިސާއަށް: އީސަ
16 ފެބުރުއަރީ 2017

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

16 ފެބުރުއަރީ 2017
މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން
14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
10 ފެބުރުއަރީ 2017

އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ

10 ފެބުރުއަރީ 2017
އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ
08 ފެބުރުއަރީ 2017

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި
06 ފެބުރުއަރީ 2017

އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު

06 ފެބުރުއަރީ 2017
އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް