Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް މައުމޫން

ރައީސް މައުމޫނު ސިއްހީ ހާލުކޮޅުގެ މައްސަލަ އެޗްއާރްސީއެމްއަށް ހުށަހެޅި ނަމަވެސް ވީކަމެއް ހަރާމް: ވަކީލު ފައިސަލް

23 އޯގަސްޓު 2018 | ބުރާސްފަތި 10:38

އެޗްއާރްސީއެމްގެ މެންބަރުން ރައްޔިތުންގެ ފައިސާއިން ނަގާ މުސާރަ ހަލާލުވާ ވަރަށް މަސައްކަތް ކުރަންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 23 އޯގަސްޓު 2018 | ބުރާސްފަތި 10:38
ރައީސް މައުމޫނު އޭޑީކޭއިން ފަރުވާ ހޯއްދެވުމަށް ފަހު ވަޑައިގަންނަވަނީ

ރައީސް މައުމޫނު އޭޑީކޭއިން ފަރުވާ ހޯއްދެވުމަށް ފަހު ވަޑައިގަންނަވަނީ

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ސިއްހީ ހާލުކޮޅުގެ މައްސަލަ ތަކުރާރުކޮށް އެޗްއާރްސީއެމްއަށް ހުށަހެޅި ނަމަވެސް ވީކަމެއް ހަރާމް ކަމަށް އެމަނިކުފާނުގެ ދިފާއީ ވަކީލުންގެ ޓީމުގައި އިސްކޮން މަސައްކަތް ކުރައްވަމުން ގެންދަވާ މުހައްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫނުގެ ސިއްހީ ހާލުކޮޅާ މެދު ކަންބޮޑުވުންފާޅުކުރައްވައި ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް މައުމޫނުގެ ސިއްހީހާލުކޮޅުގެ މައްސަލަ އެޗްއާރްސީއެމަށް ތަކުރާރުކޮށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް އެޗްއާރްސީއެމުން މައްސަލަ ބަލަނީ ކަމަށް ބުނެ އޮއްބާލަނީ ކަމަށް ފައިސަލް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ފައިސަލް ވިދާޅުވީ ރައީސް މައުމޫނު ޖަލުގައި ބާއްވައިގެން އެކަށީގެންވާ ސިއްހީ ފަރުވާ ނުދެވޭނެ ކަމަށާއި، އެމަނިކުފާނުގެ ސިއްހީ ހާލުކޮޅާމެދު މިސަރުކާރުން އިހުމާލުވަމުން އަންނަ ކަމަށެވެ.

ރައީސް މައުމޫނުގެ ސިއްހީ ހާލުކޮޅު ދުވަހުން ދުވަހަށް ދަށްވަމުންދާކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ އެމަނިކުފާނަށް ވަކީލު ބައްދަލުވުމަށް ވެސް ވަޑައިގަނެވޭވަރު ނުވާ ކަމަށެވެ. އެހެންކަމުން ކަރެކްޝަނުން ރައީސް މައުމޫނަށް ފަރުވާ ދިނުމަށް ގެއަށް ބަދަލުކުރަންޖެހޭ ކަމަށް ފައިސަލް ވިދާޅުވިއެވެ.

މީގެ އިތުރަށް ފައިސަލް ވިދާޅުވީ އެޗްއާރްސީއެމްގެ މެންބަރުން ރައްޔިތުންގެ ފައިސާއިން ނަގާ މުސާރަ ހަލާލުވާ ވަރަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ރައީސް މައުމޫން ހާލުކޮޅު އިތުރަށް ގޯސްވުމާއި ގުޅިގެން އެމަނިކުފާނަށް ފަރުވާ ދިނުމަށް މާލެއިން މާފުށީ ޖަލަށް މިމަހު 21 ވަނަ ދުވަހު ޑޮކްޓަރަކު ވަނީ ގެންގޮސްފައެވެ.

ރައީސް މައުމޫންގެ އާއިލާއިން ބުނާ ގޮތުގައި، އެމަނިކުފާނަށް ވަނީ ވެއްޓިވަޑައިގަތުމުގެ އާލާސްކަންފުޅަކާ ކުރިމަތިވެފަ އެވެ. އެހެންވެ އެމަނިކުފާނު އެކަހެރިކޮށް ނުހުންނެވުމަށް ވެސް ޑޮކްޓަރުން މީގެކުރިން ލަފާ ދީފައެއެވެ.

ރައީސް މައުމޫން ހައްޔަރުކޮށް، ހުކުމެއް އިއްވާފައިވަނީ ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހިންގި ތަހުގީގަކަށްފަހުއެވެ. އެ އަމުރާ ގުޅިގެން އެމަނިކުފާނަށް ޓެރަރިޒަމްގެ ދައުވާ ވެސް ދައުލަތުން އުފުލާފައެވެ. އެ ދައުވާގެ އަޑުއެހުންތައް ކޯޓްގައި ތާވަލްކުރި ނަމަވެސް ވަނީ ކެންސަލްކޮށްފަ އެވެ. އަދި ހާލުކޮޅު ހުރިގޮތުން ރައީސް މައުމޫނުގެ ޝަރީއަތްތައް ޣައިރު ހާޒިރުގައި ކުރިއަށް ގެންދިޔުމަށްވެސް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

ސިއްހީ ހާލަތު ގޯސްވުމުގެ ސަބަބުން ރައީސް މައުމޫން ގެއަށް ބަދަލުކޮށް ދިނުމަށް އާއިލާއިން ކޯޓާއި ސަރުކާރުގައިވެސް އެދިފައިވެ އެވެ.

އެންމެ ހިނގާ

1

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

2

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

3

19 އަހަރުގެ ވެރިކަމަށް ފަހު ޔަހޫދީ ނަތަންޔާހޫގެ ސިޔާސީ ހަޔާތް ނިމުމަކަށް އަންނަނީތަ؟

4

އިންތިޚާބަށްފަހު އީރާނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަން ޓްރަމްޕް ގަލްފުގެ ޤައުމުތަކަށް އަންގަވައިފި

5

ގޭސް ހޮޅިތަކުގެ ތެރެއިން ވަދެ ރަޝިޔާ ސިފައިން ވަށައިލައި، ޔޫކްރެއިނުން ކުއްލި ހަމަލާތަކެއް ދީފި

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް