Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރިޔާސީ އިންތިޚާބު 2018

ގާނޫނު އަސާސީގެ ބޭރުން މިވެރިކަން ބަދަލުކުރަން ބޭނުންނަމަ މިހާރު އޮންނާނީ އެކަން ކާމިޔާބު ކޮށްފައި: އަލީ ޒާހިރު

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އެންމެހައި މެންބަރުންނަކީ ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރަން ބޭނުންވާ ބައެއް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 23 އޯގަސްޓު 2018 | ބުރާސްފަތި 01:27
އަދާލަތު ޕާޓީގެ ނައިބްރައީސް އަލްއުސްތާޛް އަލީ ޒާހިރު

އަދާލަތު ޕާޓީގެ ނައިބްރައީސް އަލްއުސްތާޛް އަލީ ޒާހިރު

ގާނޫނު އަސާސީއާއި ގާނޫނުން ބޭރުން މިވެރިކަން ބަދަލުކުރަން ބޭނުންނަމަ މިހާރު އޮންނާނީ އެކަން ކާމިޔާބުކޮށްފައި ކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނ. މިލަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އެންމެހައި މެންބަރުންނަކީ ހަމައާއި އިންސާފު ގާބޫލުކުރާ ބައެއް ކަމަށާއި، ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރަން ބޭނުންވާ ބައެއް ކަމަށެވެ.

Advertisement - newsAdvertisement

އަލީ ޒާހިރު ވިދާޅުވީ އިސްލާހަށް މަސައްކަތް ކުރުމަށް ނުކުތީ އަނިޔާވެރިކަން ހައްދުފަހަނައަޅާ ދިއުމުން ކަމަށާއި، ބޭނުންވަނީ ގާނޫނީ ހަމައާ އުސޫލުގެ ތެރެއިން ފޭރިގެންފައިވާ ހައްގުތައް އަބުރާ ހޯދަން ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންގެ މައްޗަށް ވެރިވެފައިވާ ނާމާންކަން ފޮހެލައިދީ އަމާންވެއްޓެއް ގާއިމް ކުރާނީ ގާނޫނު އަސާސީގެ ތެރެއިން ކަމަށެވެ.

އަލީ ޒާހިރު ވިދާޅުވީ ގާނޫނީ މިވެރިކަން ގާނޫނު އަސާސީގެ ބޭރުން ބަދަލުކުރުމަށް މަސައްކަތް ކުރިނަމަ މިހާރު ތިބޭނީ އެކަން ކޮށްގެން ކަމަށާއި، މިހާރު ރާއްޖޭގެ ރައީސަކަށް އަބްދުﷲ ޔާމިން ނުހުންނަވާނެ ކަމަށެވެ. އަލީ ޒާހިރު ވިދާޅުވީ ރައްޔިތުން ނުކުމެ ރައީސް ޔާމިންއާ ވެރިކަން ހަވާލުކުރީ އެމަނިކުފާނު ހިތްޕުޅަށް އަރައިވަޑައިގެންނެވި ގޮތަކަށް ވެރިކަން ކުރައްވަން ނޫން ކަމަށާއި، ގާނޫނުގައި ވާގޮތަށް ވެރިކަން ނުކުރެވޭނެ ނަމަ އަމިއްލައަށް އިސްތިއުފާ ދެއްވަންޖެހޭ ކަމަށެވެ. ރައީސް ޔާމިނަށް ވެރިކަމުގައި ހުންނަވަން އެއްވެސް ރައްޔިތަކު މަޖުބޫރު ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހިތު ހުރިހާ ގޮތަކަށް ވެރިކަން ކުރާކަށް ހަވާލެއް ނުކުރަމޭ. ވަރަށް ގިނައިން ވިދާޅުވާނެ ކިހިނެތްހޭ ތިމަންނަ މިކުރަނީ. ދެން ނުކުރެވެންޏާ ދާންވީނުންތޯ. އިސްތިއުފާ ދެއްވާ. ވަޑައިގަންނަވާ. އަޅުގަނޑުމެންގެ މައްޗައް ވެރިކަން ކުރަންވާނީ އަޅުގަނޑުމެން އެވެރިކަން ކުރުމަށްޓަކައި ހަވާލުކުރި ގޮތަށް. އެއީ ގާނޫނު އަސާސީއާ ގާނޫނުތަކުގައި އޮތްގޮތަށް. އޭގެ ބޭރުން ކަންކުރާ ނަމަ އޭތި ބަލައެއް ނުގަންނާނަން. އަދި އޭގެ އެތެރެން ކަންނުކުރޭ ކަމަށްވާނަމަ ވަޑައިގަންނަވަންވީ. އެއްވެސް މީހަކު މަޖުބޫރެއް ނުކުރޭ މަނިކުފާނަކަށް. ހަމަ މިހާރުން މިހާރަށް އިސްތިއުފާ ދެއްވުމަށް އަޅުގަނޑު ގޮވާލަން." އަލީ ޒާހިރު ވިދާޅުވިއެވެ.

އަލީ ޒާހިރު ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާސީ ހިމާޔަތް ކުރުމަށް މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް ވޯޓުދޭން ޖެހޭ ކަމަށާއި، އެމަނިކުފާނަކީ ރައްޔިތުންގެ އިހުސާސްތަކާއި އެއްގޮތަށް ވެރިކަން ކުރައްވާނެ ބޭފުޅެއް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
މިސަރުކާރު އައި ފަހުން ބޭރުން އައި އިންވެސްޓްމަންޓެއް ނެތް، ކުރެވުނު އާ ކަމެއް ނެތް: ނިޒާރު

މިސަރުކާރު އައި ފަހުން ބޭރުން އައި އިންވެސްޓްމަންޓެއް ނެތް، ކުރެވުނު އާ ކަމެއް ނެތް: ނިޒާރު

11 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017
ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ

ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ

07 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

3 ޖޫން
ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.
20251 އަހަރު ކުރިން
އިސްލާމް

ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"
20233 އަހަރު ކުރިން
ރިޕޯޓު

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ
20224 އަހަރު ކުރިން
ރާއްޖެ

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ
20215 އަހަރު ކުރިން
ދުނިޔެ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި
20197 އަހަރު ކުރިން
ރިޕޯޓު

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ
20188 އަހަރު ކުރިން
ސިއްހަތު

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު