Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހދ ކުޅުދުއްފުށި

ކުޅުދުއްފުށީ ޕޭވްމަންޓުން ގައު ނައްޓައިގެން ޕީޕީއެމުން ދިދަ ޖަހާތީ ކައުންސިލުން ކަންބޮޑުވުންފާޅުކޮށްފި

21 އޯގަސްޓު 2018 | އަންގާރަ 08:02

ރައީސް ޔާމިން އެރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވާތީ ފީޕީއެމްގެ ސަޕޯޓަރުން އަންނަނީ ކައުންސިލްގެ ގަވާއިދާ ހިލާފަށް އަމަލުކުރަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 21 އޯގަސްޓު 2018 | އަންގާރަ 08:02
ކުޅުދުއްފުށީ ބަނދަރުގައި ދިދިތައް ޖަހާފައި: ފޮޓޯ ކުދުއްފުށި އޮންލައިން

ކުޅުދުއްފުށީ ބަނދަރުގައި ދިދިތައް ޖަހާފައި: ފޮޓޯ ކުދުއްފުށި އޮންލައިން

ރައީސް އަބުދުﷲ ޔާމީން ހދ.ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވާތީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ބަނދަރު ސަރަހައްދުގައި ގަވާއިދާ ހިލާފަށް ދިދަ ދަނޑި ޖަހަމުންދާތީ ކައުންސިލުން ކަންބޮޑުވުންފާޅުކޮށްފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން ކުޅުދުއްފުށީގެ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވީ މިމަހުގެ 22 ވަނަ ދުވަހު ރައީސް ޔާމިން އެރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވާތީ ފީޕީއެމްގެ ސަޕޯޓަރުން ކައުންސިލްގެ ގަވާއިދާ ހިލާފަށް އަމަލުކުރަމުންދާ ކަމަށާއި، މިއީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

Advertisement - newsAdvertisement

އަބްދުއްލަތީފް ވިދާޅުވީ ބަނދަރު ސަރަހައްދުގައި ދިދަ ދަނޑި ޖަހަމުންދަނީ ޕޭވްމަންޓްގެ ގައުތައް ނަގައި ކަނޑައިގެން ކަމަށާއި، ޕޭމަންޓްގެ ގައުނެގުމަކީ ކައުންސިލުން ފާސްކޮށްފައިވާ ގަވާއިދަކުން މަނާކޮށްފައިވާ ކަމެއް ކަމަށެވެ. މި ދިދަ ހޮޅިދަނޑިތަކުގައި ގައުމީ ކުލަތަކުގެ ފޮތި ހަރުކޮށްފައި ހުރިއިރު މަގުމައްޗަށް އަލިކުރަން ހަރުކޮށްފައި ހުރި ހޮޅިދަނޑިތަކުގައި ވެސް ފޮތި ދަމާފައިވާ ކަމަށާއި، އެއީ ވެސް މަނާ ކަމެއް ކަމަށް އޭނަ ވިދާޅުވިއެވެ.

އަބްދުއްލަތީފު ވިދާޅުވީ ޒަމާނީ ފެންވަރަށް މަގުތައް ތަރައްގީ ކުރަން ފެށުމާއެކު ކުރީގެ ކައުންސިލުން އަމަލުކުރާނެ ގަވާއިދެއް ހަދާފައިވާ ކަމަށާއި، އެގަވާއިދަކީ ކަމާބެހޭ މުއައްސަސާތަކާއެކު މަޝްވަރާ ކުރުމަށްފަހު ފާސްކޮށްފައިވާ އެއްޗެއް ކަމަށެވެ. އަދި މިހުރިހާ ދުވަހު އައީ މިގަވާއިދުގެ ދަށުން އަމަލުކުރަމުން ކަމަށް އޭނަ ވިދާޅުވިއެވެ.

"އާންމު ފަރާތަކުން ދޭން ބުންޏަސް އެގޮތަށް ގާތަށް ކޮނެ ނަގާކަށް ހުއްދައެއް ނުދެން. ކައިވެނި ޕާޓީތަކާއި އެނޫން ވެސް ހަފްލާތައް ބާއްވަންވެގެން ހުއްދައަށް އެދޭނެ. ރަށުގެ މަގުތައް ރީތިކޮށް ބޭއްވުމަށް ކައުންސިލުން ނިންމާފަ އޮތް ވަރަށް މުހިންމު ނިންމުމެއް މިއީ" އަބްދުއްލަތީފު ވިދާޅުވިއެވެ.

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ކުޅުދުއްފުއްޓަށް ވަޑައިގެން ދުވަހު ކަންތައްތައް ހިނގައިދިޔަ ގޮތްތަކަށް އަލިއަޅުއްވައި ލައްވަމުން އަބްދުލްލަތީފު ވިދާޅުވީ އެދުވަހު އިދިކޮޅު ފަރާތްތަކުން ގަވާއިދާ ހިލާފު އެއްވެސް އަމަލެއް ހިންގާފައި ނުވާ ކަމަށެވެ. އަދި ޖަލްސާ ވެސް ބޭއްވީ އެކަމަށް ކައުންސިލުން ދިން ސަރަހައްދުގައި ކަމަށް އޭނަ ވިދާޅުވިއެވެ.

ނަމަވެސް މިއާ ހިލާފަށް ރައީސް ޔާމިނަށް ތާއިދުކުރައްވާ ފަރާތްތަކުން ގަވާއިދާއި ހިލާފަށް އަމަލުކުރަމުންދާތީ އާންމު ރައްޔިތުންގެ ޝަކުވާބޮޑުކަން ފާހަގަކުރައްވައި އަބްދުއްލަތީފު ވިދާޅުވީ ފުލުހުންނަށް މައްސަލަ ހުށަހެޅި ނަމަވެސް ހައްލު ނުލިބޭ ކަމަށެވެ. ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށް ބުނެ އެކަން ނުހުއްޓުވޭނެކަމަށް ފުލުހުން ބުނެފައިވާކަމަށް އަބުދުލްލަތީފް ވިދާޅުވިއެވެ.

"ފުލުހުންނަކީ ޔުނީފޯމެއްލާފައި ގާނޫނާއި ގަވާއިދު ތަންފީޒު ކުރަން ތިބޭ ބައެއް. އެކަމަކު އެމީހުންނަށް ވެސް މިކަން ނުވި.ރައްޔިތުންނަށް މިދެނީ ވަރަށް ނުބައި މެސެޖެއް ނުންތޯ. ގަވާއިދު މިހިނގަނީ ނިކަމަތި މީހާއަށް. ބާރު ހުރި މީހުންނަށް އެއްވެސް އެއްޗެއް ދެން ނެތް. އެއުސޫލު ތެދެއްތޯ މިއީ" އަބްދުލްލަތީފު ވިދާޅުވިއެވެ.

އަބްދުލްލަތީފު ވިދާޅުވީ ބަނދަރުގެ ޕޭވްމަންޓަށް ވެހިކަލެއް އަރުވައިފިނަމަ އެ ރައްޔިތުން ފުލުހުން ޖޫރިމަނާކުރާއިރު މިފަދަ ކަންކަން ކައުންސިލުން އެދުމުންވެސް ފުލުހުން ނުހުއްޓުވުމުން ހިތާމަކުރާކަމަށެވެ. މިކަން ހުއްޓުވުމަށް ފުލުހުން ނުކުޅެދުމުން ގިނަ ރައްޔިތުންތަކެއްގެ ފާޑުކިޔުން ފުލުހުންނަން އަމާޒުވެފައިވާ ކަމަށް ވެސް އޭނަ ވިދާޅުވިއެވެ.

މީގެއިތުރުން އަބްދުލްލަތީފު ވިދާޅުވީ ރައީސް ޔާމިން އެރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވާތީ މަރުހަބާ ދެންނެވުމުގެ ކަންކަމަށް ކައުންސިލުން ވެސް ފުރިހަމަ އެއްބާރުލުންދޭ ކަމަށާއި، ކައުންސިލްގެ ވަސީލަތްތައް މިހަރަކާތްތަކަށް ދޫކުރަމުންދާ ކަމަށެވެ. ނަމަވެސް ގަވާއިދާ ހިލާފަށް ކުރާ ކަންކަމަށް އެއްބާރުލުން ނުދެވޭނެ ކަމަށް އޭނަ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ހޯމް މިނިސްޓްރީން 10،000 ގައުމީ ދިހަ ހޯދުމަށް އިއުލާނުކޮށްފި

12 ފެބުރުއަރީ 2017
ހޯމް މިނިސްޓްރީން 10،000 ގައުމީ ދިހަ ހޯދުމަށް އިއުލާނުކޮށްފި
07 ފެބުރުއަރީ 2017

ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ

07 ފެބުރުއަރީ 2017
ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
02 ފެބުރުއަރީ 2017

ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި

02 ފެބުރުއަރީ 2017
ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
27 ޖެނުއަރީ 2017

މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

27 ޖެނުއަރީ 2017
މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން
23 ޖެނުއަރީ 2017

ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ

23 ޖެނުއަރީ 2017
ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް