Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނަރުހުންގެ މުސާރަ

ނަރުހުންގެ މުސާރައިގެ 15 ޕަސެންޓް ބޮޑުކޮށްފި

1 އޮގަސްޓްއިން ފެށިގެން ނަރުހުންގެ ވަޒީފާގެ އާ އޮނިގަނޑަށް ވަނީ ބަދަލުގެނެސްފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 20 އޯގަސްޓު 2018 | ހޯމަ 07:53
ނަރުހުންގެ މުނާސަބަތުގައި ބޭއްވި ޖަލްސާއެއްގައި ނަރުހުންތަކެއް. ނަރުހުންގެ މުސާރައިގެ 15 ޕަސެންޓް ވަނީ ބޮޑު ކޮށްފައި

ނަރުހުންގެ މުނާސަބަތުގައި ބޭއްވި ޖަލްސާއެއްގައި ނަރުހުންތަކެއް. ނަރުހުންގެ މުސާރައިގެ 15 ޕަސެންޓް ވަނީ ބޮޑު ކޮށްފައި

ނަރުހުންގެ މުސާރައިގެ އޮނިގަނޑު އެކުލަވާލައި މުސާރައިގެ 15 ޕަސެންޓް ބޮޑުކޮށްފި އެވެ.

ހެލްތު މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ 1 އޮގަސްޓްއިން ފެށިގެން ނަރުހުންގެ ވަޒީފާގެ އާ އޮނިގަނޑަށް ބަދަލު ގެނެސްފައިވާކަމަށެވެ. އަދި ސިއްހީ ދާއިރާގެ ހިދުމަތްތައް ފުޅާވެގެންދާއިރު ނަރުހުންގެ ހިދުމަތަކީ ކުރިއަރާދިޔުމަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ހިދުމަތަކަށްވުމާއި އެކު، ކުރިން އަމަލު ކުރަމުންދިޔަ ނަރުހުންގެ ވަޒީފާގެ އޮނިގަނޑާ ހިލާފަށް އަލަށް އޮނިގަނޑެއް އެކުލަވާލާފައިވެއެވެ.

އެ އޮނިގަނޑު އެކުލަވާލާފައިވަނީ:

  1. މުވައްޒަފުގެ ތައުލީމާ މަސައްކަތުގެ ފެންވަރަށް ބަލައިގެން ކޮންމެ ދެ އަހަރަކުން ކުރިއެރުން ދެވޭ ގޮތައް
  2. ނާރސިންގެ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުުރުމުން އެ ދާއިރާއިން ކުރިއަރައިގެން ދިޔުމަށް (ކެރިއަރ ޕާރތު) މަގު ފަހިކޮށްދިނުން
  3. ނަރުހުންގެ ދާއިރާއިން ހާއްސަ ނަރުހުން (ސްޕެޝަލައިޒްޑް ނަރުހުން) ހިދުމަތުގެ ތެރެއަށް ތައާރަފް ވެގެން ދާނެ ގޮތައް
  4. އާއްމު އަދި ހާއްސަ ދާއިރާތަކުން މަގާމުގެ ކުރިއެރުން ލިބޭ ގޮތައް

ހެލްތު މިނިސްޓްރީން ބުނީ ނަރުހުންގެ އާ އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތް ކޮށްފައިވަނީ ސިވިލް ސަރވިސް ކޮމިޝަނާއި އައިޖީއެމް ހޮސްޕިޓަލާއި، މޯލްޑިވްސް ނަރސިންގެ އެންޑް މިޑްވައިފާރީ ކައުންސިލާއި، ކަމާއި ގުޅުން ހުރި ޓެކްނިކަލް ފަރާތްތަކުން އަދި އެހެނިހެން އިދާރާތަކުން ދެއްވި އިރުޝާދު ތަކުގެ މައްޗަށް ބަލާފައިކަމަށެވެ. މި އޮނިގަނޑުގެ ސަބަބުން ނަރުހުން މަތީތައުލީމް ހާސިލްކުރުމަށް ޝައުގުވެރިވެ ހިތްވަރު ލިބިގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ނަރުހުންގެ އާ އޮނިގަނޑު ތަންފީޒުކުރަން ފެށުމާ އެކު ނަރުހުންށް ބޭނުންވާ ހާއްސަ ތަމްރީން ޕްރޮގްރާމްތަކަށް މަގުފަހި ކުރުމަށް އިތުރު ފުރުސަތު އެ މިނިސްޓްރީގެ ފަރާތުން ހުޅުވާލާނެ ކަމެވެ.

އިތުރަށް ކިޔާލަން

03 ސެޕްޓެމްބަރު 2017

ކޯޓުތަކުން އިންސާފުން ކަންކަން ކުރާ ކަމަށް ގައުމުގެ އެއް ޕަސެންޓް މީހުންވެސް ގަބޫލެއް ނުކުރާނެ: ޑރ ޖަމީލު

03 ސެޕްޓެމްބަރު 2017
ކޯޓުތަކުން އިންސާފުން ކަންކަން ކުރާ ކަމަށް ގައުމުގެ އެއް ޕަސެންޓް މީހުންވެސް ގަބޫލެއް ނުކުރާނެ: ޑރ ޖަމީލު
12 ޖުލައި 2017

އެމްޕީއާރުސީއަށް ލިބުނު ފައިސާގެ 80 ޕަސެންޓް ދިނީ ސީދާ ރައީސް ޔާމީނަށްކަމަށް ޒިޔަތު ވިދާޅުވި: އަދީބު

12 ޖުލައި 2017
އެމްޕީއާރުސީއަށް ލިބުނު ފައިސާގެ 80 ޕަސެންޓް ދިނީ ސީދާ ރައީސް ޔާމީނަށްކަމަށް ޒިޔަތު ވިދާޅުވި: އަދީބު
11 ޖޫން 2017

ތެލުގެ ޑިއުޓީން ފަސް ޕަސެންޓް ދަށްކުރުމަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވައިފި

11 ޖޫން 2017
ތެލުގެ ޑިއުޓީން ފަސް ޕަސެންޓް ދަށްކުރުމަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވައިފި
31 މެއި 2017

ރާއްޖޭގެ 81 ޕަސެންޓް މީހުން މަރުވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ޖެހޭ ބަލިތަކުގައި: މިނިސްޓަރު

31 މެއި 2017
ރާއްޖޭގެ 81 ޕަސެންޓް މީހުން މަރުވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ޖެހޭ ބަލިތަކުގައި: މިނިސްޓަރު
29 މެއި 2017

ރާއްޖޭގެ ރަށެއްގައި 70 ޕަސެންޓް މީހުން ރޯދަ ނުހިފާ ކަމަށް ވިދާޅުވީ ޝެއިހް ޒައިދުއަށް މިނިސްޓްރީން ނަސޭހަތް ދީފި

29 މެއި 2017
ރާއްޖޭގެ ރަށެއްގައި 70 ޕަސެންޓް މީހުން ރޯދަ ނުހިފާ ކަމަށް ވިދާޅުވީ ޝެއިހް ޒައިދުއަށް މިނިސްޓްރީން ނަސޭހަތް ދީފި
16 މެއި 2017

ވޯޓް ހައްގުވާ 66 ޕަސެންޓް ވޯޓްލި، 116 ޝައުވާ ހުށަހެޅުނު: އިލެކްޝަންސް ކޮމިޝަން

16 މެއި 2017
ވޯޓް ހައްގުވާ 66 ޕަސެންޓް ވޯޓްލި، 116 ޝައުވާ ހުށަހެޅުނު: އިލެކްޝަންސް ކޮމިޝަން
15 އެޕްރީލު 2017

ރައީސް ޔާމީނަށް ކެރިވަޑައިގަންނަވާނަމަ އިސްތިއުފާ ދެއްވާފަ ކުރިމަތިލައްވާ، އެއް ޕަސެންޓްވެސް ނުލިބޭނެ: ޑރ ޑީޑީ

15 އެޕްރީލު 2017
ރައީސް ޔާމީނަށް ކެރިވަޑައިގަންނަވާނަމަ އިސްތިއުފާ ދެއްވާފަ ކުރިމަތިލައްވާ، އެއް ޕަސެންޓްވެސް ނުލިބޭނެ: ޑރ ޑީޑީ
09 އެޕްރީލު 2017

އިންސާފެވެރި އިންތިޚާބެއް ބާއްވައިފިނަމަ 3 ޕަސެންޓްވެސް ރައީސް ޔާމީނަށް ނުލިބޭނެ: ނާޒިމް

09 އެޕްރީލު 2017
އިންސާފެވެރި އިންތިޚާބެއް ބާއްވައިފިނަމަ 3 ޕަސެންޓްވެސް ރައީސް ޔާމީނަށް ނުލިބޭނެ: ނާޒިމް
02 މާރިޗު 2017

ސިނގިރެޓާއި އެނާޖީ ޑްރިންކްގެ ޑިއުޓީ ބޮޑުކޮށްފި

02 މާރިޗު 2017
ސިނގިރެޓާއި އެނާޖީ ޑްރިންކްގެ ޑިއުޓީ ބޮޑުކޮށްފި
01 މާރިޗު 2017

ދުންފަތާއި އެނާޖީ ޑްރިންކްގެ ޑިއުޓީން 5 ޕަސެންޓް ހޭލުންތެރިކަމުގެ ހަރަކާތްތަކަށް ކަނޑައަޅާން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި

01 މާރިޗު 2017
ދުންފަތާއި އެނާޖީ ޑްރިންކްގެ ޑިއުޓީން 5 ޕަސެންޓް ހޭލުންތެރިކަމުގެ ހަރަކާތްތަކަށް ކަނޑައަޅާން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު