Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަދުލްއިންސާފު ގާއިމް ކުރުން

ކޯޓުތަކުން އިންސާފުން ކަންކަން ކުރާ ކަމަށް ގައުމުގެ އެއް ޕަސެންޓް މީހުންވެސް ގަބޫލެއް ނުކުރާނެ: ޑރ ޖަމީލު

ރާއްޖޭގެ ކޯޓުތަކަށް ރައްޔިތުން މިހާރު އިތުބާރެއް ނުކުރޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 3 ސެޕްޓެމްބަރު 2017 | އާދީއްތަ 18:13
ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު

ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު

ރާއްޖޭގެ ކޯޓުތަކުން ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު ނިންމުންތައް ނިންމާނެ ކަމަށް ގަބޫލު ކުރާނެ އާބާދީގެ އެއް ޕަސެންޓް ރައްޔިތުންވެސް ނޫޅޭނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ 60 މިނެޓްގައި ވާހަކަ ދައްކަވަމުން ޑރ ޖަމީލު ވިދާޅުވީ، ޒަމާނުއްސުރެ ރާއްޖޭގައި ވެސް ފަނޑިޔާރުންނަކީ މިނިވަންކަމާއެކު ތަފާތު ކުރުމެއް ނެތި އަދުލްއިންސާފު ގާއިމް ކުރުމަށް ތިބޭ ބަޔަކަށްވާއިރު މިއަދު އެކަން ގިނަ ރައްޔިތުން ގަބޫލު ނުކުރާ ކަމަށެވެ. އަދި ރައްޔިތުން މިއަދު ހަމަހަމަކަމާ އެކު ކޯޓުތަކުން އިންސާފު ގާއިމް ކޮށްދޭ ކަމަށް އެއްވެސް ސިފައެެއްގައި ގަބޫލު ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

" ދުނިޔޭގެ ތަހުޒީމީ މުޖުތަމައުގައި ވެސް އެނމެ ނިކަމެތި މީހާވެސް ނުވަތަ އެންމެ މުއްސަނދި މީހާވެސް ޝަރުއީގެއަށް މައްސަލައެއް ހިފައިގެންދާނީ، އިންސާފުވެރިކަމާ އެކު މައްސަލަ ނިންމާނެ ކަމަށް ގަބޫލުކޮށްގެން." ޖަމީލު ވިދާޅުވި އެވެ.

ޖަމީލު ވިދާޅުވީ، ފަނޑިޔާރުންނަކީ ތެދުވެރިކަމާ އަމާނާތްތެރިކަމާ އެކު މަސައްކަތް ކުރަންޖެހޭ ބައެއް ކަން އަވަށްޓެރި ގައުމުތަކުން ވެސް ފެންނަމުންދާ ކަމަށެވެ. އެގޮތުން ދާދިފަހުން، ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފު ވެރިކަމުން ވަކި ކުރި މައްސަލައާއި އިންޑިޔާގެ ދީނީ ލީޑަރަކާމެދު އިންޑިޔާގެ ކޯޓަކުން ނިންމި ނިންމުންތައް ޑރ ޖަމީލު ފާހަގަކުރެއްވި އެވެ.

މިއަދު މިގައުމުން ފެނިގެންދަނީ، ކިރިޔާވެސް ސަރުކާރު ހިންގާ، މީހުންނާ ދެކޮޅަށް ވާހަކަ ދައްކާ މީހުންގެ އަނގަބަންދު ކުރާ މަންޒަރުކަމަށް ވިދާޅުވިއެވެ.. ގާނޫނީ ގޮތުން ކަށަވަރުކޮށްދޭ ހިޔާލުފާޅުކުރުމުގެ ފުރުސަތުތައް މި ސަރުކާރުން ހަނިކުރުމުންދާ ކަމަށް ޖަމީލު ވިދާޅުވި އެވެ. އަދި ސިޔާސީ އިސް ލީޑަރުންގެ އަނގަ ބަންދު ކުރުމަށް، ގޮޅިތަކަށް އެފަދަ ފަރާތްތައް ލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. ހިޔާލު ފާޅުކުރާ ފަރާތްތަކަށް ގާނޫނީ ރައްކާތެރިކަމެއް މިއަދު ނެތް ކަމަށް ޑރ ޖަމީލު ވިދާޅުވި އެވެ.

ޑރ ޖަމީލު ވިދާޅުވީ، ގައުމެއް ގައުމަކަށް ވަނީ ވަކި ކަހަލަ ރުކުންތަކެއް ހަމަވެގެންކަމަށާއި ރައްޔިތުންނަށް އަދުލްވެރި އިންސާފުވެރި ނިންމުންތަކެއް ނިންމައިދީ، ހައްގުތައް ރައްކާތެރިކޮށް،މިނިވަންކަމާ އެކު ޝަރުއީ ކޯޓުތަކުން މަސައްކަތްކޮށްގެން ނޫނީ، ގައުމެއްގެ ރުކުންތައް އެންމެ ފުރިހަމަ ނުވާނެ ކަމަށެެވެ.

ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން އެމީހުން ކުރަނީ ގައުމިއްޔަތުގެ މަސައްކަތް ކަމުގައި ބުނި ނަމަވެސް ފެނިގެންދަނީ ކިރިޔާވެސް ސަރުކާރާ އިދިކޮޅަށް އެއްޗެއް ބުނާ މީހަކާ މެދު ފިޔަަވަޅު އަޅާ މަންޒަރު ކަމަށް ޖަމީލު ވިދާޅުވި އެވެ.

" ލަސްތަކެއް ނުވެ ގާނޫނާ ހިލާފުވާ ފަރާތްތަކާ ހަމައަށް ގަނޫނު އަރާ ހަމަކުރާނެ. މިއީ ތާރީހުވެސް ހެކިވާނެ ކަމެއް. ނުބައިކޮށް ކަންތައްތައް ކުރާ ފަރާތްތަކާ ހަމައަށް އެކަމުގެ ހިތި ނަތީޖާ ފެނިގެންދާނެ." ޑރ ޖަމީލު ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

06 މާރިޗު 2017

އިލެކްޝަން ކޮމިޝަނުން ނާއިންސާފުން ކުރާކަންކަން ހާމަކުރާނީ އިއްތިހާދުން: ޝިފާ

06 މާރިޗު 2017
އިލެކްޝަން ކޮމިޝަނުން ނާއިންސާފުން ކުރާކަންކަން ހާމަކުރާނީ އިއްތިހާދުން: ޝިފާ
01 މާރިޗު 2017

ދުންފަތާއި އެނާޖީ ޑްރިންކްގެ ޑިއުޓީން 5 ޕަސެންޓް ހޭލުންތެރިކަމުގެ ހަރަކާތްތަކަށް ކަނޑައަޅާން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި

01 މާރިޗު 2017
ދުންފަތާއި އެނާޖީ ޑްރިންކްގެ ޑިއުޓީން 5 ޕަސެންޓް ހޭލުންތެރިކަމުގެ ހަރަކާތްތަކަށް ކަނޑައަޅާން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި
01 މާރިޗު 2017

ސައުދީ އަރަބިއްޔާ ސިޔާދަތަށް އުނިކަން އަންނަ ފަދަ ކަންކަން ރާއްޖޭގައި ރާވަމުންދާ ކަމަށް ފުލުހުން އިޝާރާތްކޮށްފި

01 މާރިޗު 2017
ސައުދީ އަރަބިއްޔާ ސިޔާދަތަށް އުނިކަން އަންނަ ފަދަ ކަންކަން ރާއްޖޭގައި ރާވަމުންދާ ކަމަށް ފުލުހުން އިޝާރާތްކޮށްފި
20 ފެބުރުއަރީ 2017

ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

20 ފެބުރުއަރީ 2017
ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި
20 ފެބުރުއަރީ 2017

ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

20 ފެބުރުއަރީ 2017
ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް
07 ފެބުރުއަރީ 2017

ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ

07 ފެބުރުއަރީ 2017
ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު