Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނޯ ޓޮބޭކޯ ޑޭ

ރާއްޖޭގެ 81 ޕަސެންޓް މީހުން މަރުވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ޖެހޭ ބަލިތަކުގައި: މިނިސްޓަރު

ކޮންމެ އަހަރަކު ދިވެހިންގެ އަތުން 1.1 ބިލިއަން ރުފިޔާ ސިނގެރެޓަށް ޚަރަދުވޭ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 31 މެއި 2017 | ބުދަ 11:26
ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހިމް

ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހިމް

ރާއްޖޭގެ 81 ޕަސެންޓް މީހުން މަރުވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ޖެހޭ ބަލިތަކުގެ ސަބަބުން ކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއެޖެއެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ހެލްތު މިނިސްޓަރު ނާޒިމް ދެއްވި ޚިތާބުގައި ސްޓްރޯކް ޖެހުމާއި، ހިތް ހުއްޓުމާއި، ނޭވާލާ ނިޒާމުގެ ބޮޑެތި ބަލިތަކާއި ކެންސަރުގެ ގިނަ ވައްތަރުތައް ޖެހެނީ ދުންފަތުގެ ސަބަބުން ކަމަށެވެ. އަހަރަކު 462 މިލއަން ސިނގިރޭޓް ރާއްޖެއަށް އެތެރެކުރާއިރު މިކަމަށް ދިވެހިންގެ އަތުން 1.1 ބިލިއަން ރުފިޔާ ޚަރަދުވާކަން ނާޒިމް ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

އެހެން ކަމުން ފުރާވަރުކުދިންނާއި ޒުވާނުން ދުންފަތް ބޭނުން ނުކުރުމަށް ހޭލުންތެރިވެ ދުންފަތުގެ އިސްތިޢުމާލުކުރުމުގެ މައްސަލަ އާއި އަދި ދުންފަތް ކޮންޓްރޯލް ކުރުމާ މެދު މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީ، ދުންފަތުގެ ބާވަތްތައް އުފައްދާ ޤައުމެއްކަމަށް ނުވިއަސް ދުންފަތް އެތެރެކޮށް ބޭނުންކުރާ ޤައުމެއްކަމަށް ވާއިރު ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރިން ބޮޑު ނަފާއެއް ލިބެމުންދަނީ ހަމަ އެކަނި ދުންފަތުގެ ބާވަތްތައް އެތެރެކޮށް ވިއްކާ މައިގަނޑު މަދު ވިޔަފާރިތަކަކަށް ކަމަށް މިނސްޓަރ ނާޒިމް ވިދާޅުވިއެވެ. އެހެންކަމުން ނާޒިމް ވިދާޅުވީ މިކަމާ ވަރަށް ހޭލުންތެރިވެ ދުންފަތުގެ އިސްތިޢުމާލުކުރުމުގެ މައްސަލައާއި އަދި ދުންފަތް ކޮންޓްރޯލް ކުރުމާ މެދު ވަރަށް ފުންކޮށް ވިސްނަން ޖެހޭކަމަށެވެ.

ދުންފަތުގެ ޝިކާރައަކަށްވެ އަދި އެ ޢަމަލުކުރުމުގައި ދެމިހުރެ މިހުރިހާ ގެއްލުމެއް ލިބުމަކީ، އެއްވެސް މީހަކަށް އޮތް ހައްގެއް ކަމަށް ނުވާއިރު އަދި އެ ގެއްލުން ތިމާގެ ސަބަބުން މުޖްތަމައުގެ އެހެން މީހުންނަށް ފޯރުކޮށްދިނުމަކީ ވެސް ލިބިގެންވާ ހައްގެއް ނޫން ކަމަށް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ހޯދާ ލިބިގަންނަންވީ ޙައްޤަކީ ދުންފަތުގެ ވަބާއިން ތިމއާއި އާއިލާ އާއި ޤައުމު ސަލާމަތްވެ އޮތުމުގެ ޙައްޤު ކަމަށާއި މިއީ އަޅުގަނޑުމެން ވަކިފަރުދެއްގެ ހައިސިއްޔަތުން އަދި ޤައުމެއްގެ ފެންވަރުގައިވެސް ފިކުރުކުރަންޖެހޭ މުހިއްމު ކަމެއް ކަމަށެވެ.

މިނިސްޓަރު ނާޒިމް ވިދާޅުވީ ދުންފަތަށް ދެވިހިފާފައިވާ ފަރާތްތައް އެކަމުން ސަލާމަތް ކުރުމަށްޓަކައި ދޭންޖެހޭ ފަރުވާ މިހާރު ރާއްޖޭގެ ހުރިހާ ހިސާބަކުން ލިބޭނޭ ގޮތް ހަމަޖެހިފައިވާ ކަމަށާއި ދުންފަތުން ނެގޭ ޓެކްސް އިތުރުކޮށް އަގުތައް ބޮޑުކޮށްފައިވާ ކަމަށެވެ. އަދި ދުންފަތުގެ އުފެއްދުންތައް ބަންދު ކުރެވިފައި ހުންނަ ފޮށީގެ ބޭރުގައި މަންޒަރުޖަހައިގެންދެވޭ، ގްރެފިކް ހެލްތު ވޯރނިންގ މެސެޖްތައް ވަރަށް އަވަހަށް ތަޢާރަފު ކުރެވި، ރާއްޖެއަށް އަލަށް ތަޢާރަފް ވަމުންދާ އީ ސިގިރޭޓާއި، ޝީޝާ އަދި ވޭޕިނގް ފަދަ ތަކެތި ކޮންޓްރޯލް ކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.

އެންމެހާ މައިންބަފައިނާއި މުދައްރިސުންނާއި ސިޔާސީ ފަރާތްތަކާއި މުއައްސަސާތަކުގެ ވެރިންނާއި ޤައުމުދެކެ ލޯބިވާ އެންމެހާ ފަރާތްތަކާއި ފުރާވަރު ކުދިންނާއި، ޒުވާނުން އަދި ޤައުމުގެ މަސައްކަތްކުރާ އުމުރުފުރާގެ ގިނަ ބަޔަކު ދުންފަތުގެ ވިހަ ދުމަށް ހުށަހެޅި، އެމީހުންނާއި ޤައުމުގެ މުސްތަޤްބަލް ބަނަވެގެންދާތަން ބަލަން އެއްވެސް ކަމެއް ނުކޮށް ތިބުމަކީ އެކަކަށް ވެސް އޮތް އިޚްތިޔާރެއް ކަމުގައި ޤަބޫލުފުޅު ނުކުރެއްވުމަށް މިނިސްޓަރު ވަނީ ގޮވާލައްވާފައެވެ.

ޒުވާން ޖީލު ދުންފަތުގެ ވަބާއިން ރައްކާތެރިނުކުރެވޭ ނަމަ ގައުމުގެ ތަރައްޤީއަށް އެތައް ގޮންޖެހުންތަކެއް ކުރިމަތި ވަމުން ދާނެކަން ގަބޫލުކުރަންޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު

ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު

26 ފެބުރުއަރީ 2017
ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު

ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު

24 ފެބުރުއަރީ 2017
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު