Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑިއުޓީ ބޮޑުކުރުން

ސިނގިރެޓާއި އެނާޖީ ޑްރިންކްގެ ޑިއުޓީ ބޮޑުކޮށްފި

މިއަދުން ފެށިގެން އެގާނޫނަށް އަމަލުކުރަންފެށި، ރާއްޖެ އެތެރެކުރާ އެ ބާވަތްތަކުން ވަނީ ޑިއުޓީ ބޮޑުކޮށްފަ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 2 މާރިޗު 2017 | ބުރާސްފަތި 18:46
އިގްތިޞާދީ ކޮމެޓީން ބޭއްވި ބައްދަލުވުމުގައި އެޗްޕީއޭ އާއި ޓޮބޭކޯ ކޮންޓްރޯލް ބޯޑުގެ އިސްވެރިން

އިގްތިޞާދީ ކޮމެޓީން ބޭއްވި ބައްދަލުވުމުގައި އެޗްޕީއޭ އާއި ޓޮބޭކޯ ކޮންޓްރޯލް ބޯޑުގެ އިސްވެރިން

ސިނގިރޭޓާއި އެނާޖީ ޑްރިންކް އަދި ސޮފްޓް ޑްރިންކުން ޑިއުޓީ ބޮޑު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިސްލާހު ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތަސްދީގު ކުރައްވައިފި އެވެ.

ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި މި ގާނޫނު ރައީސް ޔާމީން ބުރާސްފަތި ދުވަހު ތަސްދީގުކުރައްވައި ގެޒެޓްގައި ވަނީ ޝާއިއުކުރައްވައިފަ އެވެ.

ތަސްދީގުކުރާ ދުވަހުން ފެށިގެން އަމަލުކުރަން ފަށަންޖެހޭ ގޮތަށް އެކުލަވާލި މި އިސްލާހުގައި ބުނެފައިވާ ގޮތުން ސިނގިރެޓް ފޮށްޓަކުން 20ރ. އަދި އެނަޖީ ޑްރިންކް ދަޅަކުން 8ރ. ބޮޑުވާނެ އެވެ. އަދި ކޮންމެ ސިނގިރެޓަކުން ޑިއުޓީގެ ގޮތުގައި ދެ ރުފިޔާ ނަގައި 25 ޕަސެންޓް ޑިއުޓީގެ ގޮތުގައި ނަގާނެ އެވެ. އެހެންވެ، ދެން ސިނގިރެޓެއް ވިއްކާނީ 3.50ރ. އާއި 4.00ރ. އާ ދެމެދުގެ އަގެއްގަ އެވެ. ޑިއުޓީ ބޮޑުކުރުމުގެ ކުރިން ވަކިން ސިނގިރެޓެއް ލިބެނީ 2.50 ރ. އަށެވެ.

އެމްޑީއޭއަށް ނިސްބަތްވާ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު މި ބިލް ހުށަހެޅުއްވިއިރި، ބިލްގައި އޮތީ ސޮފްޓް ޑްރިންކާއި އެނަޖީ ޑްރިންކުން ވެސް ލީޓަރަކަށް 4.60ރ. ނަގުމަށެވެ. ނަމަވެސް ކޮމިޓީން ނިންމައި، މަޖިލީހުން ފާސްކޮށްފައިވަނީ އެނަޖީ ޑްރިންކުގެ ކޮންމެ ލީޓަރަކުން 33.64ރ. ޑިއުޓީގެ ގޮތުގައި ނެގުމަށެވެ.

މީގެ އިތުރުން ބޯ ފެނުން 15 ޕަސެންޓުގެ ޑިއުޓީއެއް ވެސް ނަގަން މަޖިލިހުން ފާސްކޮށް މިއަދުން ފެށިގެން އެއަށް އަމަލުކުރާނެ އެވެ.

ކަސްޓަމްސްއިން ބުނި ގޮތުގައި މިދިޔަ އަހަރު 497 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ރާއްޖެ އެތެރެކޮށްފައިވާއިރު، 2015 ވަނަ އަހަރު 460 މިލިއަން ސިނގިރޭޓް ރާއްޖެ އެތެރެކޮށްފައިވާ ކަމަށެވެ. އަދި ކޮންމެ އަހަރަކު ވެސް ސިނގިރޭޓް ރާއްޖެ އެތެރެކުރާ މިންވަރު އިތުރުވަމުންދާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

ކަސްޓަމްސްއިން ބުނީ މިދިޔަ 2016 ވަނަ އަހަރު އެކަނިވެސް ދައުލަތަށް ސިނގިރޭޓްގެ ޑިއުޓީން 622 މިލިއަނަށް ވުރެއް ގިނަ ރުފިޔާ ލިބިފައިވާ ކަމަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ތެލުން ނަގާ ޑިއުޓީ 10 ޕަސެންޓުން 5 ޕަސެންޓަށް ދަށްކުރާ ބިލް އަންނަ ހޯމަ ދުވަހަށް ނިންމަނީ!

ތެލުން ނަގާ ޑިއުޓީ 10 ޕަސެންޓުން 5 ޕަސެންޓަށް ދަށްކުރާ ބިލް އަންނަ ހޯމަ ދުވަހަށް ނިންމަނީ!

12 ޖޫން 2017
ތެލުގެ ޑިއުޓީ  ސުން ޕަސެންޓަށް ހެދުމަށް އިދިކޮޅު މެމްބަރުން ހުށަހަޅުއްވައިފި

ތެލުގެ ޑިއުޓީ  ސުން ޕަސެންޓަށް ހެދުމަށް އިދިކޮޅު މެމްބަރުން ހުށަހަޅުއްވައިފި

12 ޖޫން 2017
ތެލުގެ ޑިއުޓީން ފަސް ޕަސެންޓް ދަށްކުރުމަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވައިފި

ތެލުގެ ޑިއުޓީން ފަސް ޕަސެންޓް ދަށްކުރުމަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވައިފި

11 ޖޫން 2017
ދުންފަތާއި އެނާޖީ ޑްރިންކްގެ ޑިއުޓީން 5 ޕަސެންޓް ހޭލުންތެރިކަމުގެ ހަރަކާތްތަކަށް ކަނޑައަޅާން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި

ދުންފަތާއި އެނާޖީ ޑްރިންކްގެ ޑިއުޓީން 5 ޕަސެންޓް ހޭލުންތެރިކަމުގެ ހަރަކާތްތަކަށް ކަނޑައަޅާން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި

01 މާރިޗު 2017
ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑު ކުރުމަށް މަޖިލީހުން ފާސްކޮށްފި

ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑު ކުރުމަށް މަޖިލީހުން ފާސްކޮށްފި

01 މާރިޗު 2017

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު