Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޢަދާލަތު ޕާޓީ

ފައިސާގެ މުއާމަލާތެއްގައި ގޯހެއް އުޅޭނަމަ އެކަން އެނގޭނީ ޑރ. ޝަހީމަށް: އަލީ ނަޒީރު

19 އޯގަސްޓު 2018 | އާދީއްތަ 12:20

ކަންކަން ނިންމަނީ މަޝްވަރާ މަޖިލީހުގައި މަޝްވަރާކުރުމަށްފަހު

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 19 އޯގަސްޓު 2018 | އާދީއްތަ 12:20
ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ނަޒީރު ވާހަކަ ދައްކަވަނީ

ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ނަޒީރު ވާހަކަ ދައްކަވަނީ

ޢަދާލަތު ޕާޓީއިން ކަންކަން ނިންމަނީ އެޕާޓީގެ މަޝްވަރާ މަޖިލީހުގައި މަޝްވަރާކުރުމަށް ފަހު، އެ މަޖިލީހުގެ އަޣުލަބިއްޔަތުން ކަމަށް އެޕާޓީއިން ބުނެފިއެވެ.

ޢަދާލަތު ޕާޓީއިން ކަންކަން ނިންމަނީ އެޕާޓީގެ ލީޑަރޝިޕްގައި ތިބި ދެތިން ބޭފުޅަކު ބޭނުންފުޅުވާ ގޮތަށް ކަމަށް ޢަދާލަތު ޕާޓީގެ ޢާއްމު މެމްބަރުން ނަމުގައި ބަޔަކު ވާހަކަ ދައްކާފައިވަނިކޮށް އެޕާޓީގެ މީޑިއާ ކޮމިޓީގެ މުޤައްރިރު ޢަލީ ނަޒީރު ވިދާޅުވީ، ޢަބްދުﷲ ޔާމީންގެ ވެރިކަން މަގުއޮޅިގެން ދިޔަ ފަހުން ޢަދާލަތު ޕާޓީއިން ނިންމާފައިވާ ކޮންމެ ނިންމުމަކީވެސް ޕާޓީގެ މަޝްވަރާ މަޖިލީހުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިގެން، ތަނަވަސް އަޣުލަބިއްޔަތަކުން ނިންމާފައިވާ ކަންކަން ކަމަށެވެ.

Advertisement - newsAdvertisement

އަލީ ނަޒީރު ކުރެއްވި ޓުވީޓްތަކެއްގައި ވިދާޅުވީ ޢަދާލަތު ޕާޓީއިން ނިންމާ ކަންކަމާއި ގުޅޭ މައުލޫމާތު ވަގުތުން އެއްވެސް ހިފެހެއްޓުމެއް ނެތި މީޑިއާތަކަށް ހާމަކޮށްފައިވާނެ ކަމަށެވެ.

މީގެ އިތުރުން ޢަދާލަތު ޕާޓީގެ އާއްމު މެމްބަރުން ކަމަށް ބުނެ، ޕާޓީގެ ނަން ބޭނުން ކޮށްގެން ބަޔަކު އެޕާޓީ ބަދުނާމުކޮށް ވާހަކަ ދެއްކުމާއި ގުޅިގެން އަލީ ނަޒީރު ވިދާޅުވީ ކޮން ބައެއްކަން ނޭނގޭ ބަޔަކު އާއްމުންނަށް އެނގެން ހުރި މައުލޫމާތު އޮޅުވާލައި، މީޑިއާގައި ދޮގު ޚަބަރު ފަތުރަނީ ރިޔާސީ އިންތިޚާބާއި ދިމާކޮށް ސިޔާސީ ފަރާތްތަކުގެ ސަމާލުކަން ހޯދަން ކަމަށެވެ.

އަދި ޢަދާލަތު ޕާޓީއަށް ގިނަ އަދަދަކަށް ފައިސާ ލިބޭ ކަމަށާއި، ލިބޭ ފައިސާއަށް ވާނުވާ ނޭނގޭ ކަމަށް ގޮތް ނޭނގޭ ބަޔަކު ދެއްކި ވާހަކަތަކަށް ވެސް އަލީ ނަޒީރު ވަނީ ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ ޢަދާލަތު ޕާޓީއަށް ލިބޭ ފައިސާއާއި، ލިބޭ ފައިސާ ޚަރަދު ކުރެވޭ ގޮތް، ބައިނަލްއަޤްވާމީ އޮޑިޓް ފާރމްއަކުން އޮޑިޓްކުރުމަށް ފަހު، ކޮންމެ އަހަރަކު ވެސް އިލެކްޝަންސް ކޮމިޝަންގައި ފައިލް ކުރާކަމަށެވެ. އަދި އެޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ އާއި ނައިބު ރައީސް އަލީ ޒާހިރުގެ ލީޑަރޝިޕްގައި ޕާޓީގެ ހިސާބުތައް ބަލަހަައްޓާފައިވާނީ ޤާނޫނުތަކާއި ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްއާއި އެއްގޮތަށްކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ހަމައެހެންމެ، ޢަދާލަތު ޕާޓީގެ ލީޑަރޝިޕަށް ނޭނގި ވަކި ފަރުދަކު ޕާޓީގެ ނަމުގައި މާލީ މަންފާއެއް ހޯއްދަވާފައިވާނަމަ އެކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ޕާޓީގެ އިސް ތަރުޖަމާނުގެ މަޤާމާއި، ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީގެ މުޤައްރިރުގެ މަޤާމާއި، އަދި އެމަޤާމުތަކުގެ ހައިސިއްޔަތާއިއެކި ވަޒީރެއްގެ ގޮތުގައި ހުންނަވައިގެން އެތެރެއާއި ބޭރުގެ ވިޔަފާރިވެރިންނާއި މުއާމަލާތް ކުރެއްވި އެޕާޓީގެ ކުރީގެ މެމްބަރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދަށް ކަމަށް އަލީ ނަޒީރު ވިދާޅުވިއެވެ.

އަލީ ނަޒީރު މިހެން ވިދާޅުވިއިރު، ޑރ. ޝަހީމް ޢަދާލަތު ޕާޓީގެ ސްލޮޓެއްގައި މިސަރުކާރުގެ އިސްލާމިކް މިނިސްޓަރު ކަމުގައި ހުންނަވަނިކޮށް އެމަނިކުފާނުގެ އަނބިކަނބަލުން ބޭރުގެ ވިޔަފާރިވެރިޔަކާއިއެކު ވިޔަފާރިއެއް ރަޖިސްޓްރީކުރި މައްސަލަ ބަލައި، ދައުވާ ކުރުމަށް ޕީޖީ އޮފީހަށްވެސް ފޮނުވިއެވެ. އެހެން ނަމަވެސް އެމައްސަލައިގައި އެމަނިކުފާނުގެ އަނބިކަނބަލުންގެ މައްޗަށް ދައުވާކޮށްފައެއް ނުވެއެވެ. ބޭރުގެ އެ ވިޔަފާރިވެރިޔަކީ ޒަކާތު ފަންޑަށް އެހީވާނެ ކަމަށް އިއުލާންކުރި، ރަނުގެ ވިޔަފާރިކުރާ ވިޔަފާރިވެރިއެކެވެ.

ޑރ. ޝަހީމް މިހާރު ހުންނެވީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ޓިކެޓްގައި ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ރަނިންގމޭޓްގެ ގޮތުގައެވެ. އަލީ ނަޒީރު ވިދާޅުވީ ފައިސާއާއި ބެހޭ ގޮތުން އެޕާޓީއަށް އެފަދަ ތުުހުމަތެއް ކުރެއްވުމުން އެސުވާލު ކުރައްވަން ޖެހޭނީ ޑރ. ޝަހީމްއާއިކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

12 ޖުލައި 2017

އެމްޕީއާރުސީއަށް ލިބުނު ފައިސާގެ 80 ޕަސެންޓް ދިނީ ސީދާ ރައީސް ޔާމީނަށްކަމަށް ޒިޔަތު ވިދާޅުވި: އަދީބު

12 ޖުލައި 2017
އެމްޕީއާރުސީއަށް ލިބުނު ފައިސާގެ 80 ޕަސެންޓް ދިނީ ސީދާ ރައީސް ޔާމީނަށްކަމަށް ޒިޔަތު ވިދާޅުވި: އަދީބު
10 ޖުލައި 2017

އިދިކޮޅު ފަރާތްތަކާ ޕީޕީއެމް މެންބަރުން ގުޅުނީ ފައިސާގެ ދަޅައަށް:ޕީޕީއެމް ފަލާހް

10 ޖުލައި 2017
އިދިކޮޅު ފަރާތްތަކާ ޕީޕީއެމް މެންބަރުން ގުޅުނީ ފައިސާގެ ދަޅައަށް:ޕީޕީއެމް ފަލާހް
08 ޖުލައި 2017

ސިފައިންނާއި ޖުޑިޝަރީ މެދުވެރިކޮށް މަސީހު އިތުބާރުގެ ވޯޓް ގަޑުބަޑު ކޮށްފިނަމަ އެހެދެނީ މާބޮޑު ގޯހެއް:އަމީން

08 ޖުލައި 2017
ސިފައިންނާއި ޖުޑިޝަރީ މެދުވެރިކޮށް މަސީހު އިތުބާރުގެ ވޯޓް ގަޑުބަޑު ކޮށްފިނަމަ އެހެދެނީ މާބޮޑު ގޯހެއް:އަމީން
24 ޖޫން 2017

މެމްބަރު ޖައުފަރަށް ފައިސާގެ އެހީއެއްދިން ކަމަށް ބުނާ ވާހަކައަކީ ތެދެއް: ފެނަކަ

24 ޖޫން 2017
މެމްބަރު ޖައުފަރަށް ފައިސާގެ އެހީއެއްދިން ކަމަށް ބުނާ ވާހަކައަކީ ތެދެއް: ފެނަކަ
31 މެއި 2017

ރާއްޖެއިން ލަންކާއަށްދޭ ފައިސާގެ އެހީ އެގައުމުގެ ސަރުކާރާއި ހަވާލުކޮށްފި

31 މެއި 2017
ރާއްޖެއިން ލަންކާއަށްދޭ ފައިސާގެ އެހީ އެގައުމުގެ ސަރުކާރާއި ހަވާލުކޮށްފި
17 މާރިޗު 2017

ޠައްޔިބު ހައްޔަރުކުރީ ކަޅުފައިސާގެ ވާހަކަ ދެއްކުމުން، އޭނާ ދޫކޮށްލަން ޖެހޭ: ރައީސް ނަޝީދު

17 މާރިޗު 2017
ޠައްޔިބު ހައްޔަރުކުރީ ކަޅުފައިސާގެ ވާހަކަ ދެއްކުމުން، އޭނާ ދޫކޮށްލަން ޖެހޭ: ރައީސް ނަޝީދު
20 ފެބުރުއަރީ 2017

އިމާރާތުގެ ފެންވަރު ރަނގަޅެއް ނޫން، ފައިސާގެ ދޭކަން ނުޖެހޭނެ: މައުމޫންގެ އާއިލާ

20 ފެބުރުއަރީ 2017
އިމާރާތުގެ ފެންވަރު ރަނގަޅެއް ނޫން، ފައިސާގެ ދޭކަން ނުޖެހޭނެ: މައުމޫންގެ އާއިލާ
10 ފެބުރުއަރީ 2017

ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!

10 ފެބުރުއަރީ 2017
ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!
05 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް

05 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް