Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފެނަކަ ކޯޕަރޭޝަން

މެމްބަރު ޖައުފަރަށް ފައިސާގެ އެހީއެއްދިން ކަމަށް ބުނާ ވާހަކައަކީ ތެދެއް: ފެނަކަ

ޝަރީފް ވިދާޅުވީ އެއީ ސައްހަ ސިޓީއެއް ކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 24 ޖޫން 2017 | ހޮނިހިރު 11:42
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު ޖައުފަރު ދާއޫދު

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު ޖައުފަރު ދާއޫދު

ފެނަކަ ކޯޕަރޭޝަނުން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދަށް ފައިސާގެ އެހީއެއް ދިން ކަމަށް ދެކެވޭ ވާހަކައަކީ ތެދެއް ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝަރީފް މިހެން ވިދާޅުވީ ޖައުފަރު ދާއޫދަށް 25،000ރ.ގެ އެހީއެއް ދިން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ފެނަކައިގެ ސިޓީ ގުޅޭ ގޮތުން "ރާއްޖެއެމްވީ" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

Advertisement - newsAdvertisement

"އެސިޓީއަކީ ސައްހަ ސިޓީއެއް. ކޮންމެ ކަމެއް ވެސް މީޑިއާއަށް އަރައިފި ނަމަ އެކަމަށް އާއްމުން ކޮމެންޓްކޮށް ކަންކަން ކުރާނެ. ހަގީގަތަކީ އެއީ މި ކުންފުނީގެ ސީއެސްއާރު ކޮމްޕޯނަންޓް (އިޖުތިމާއީ ޒިންމާގެ ދަށުން) އޮންނާނެ ސްޕޮންސަރ ދޭ އުސޫލެއް ކަނޑައަޅާފަ. މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ވާނީ ވޮލަންޓްރީ ޖަމްއިއްޔާތަކަށާއި އަދި އަމިއްލަ ފަރުދުން ހިންގާ ބައެއް ހަރަކާތްތަކަށާއި އަދި ހާއްސަކޮށް ސްކޫލްތަކަށާއި ދީނީ ކަންކަން ހޭލުންތެރި ކުރުމަށް ހިންގާ ހަރަކާތްތަކަށް ސްޕޮންސަރ ދޭ އުސޫލެއް އޮންނާނެ،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ އެއުސޫލްގެ ދަށުން އެ ސްޕޮންސަރ ޖައުފަރަށް ދެއްވާފައިވާނެ ކަމަށެވެ. ޖައުފަރު ދާއޫދަށް ފެނަކައިން 25،000ރ. ހަމަޖައްސައިދިނީ ރ. މާކުރަތުގައި އޭނާ ކޮންމެ އަހަރަކު ބާއްވަވާ ގުރުއާން މުބާރާތަކަށް ދޭ އިނާމުގެ ގޮތުގައި ކަމަށް ވެއެވެ.

ޖައުފަރަށް ފެނަކައިން ފޮނުވި ސިޓީއަށް ބަލާއިރު 25،000ރ. އަށް ވުރެ މާބޮޑު އަދަދެއް އޭނާ އެހީގެ ގޮތުގައި ހޯއްދެވުމަށް އެދިވަޑައިގެންފައިވާ ކަން ވެސް ދޭހަވެއެވެ.

ރަމްޒީ އެހީއެއްގެ ގޮތުގައި ކަމަށްބުނެ ޖައުފަރަށް އެޑްރެސްކޮށް، ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ ސޮއިކުރައްވާ ފޮނުއްވި ސިޓީގައި މި ފައިސާ ހަމަޖައްސާ މިދެނީ ރަށްރަށުގެ ކަރަންޓުގެ ހާލާތު ރަނގަޅު ކުރުމަށް ވަރަށް ބޮޑެތި ޚަރަދުތަކެއް ކުރަންޖެހިފައިވާ ދަނޑިވަޅެއްގައި ކަމަށް ބުނެފައި ވެއެވެ.

ޖައުފަރު ދާއޫދަށް ފެނަކައިން ފައިސާ ހަމަޖައްސައިދިން މައްސަލައިގައި ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ގެންދަނީ މިއީ ކޮރަޕްޝަންގެ ހުތުރު އަމަލެއް ކަމަށް ބުނެ ނުރުހުން ފާޅު ކުރަމުންނެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ އެ ސިޓީގައި ޖޫން 28، 2017 ގައި ޖައުފަރު ފޮނުއްވި ކަމަށް ލިޔެވިފައި ވަނީ ލިޔުމުގެ ކުށަކުން ކަމަށެވެ. ރަނގަޅު ގޮތަކަކީ މެއި 28، 2017 ކަމަށެވެ.

ސިޔާސީ ބައެއް ފަރާތްތަކަކުން ބުނަމުންދާ ގޮތުގައި، ސަރުކާރަށް ތާއީދުކުރާ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން ގެންދަވަނީ ސިޔާސީ މަންފާތައް ހޯއްދެވުމަށް ސަރުކާރުގެ ކުންފުނިތަކުގެ ނާޖާއިޒް ފައިދާ ވަރަށް ބޮޑަށް ނަންގަވަމުންނެވެ.

މެމްބަރުން ގެންދަވަނީ މެމްބަރުންގެ ނަމުގައި ބޮޑެތި އިނާމުތައް ހުށަހަޅައިގެން ތަފާތު މުބާރާތްތައް ބާއްވަމުންނެވެ. ނަމަވެސް މިފަދަ ބުމާރާތްތަކަށް އިނާމްތައް ދެނީ ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ސްޕޮންސަރ ހޯދައިގެންނެވެ. މީގެ އިތުރުން ބައެއް ކުންފުނިތަކުން ގިނަ އަދަދެއްގެ މީހުންނަށް ނާޖާއިޒް ގޮތެއްގައި ސިޔާސީ މަންފާ ހޯދުމަށް ވަޒިފާތައް ހަމަޖައްސައިދީފައިވާކަން ވެސް އާއްމުން ގެންދަނީ ފާހަގަ ކުރަމުންނެވެ. ބައެއް މެމްބަރުން ސިޓީ އުރައިގައި ސީދާ ފައިސާ ބަހަމުން ގެންދާކަން ވެސް ވަނީ ފާހަގަ ކުރެވިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

27 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

9 މެއި
"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"
20251 އަހަރު ކުރިން
ރިޕޯޓު

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި
20242 އަހަރު ކުރިން
ކުޅިވަރު

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟
20233 އަހަރު ކުރިން
ކުޅިވަރު

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން
20215 އަހަރު ކުރިން
ރިޕޯޓު

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން

ޑެވިލްޑް ޗިކަން ރެސިޕީ
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ޑެވިލްޑް ޗިކަން ރެސިޕީ

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް
20188 އަހަރު ކުރިން
ރިޕޯޓު

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު