Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސިހުރު ހެދުން

އެމްޑީޕީ ވެރިކަމަށް ގެނައުމަށް ސިހުރު ހަދާކަމަށް ތުހުމަތުކޮށް ކުޅުދުއްފުށިން އިތުރު ދެމީހަކު ހައްޔަރުކޮށްފި

މިމައްސަލާގައި އެންމެ ފުރަތަމަ ހައްޔަރުކުރީ ކައުންސިލްގެ ޒިންމާދާރު ވެރިޔާ އާއި އިސް މުއައްޒަފެއް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 17 އޯގަސްޓު 2018 | ހުކުރު 12:19
ސިހުރު ހަދާކަމަށް ބުނެ ހައްޔަރުކުރި ބައެއް މީހުން މިއަދު މުއްދަތު ޖެހުމަށް ކޯޓަށް ވައްދަނީ :ފޮޓޯ: ރިޔާޒް

ސިހުރު ހަދާކަމަށް ބުނެ ހައްޔަރުކުރި ބައެއް މީހުން މިއަދު މުއްދަތު ޖެހުމަށް ކޯޓަށް ވައްދަނީ :ފޮޓޯ: ރިޔާޒް

އެމްޑީޕީ ވެރިކަމަށް ގެނައުމަށް ސިހުރު ހަދާކަމަށް ތުހުމަތުކޮށް ހދ. ކުޅުދުއްފުށިން އިތުރު ދެމީހަކު ހައްޔަރުކޮށްފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމު ކުޅުދުއްފުށީގެ ކައުންސިލަރު ވިދާޅުވީ ސިހުރު ހަދާކަމުގެ ތުހުމަތުގައި ހުކުުރ ދުވަހު އިތުރު ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި، އެތަނުން އެކަކު ހައްޔަރު ކުރީ މިއަދު ފަތިހު ކަމަށެވެ

Advertisement - newsAdvertisement

މިމައްސަލާގައި އެންމެ ފުރަތަމަ ހައްޔަރުކުރީ ކައުންސިލްގެ ޒިންމާދާރު ވެރިޔާ އާއި އިސް މުއައްޒަފަކެވެ. ކައުންސިލަރަކު ވިދާޅުވީ މިދެމީހުން ހައްޔަރުކުރީ ބުރާސްފަތި ދުވަހު ކައުންސިލް އިދާރާ ބަންދު ކުރިތަނުން ކަމަށެވެ. މިމައްސަލާގައި ހައްޔަރު ކުރެވުނު މިހަތަރު މީހުން މިއަދު ކުޅުދުއްފުށީ ކޯޓަށް މުއްދަތު ޖެހުމަށް ގެންދިޔަ ކަމަށާއި، ކައުންސިލްގެ ދެމުވައްޒަފުންގެ ބަންދަށް 8 ދުވަސް ޖަހާފައިވާއިރު މިއަދު ހައްޔަރުކުރި އާންމުގެ ދެމީހުންގެ ބަންދަށް 5 ދުވަހުގެ ބަންދުގެ މުއްދަތު ޖަހާފައިވާ ކަމަށެވެ. އަދި މިމައްސަލާގެ އިތުރު މައުލޫމާތު ލިބިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެމީހުން ދިރިއުޅޭ ގޭގެ މީހުން ބުނި އޭގެން ގެންދިޔައީ ތައުލީމީ ދިޔާނާ ފޮތަކާ ދެން ދީނީ ގޮތުން އާންމުން ގެންގުޅޭ މައުލޫމާތު ހުރި ފޮތްތަކެއް ކަމަށް. ސިހުރު ހަދަން ބޭނުންވާ އެއްޗެއް ނޫނީ ފޮތެއް ވެސް ނުގެންދާ ކަމަށް އެއާއިލާތަކުން އަޅުގަނޑުމެންނަށް މައުލޫމާތުދެނީ" ކައުންސިލަރު ވިދާޅުވިއެވެ

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިމީހުން ހައްޔަރުކުރުމުގެ ކުރިން އެމީހުންގެ ފޯނު ވަނީ ފުލުހުން ގެންގޮސްފައިވެއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައިއެއް ނުވެ އެވެ. މިމީހުން ހައްޔަރުކޮށްފައިވަނީ ބުދަ ދުވަހުގެ ރޭ 22:54 ކުޅުދުއްފުށީގެ މެޖިސްޓްރޭޓް ކޯޓުން ނެރުނު ކޯޓު އަމުރެއްގެ ދަށުންނެވެ.

އެ ކޯޓު އަމުރުގައި ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ 2018 ވަނަ އަހަރު އެމްޑީޕީ ވެރިކަމަށް ގެނައުމަށްޓަކައި ސިހުރު ހާހޫރަ ހަދައި އަދި ސިހުރު ހާހޫރަ ހެދުމަށް ބޭނުންކުރާ ތަކެތި ގެންގުޅޭކަމަށް ތުހުމަތުކުރެވޭތީކަމަށެވެ. އަދި ސިހުރު ހާހޫރަ ހެދުމަށް ބޭނުންކުރާ އެންމެހައި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ވަނީ ކޯޓު އަމުރުގައި ފުލުހުންނަށް ހުއްދަދީފައެވެ.

ފުލުހުން ހޯދަން ބޭނުންވާ ތަކެތިކަމަށް އެ ކޯޓު އަމުރުގައި ބުނެފައިވަނީ ޕެންޑްރައިވެއްގެ އިތުރުން ސިހުރު ހާހޫރަ ހެދުމަށް ބޭނުންކުރާ އެންމެހައި ތަކެތީގެ އިތުރުން ސިހުރު ހާހޫރަ ހެދުމަށް ބޭނުންކުރާ އެންމެހައި ލިޔެކިޔުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު