Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެކްސިޑެންޓް

ހުޅުމާލެ ޑިޓެންޝަން ކައިރީގައި ނުރައްކާތެރި އެކްސިޑެންޓެއް - ސައިކަލަކާއި ކާރަކަށް ބޮޑެތި ގެއްލުންތަކެއްވެ އެކަކު ހާލު ސީރިއަސް

ކާރުގެ ފަހަތްވަނީ އެއްކޮށް ހަލާކުވެފައި، ސައިކަލު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 4 މާރިޗު 2024 | ހޯމަ 01:43
އާދީއްތަ ދުވަހުގެ ރޭ ފަތިހު ދަންވަރު ހުޅުމާލޭގައި ހިނގި އެކްސިޑެންޓް

އާދީއްތަ ދުވަހުގެ ރޭ ފަތިހު ދަންވަރު ހުޅުމާލޭގައި ހިނގި އެކްސިޑެންޓް

ހުޅުމާލެގައި ހުންނަ ޑިޓެންޝަން ކައިރީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސައިކަލަކާއި ކާރަކަށް ބޮޑެތި ގެއްލުންތަކެއްވެ އެކަކުގެ ހާލު ސީރިއަސް ވެއްޖެއެވެ.

މަންޒަރު ދުށް މީހަކު ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނީ ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލު، ހިތިގަސްމަގުން، ގުލްއަލާމާ ހިނގުމަށް އަޅަން އުޅުމުގެ ތެރޭގައި ސައިކަލު ކޮންޓްރޯލުން ނެއްޓިގެން، ގުލްއަލާމާ ހިނގުމުގައި ޕާކު ކޮށްފައި އޮތް ކާރެއްގައި ޖެހިފައިވާ ކަމަށެވެ. މި އެކްސިޑެންޓުގައި ސައިކަލު އައިސް ޖެހުނީ މޯލްޑިވްސް އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގެ ބޭރުގައި ޕާކު ކޮށްފައި އޮތް އެތަނުގެ ކާރުގައެވެ.

Advertisement - newsAdvertisement

މަންޒަރު ދުށް މީހާ ބުނީ ސައިކަލު އައިލެއް ބާރުކަމުން ކާރުގައި ޖެހި ސައިކަލާއެކު ދުއްވަން އިން މީހާވެސް ވިއްސައިގެން ދިޔަ ކަމަށާއި، ޕާކުކޮށްފައި އޮތް ކާރުވެސް 4 ވަރަކަށް ފޫޓް ދުރަށް ޖެހުނު ކަމަށެވެ. އަދި ކާރުގެ ފަހަތުން ބޮޑުބައެއް ހަލާކުވެފައިވާއިރު، ސައިކަލުވަނީ ނުދުއްވޭ ވަރަށް ހަލާކުވެފައެވެ.

އަދި އެތަނަށް ފުލުހުން އެވަގުތު އެޓެންޑުވި ކަމަށެވެ. އެކްސިޑެންޓު ހިނގީ އެސަރަހައްދުގައި ފުލުހުން ތިބުމުން ފުލުހުންނަށް ފިލަން ދިއުމުގެ ތެރޭގައިކަމަށް ބެލެވޭ ކަމަށް މަންޒަރު ދުށްމީހާ ބުނެފައިވެއެވެ.

އަދި ވަގުތުން އެމްބިއުލާންސަށް ގުޅިނަމަވެސް، އެމްބިއުލާންސް އައިސްފައިވަނީ 15 ވަރަކަށް މިނެޓް ފަހުން 2:43 ގައެވެ. އެކްސިޑެންޓްވީ 2:27 ގައެވެ.

މައުލޫމާތު ލިބޭގޮތުގައި އެކްސިޑެންޓުގައި އަނިޔާވި މީހާގެ ހާލު ކްރިޓިކަލްއެވެ.

އިތުރަށް ކިޔާލަން

14 މާރިޗު 2017

ފީއަލީ ކައިރީގައި ފިލްމް މަންޒަރެއް ނެގޭނީ ހުއްދަ ނަގައިގެން ކަމަށް ކަނޑައަޅައިފި

14 މާރިޗު 2017
ފީއަލީ ކައިރީގައި ފިލްމް މަންޒަރެއް ނެގޭނީ ހުއްދަ ނަގައިގެން ކަމަށް ކަނޑައަޅައިފި
14 މާރިޗު 2017

ނުރައްކާތެރި ސްވައިން ފްލޫ ފެތުރޭކަން ސިއްރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: ޑރ. ޑީޑީ

14 މާރިޗު 2017
ނުރައްކާތެރި ސްވައިން ފްލޫ ފެތުރޭކަން ސިއްރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: ޑރ. ޑީޑީ
04 މާރިޗު 2017

ހުޅުމާލެ އިންޑަސްޓްރިއަލް ސަރަހައްދުގައި އަންހެނަކު ރޭޕްކޮށްލައިފި

04 މާރިޗު 2017
ހުޅުމާލެ އިންޑަސްޓްރިއަލް ސަރަހައްދުގައި އަންހެނަކު ރޭޕްކޮށްލައިފި
19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
19 ފެބުރުއަރީ 2017

ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

19 ފެބުރުއަރީ 2017
ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު