Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިހާބު 2018

ނޫ އިޤްތިސާދުގައި އިސްރާފު ކަނޑާލާނެ، އާމްދަނީ ހޯދާނެ ވަސީލަތްތައް ކުނިންވެސް ހޯދާނަން: ހަސަން ލަތީފް

ކޮންމެ އަތޮޅެއް، އެ އަތޮޅެއްގެ ދުނިން އެތެރޭގައިވާ އިޤްތިސާދީ ވަސީލަތްތަކަކީ އެ އަތޮޅަކަށް އަނބުރާ ހޯދައިދޭނެ ވަސީލަތްތަކެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 16 އޯގަސްޓު 2018 | ބުރާސްފަތި 18:31
އއ. މަތިވެރީގައި ބޭއްވި ޖަލްސާގައި ހަސަން ލަތީފް ވާހަކަދައްކަވަނީ

އއ. މަތިވެރީގައި ބޭއްވި ޖަލްސާގައި ހަސަން ލަތީފް ވާހަކަދައްކަވަނީ

ކޯލަޝަންގެ ވެރިކަމެއްގެ ނޫ އިޤްތިސާދުގައި އިސްރާފު ކަނޑާލާނެ ކަމަށާއި، އާމްދަނީ ހޯދާނެ ވަސީލަތްތައް ކުނިންވެސް ހޯދާނެކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އއ. މަތިވެރީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ޖާޒީރާ ދިވެހިރާއްޖެ އަކީ ނޫ އިގްތިސާދެއްގެ ސިޔާސަތުތައް ތަންފީޒު ކުރާ އޯގާތެރި ސަރުކާރަކުން އިންސާފު ލިއްބައިދޭ، ފަހުރުވެރި ދިވެހި އާއިލާތަކަށް ޖަޒީރާ ދިރިއުޅުމެއް އުޅެވޭނެ ރާއްޖެއެއް ކަމަށެވެ.

Advertisement - newsAdvertisement
"އަޅުގަނޑުމެންގެ ނޫ އިޤްތިސާދުގައި ވަނީ އިސްރާފު ކަނޑާލާފައި އެއީ އިސްރާފު ކުޑަ އިޤްތިސާދެއް، ބާކީ އަކީ އަކީ އަޅުގަނޑުމެންނަށް ބާކީ އެއް ނޫން އަދި ހަމައެހެންމެ ކުންޏަކީ އަޅުގަނޑުމެންނަށް ކުންޏެއް ވެސް ނޫން، އެ އިޤްތިސާދުގައި ކުންޏަކީ އާމްދަނީ، އަޅުގަނޑުމެން އާމްދަނީ ހޯދާނެ ވަސީލަތްތައް ކުނިންވެސް ހޯދާނަން އަދި މި ދެންނެވިހެން އެއްވެސް ބާކީއެއް އަޅުގަނޑުމެން ބާކީއެއް ނުކުރާނަން" ހަސަން ލަތީފް ވިދާޅުވިއެވެ.

ކޮންމެ އަތޮޅެއް، އެ އަތޮޅެއްގެ ދުނިން އެތެރޭގައިވާ އިޤްތިސާދީ ވަސީލަތްތަކަކީ އެ އަތޮޅަކަށް އަނބުރާ ހޯދައިދޭނެ ވަސީލަތްތަކެއް ކަމަށާއި ދަތުރުފަތުރުގެ ނިޒާމުން މުޅި ރާއްޖެ ގުޅާލާނެ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. އަދި ޖަރީޒާ ފަތުރުވެރިކަން ޤާއިމްކޮށް ހަރުދަނާ ކުރާނެ ކަމަށާއި އުފެއްދުންތެރި ޒުވާނުންގެ ޖީލެއް ކޯލިޝަން ސަރުކާރުން ޤާއިމްކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިންސާފު ހުރިހާ ރައްޔިތުންނަށް ލިބޭނެ ގޮތަކަށް ކޯލިޝަން ސަރުކާރުން ބައްޓަން ކުރާނެކަން ފާހަގަކުރައްވާ ހަސަން ލަތީފް ވިދާޅުވީ ފަނޑިޔާރު ގެއަށް އިތުބާރު ހިފޭ ކަހަލަ ފަނޑިޔާރު ގެތަކެއް ހޯދައިދޭނެ ކަމަށެވެ.

ރާއްޖެ ސިންގަޕޫރު ފެންވަރަށް ތަރައްޤީ ކުރާނެ ކަމަށް މި ސަރުކާރުން ބުނި ނަމަވެސް އެކަން ނުކުރެވޭނެ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. އަދި އެކަން ކުރަން މި ސަރުކާރުން ނޫޅޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހުރިހާ ކަމެއް ކުރައްވަން އުޅުއްވަނީ އޮޅުވާލައިގެން ކަމަށާއި އެމަނިކުފާނު މިހާރު ކުރައްވަން އުޅުއްވާ މަސައްކަތަކީ އިންތިހާބު ޖަހައިގަތުން ކަމަށް ހަސަން ލަތީފް ވަނީ ތުހުމަތު ކުރައްވާފައެވެ. އަދި އެކަން އެމަނިކުފާނަށް ނުކުރެއްވޭނެ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ކޯލިޝަން ސަރުކާރުން ދާން އުޅޭ ޖަޒީރާ ދިވެހިރާއްޖެއަށް ގެންނަން އުޅެނީ ބޮޑު ބަދަލެއް ކަމަށާއި އެ ބަދަލުގެ ސަބަބުން ފައިދާ ވާނީ ދިވެހި ރައްޔިތުންނަށް ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2018

ވިލާއިން ދައްކަންޖެހޭ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ އާމްދަނީގެ 13 ޕަސެންޓް: ފިނޭންސް

24 ޖެނުއަރީ 2018
ވިލާއިން ދައްކަންޖެހޭ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ އާމްދަނީގެ 13 ޕަސެންޓް: ފިނޭންސް
15 ޖެނުއަރީ 2018

ސަރުކާރަށް އާމްދަނީ ލިބެނީ ދަރަނިން: އަމީން

15 ޖެނުއަރީ 2018
ސަރުކާރަށް އާމްދަނީ ލިބެނީ ދަރަނިން: އަމީން
30 ޑިސެމްބަރު 2017

މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ކުރި ޚަރަދަށް ވުރެ އާމްދަނީ 277 މިލިއަން ރުފިޔާ އިތުރުވެއްޖެ

30 ޑިސެމްބަރު 2017
މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ކުރި ޚަރަދަށް ވުރެ އާމްދަނީ 277 މިލިއަން ރުފިޔާ އިތުރުވެއްޖެ
02 ޑިސެމްބަރު 2017

ދައުލަތުގެ ކުންފުނިތަކަށް ލިބޭ އާމްދަނީ ކުޑަ ވަނީ އެ ކުންފުނިތައް ބޭނުންކޮށްގެން ސިޔާސީ ހަރަކާތްތައް ސަރުކާރުން ހިންގާތީ: ރިޔާޒު

02 ޑިސެމްބަރު 2017
ދައުލަތުގެ ކުންފުނިތަކަށް ލިބޭ އާމްދަނީ ކުޑަ ވަނީ އެ ކުންފުނިތައް ބޭނުންކޮށްގެން ސިޔާސީ ހަރަކާތްތައް ސަރުކާރުން ހިންގާތީ: ރިޔާޒު
20 ނޮވެމްބަރު 2017

ދަރަނި ބޮޑުވެ ރިޒާވުން ބޮޑު ބައެއް ގެއްލިދާނެ، އާމްދަނީ ޔަގީންކުރަންޖެހޭ: އެމްއެމްއޭ

20 ނޮވެމްބަރު 2017
ދަރަނި ބޮޑުވެ ރިޒާވުން ބޮޑު ބައެއް ގެއްލިދާނެ، އާމްދަނީ ޔަގީންކުރަންޖެހޭ: އެމްއެމްއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު