Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

އަޅުގަނޑުމެންގެ ސަރުކާރެއްގައި ތެލުން ނަގާ ޑިއުޓީ ކަނޑާލާނަން: އިބޫ

16 އޯގަސްޓު 2018 | ބުރާސްފަތި 12:49

ގުރައިދޫގައި ގޯތިނުލިބުމުގެ މައްސަލައަށް ހައްލު ހޯދާ ދެއްވާނެ ކަމަށް ވިދާޅުވި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 16 އޯގަސްޓު 2018 | ބުރާސްފަތި 12:49
ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް

ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް

ކޯލިޝަން ސަރުކާރެއްގައި ޕެޓްރޯލާއި ޑީސަލުން މިހާރު ނަގަމުން އަންނަ ޑިއުޓީ ކަނޑާލާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު ކ. ގުރައީދޫއަށް ވަޑައިގެން އެރަށުގައި ހުރި ކޯލިޝަންގެ ޖަގަހަ ހުޅުވާދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ރަށްރަށުގެ ވިޔަފާރީގެ ތަކުންނާއި ގެސްޓް ހައުސްތަކުގެ ކަރަންޓް ފީ ބޮޑުވުމުގެ ސަބަބުން އެ ވިޔަފާރީތަކަށް ދަތިތަކެއް އެބަހުރި ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ ސަރުކާރެއްގައި ރަށްރަށުގައި ހިންގަމުންދާ ވިޔަފާރިގެތަކާއި ގެސްޓް ހައުސްތަކުން ނަގާ ކަރަންޓް ފީ ކުޑަ ކޮށްދެއްވާނެ ކަމަށް ވައުދު ވެވަޑައިގެންނެވި އެވެ.

Advertisement - newsAdvertisement

ކަރަންޓް އަގު ހެޔޮ ކުރެވިދާނެ ގޮތްތަކެއް އެބަ ހުރިކަމަށް ފާހަގަ ކުރައްވައި އިބޫ ވިދާޅުވީ އެއްގޮތަކީ ސޯލާއިން ކަރަންޓް އުފެއްދުން ކަމަށެވެ. އަދި އަނެއް ގޮތަކީ ތެލުން ނަގާ ޑިއުޓީ ކަނޑާލުން ކަމަށް ފާހަގަ ކުރެއްވި އެވެ. މި ސަރުކާރުން ވަނީ އިތުރު ބާވާތްތަކުން ޑިއުޓީ ނަގަން ފަށާފައިކަން ފާހަގަ ކުރައްވައި އެމަނިކުފާނު ވިދާޅުވީ ދުނިޔޭގެ ތެލުގެ އަގަށް އަންނަ ބަދަލުތައް ސަރުކާރުން ހާމަ ކުރަމުން ނުދާ ކަމަށެވެ.

ތެލުން ނަގާ ޑިއުޓީ ކަނޑާލުމުން ޕެޓްރޯލާއި ޑީސަލް ބޭނުން ކޮށްގެން ވިޔަފާރީގެ މުއަމާލަތް ކުރާ ފަރާތްތަކަށް އޭގެ ހެޔޮ ބަދަލު އަންނާނެ ކަމަށްވެސް އިބޫ ވިދާޅުވި އެވެ.

ގުރައިދޫގައި ވެސް އޮތް އެންމެ ބޮޑު މައްސަލައަކީ ގޯތިގެދޮރު ބޭނުންވެފައިވާ މީހުނަށް ގޯތިނުލިބުމުގެ މައްސަލަ ކަމަށް ފާހަގަ ކުރައްވާ އިބޫ ވިދާޅުވީ ބޯހިޔާވަހިކަމުގެ މަޝްރޫއުގައި ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ އެ މައްސަލައަށް ހައްލު ހޯދާ ދެއްވާނެ ކަމަށެވެ. އަދި ގުރައިދޫގެ ބަނދަރު ބޭނުން ކުރުމަށް ހުރި ދަތިތައް ކައުންސިލްގެ މަޝްވަރާއާއެކު ހައްލު ހޯދާ ދެއްވާނެކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

އިތުރަށް ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ އިންސާފު ނެތީ ހަމަ އެކަނި އަދުލު އިންސާފުގެ ދާއިރާގައި ނޫން ކަމަށާއި ވަޒީފާތަކުން މީހުން ވަކި ކުރުމުގައި ވެސް އެއްވެސް އިންސާފެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ ސިޔާސީ ފިކުރު ތަފާތުވުމަކީ މައްސަލައެއް ނޫން ކަމަށާއި ވަޒީފާގެ ކުރިއެރުން ދިނުމުގައި އެ މީހެއްގެ ފިކުރަށް ނުބައްލަވާނެ ކަމަށެވެ.

"އަޅުގަނޑުމެންނާއެކު ކުރިއަށް ވަޑައިގަންނަވާ. އަޅުގަނޑުމެންގެ ފަރާތުން މިރަށުގެ އެއްވެސް ރައްޔިތަކަށް ދެރަ ގޮތެއް ނުވާނެ،" އިބޫ ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2017

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

19 އޮކްޓޯބަރު 2017
ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ
01 މާރިޗު 2017

ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑު ކުރުމަށް މަޖިލީހުން ފާސްކޮށްފި

01 މާރިޗު 2017
ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑު ކުރުމަށް މަޖިލީހުން ފާސްކޮށްފި
28 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން ހުށަހެޅި ބިލް ފާސްކުރުން މާދަމާގެ ޖަލްސާގައި

28 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން ހުށަހެޅި ބިލް ފާސްކުރުން މާދަމާގެ ޖަލްސާގައި
28 ފެބުރުއަރީ 2017

ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ

28 ފެބުރުއަރީ 2017
ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ
27 ފެބުރުއަރީ 2017

ވަގަށްނަގާ ނުވަތަ ގެއްލޭ ފޯނު ޓެކްނޮލޮޖީގެ އެހީގައި ހޯދޭނެ ނިޒާމެއް ގާއިމުކޮށްފި

27 ފެބުރުއަރީ 2017
ވަގަށްނަގާ ނުވަތަ ގެއްލޭ ފޯނު ޓެކްނޮލޮޖީގެ އެހީގައި ހޯދޭނެ ނިޒާމެއް ގާއިމުކޮށްފި
27 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން ހުށަހެޅި އަދަދަށް ވުރެ ބޮޑުކޮށް ކޮމެޓީން ފާސްކޮށްފި

27 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން ހުށަހެޅި އަދަދަށް ވުރެ ބޮޑުކޮށް ކޮމެޓީން ފާސްކޮށްފި
21 ފެބުރުއަރީ 2017

ޑިއުޓީގެ ބޮޑުކޮށްގެން ލިބޭ ފައިސާއިން އާންމުން ހޭލުންތެރިކުރަން ސަރުކާރު މެމްބަރުން ދެކޮޅު!

21 ފެބުރުއަރީ 2017
ޑިއުޓީގެ ބޮޑުކޮށްގެން ލިބޭ ފައިސާއިން އާންމުން ހޭލުންތެރިކުރަން ސަރުކާރު މެމްބަރުން ދެކޮޅު!
16 ފެބުރުއަރީ 2017

ސިނގިރޭޓްގެ ޑިއުޓީން މިދިއަ އަހަރުވެސް 622 މިލިއަން ރުފިޔާ ލިބުނު، ނަމަވެސް ހޭލުންތެރި ކުރުމަށް ކުރެވުނު ކަމެއް ނެތް!

16 ފެބުރުއަރީ 2017
ސިނގިރޭޓްގެ ޑިއުޓީން މިދިއަ އަހަރުވެސް 622 މިލިއަން ރުފިޔާ ލިބުނު، ނަމަވެސް ހޭލުންތެރި ކުރުމަށް ކުރެވުނު ކަމެއް ނެތް!
06 ފެބުރުއަރީ 2017

4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް