Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޢަބްދުﷲ ރިޔާޒް

އިސްތިއުނާފާމެދު ގޮތެއް ނިމެންދެން ކަފާލާތުގެ ދަށުން ޢަބްދުﷲ ރިޔާޒް ދޫކޮށްލަން އެދިއްޖެ

16 އޯގަސްޓު 2018 | ބުރާސްފަތި 05:56

ހުކުމުގެ މުއްދަތުގައި ދެން ބާކީ އޮތީ 1 މަސްދުވަސް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 16 އޯގަސްޓު 2018 | ބުރާސްފަތި 05:56
ކިނބިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޒް: ހުކުމުގައި

ކިނބިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޒް: ހުކުމުގައި

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޒަށް ކޮށްފައިވާ ހުކުމްގެ އިސްތިއުނާފާމެދު ގޮތެއް ނިމެންދެން ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

ޢަބްދުﷲ ރިޔާޒްގެ ޤާނޫނީ ވަކީލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ 24 އޭޕްރީލް 2018 ވަނަ ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓުން ޢަބްދު ﷲ ރިޔާޒު 4 މަހާއި 24 ދުވަހަށް ޖަލަށްލުމަށް ކޮށްފައިވާ ޙުކުގެ މުއްދަތުން، 3 މަހާއި 24 ދުވަސް މިހާރު ވަނީ ތަންފީޒުކޮށް ނިމިފައި ކަމަށާއި އެމައްސަލަ އިސްތިއުނާފު ކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން އެކޯޓުން މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅުއްވާފައި ނުވާ ކަމަށެވެ. އެހެންކަމުން ޢަބްދުﷲ ރިޔާޒުގެ މައްޗަށް ކޮށްފައިވާ ޙުކުމުން ތަންފީޒުވެފައިވާ މިންވަރަށް ރިޢާޔަތްކޮށް، އެޙުކުމުގެ ބާކީ އޮތް މުއްދަތުގައި އިސްތިއުނާފާމެދު ގޮތެއް ނިންމެންދެން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަވައިދުގެ 106 ވަނަ މާއްދާއިން ލިބިދޭ ބާރުގެ ދަށުން ޢަބްދު ﷲ ރިޔާޒު ކަފާލާތުގެ އުސޫލުން ބަންދުން ދޫކޮށްދިނުމަށް، މިމަހުގެ 13 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އަދި ޢަބްދު ﷲ ރިޔާޒު 2 މާރޗް 2018 ވަނަ ދުވަހު ފުލުހުން ހައްޔަރުކޮށް، އެއްވެސް ސަބަބެއް އެންގުމެއް ނެތި 12 ދުވަހު ޖަލުގައި ގެންގުޅުމަށް ފަހު، ތޭރަވަނަ ދުވަހު ތުހުމަތެއް އިއްވައި ފުލުހުން ތަޙްޤީޤު ކުރި މައްސަލާގައި ޖިނާއީ ދަޢުވާއެއް ކުރެވެން އޮތް ކަމަށް ނުފެންނަ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމަވާފައި ވާތީ، މައްސަލަ ފައިލް ކޮށްފައިވާ ކަމަށް، 14 އޮގަސްޓް 2018 ވަނަ ދުވަހު ލިޔުމުން ފުލުހުން އަންގަވާފައިވާ ކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ.

ވަކީލުންގެ ބަޔާނުގައި ބުނެފައިވަނީ 2 މާރޗް 2018 ވަނަ ދުވަހު ޢަބްދު ﷲ ރިޔާޒު ހައްޔަރުކޮށްގެން އެއްވެސް ސަބަބެއް އެންގުމަކާ ނުލައި ފުލުހުން ގެންގުޅުނު ގެންގުޅުމާއި 13 ވަނަ ދުވަހު ހިންގި ތަޙްޤީޤަކީ އެހައްޔަރު ޤާނޫނުގެ ތެރެއަށް ފެއްތުމަށް ކޮށްފައިވާ މަސައްކަތެއްކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ނިންމުމުން ކަށަވަރުވެގެން ގޮސްފައިވާތީ، ޤާނޫނާ ޚިލާފަށް ޢަބްދު ﷲ ރިޔާޒު ހައްޔަރުކޮށްގެން ގެންގުޅުމުގައި ފުލުހުންގެ ތެރެއިން ބައިވެރިވެފައިވާ ފަރާތްތައް ހޯދައި މައްސަލަ ތަޙްޤީޤުކުރުމަށް، މޯލްޑިވްސް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށާއި ހިއުމަންރައިޓްސް ކޮމިޝަނަށް އިލްތިމާސްކޮށް ދަންނަވާ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

05 މާރިޗު 2017

މާލެ ގެނެވޭނެ ގޮތެއް ހަމަނުޖެހި، ހާލުބޮޑު ބަލިމީހެއް ވިލިނގިލީގައި މަރުވެއްޖެ!

05 މާރިޗު 2017
މާލެ ގެނެވޭނެ ގޮތެއް ހަމަނުޖެހި، ހާލުބޮޑު ބަލިމީހެއް ވިލިނގިލީގައި މަރުވެއްޖެ!
26 ފެބުރުއަރީ 2017

ފ އަތޮޅަށް ހަދަން އުޅޭ ގޮތެއް ނޭނގޭތީ މުޒާހަރާއަށް ނުކުންނަނީ!

26 ފެބުރުއަރީ 2017
ފ އަތޮޅަށް ހަދަން އުޅޭ ގޮތެއް ނޭނގޭތީ މުޒާހަރާއަށް ނުކުންނަނީ!
25 ފެބުރުއަރީ 2017

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

25 ފެބުރުއަރީ 2017
މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް
22 ފެބުރުއަރީ 2017

މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ

22 ފެބުރުއަރީ 2017
މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ
20 ފެބުރުއަރީ 2017

ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

20 ފެބުރުއަރީ 2017
ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް