Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑރ އިޔާޒް

ޑރ އިޔާޒަށް ބޮޑު ޖަމާއަތުގައި އިމާމުވެ އީދު ނަމާދުކުރުމުގެ ހުއްދަ ދިނުމަށް އިސްލާމިކް މިނިސްޓްރީން ދެކޮޅު ހަދައިފި

ރަށުގައި ގާއިމްވެ ހުންނަ އިމާމެއްގެ މައުލޫމާތު ފޮނުވުމަށް ވަނީ އަންގާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 15 އޯގަސްޓު 2018 | ބުދަ 23:04
ދީނީ އިލްމުވެރިޔާ ޑރ އިޔާޒު

ދީނީ އިލްމުވެރިޔާ ޑރ އިޔާޒު

ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބުދުލްލަތީފަށް ބޮޑު ޖަމާއަތުގައި އިމާމުވެ އީދު ނަމާދުކުރުމުގެ ހުއްދަ ދިނުމަށް އިސްލާމިކް މިނިސްޓްރީން ދެކޮޅު ހަދައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިކަމަށް ދެކޮޅު ހަދާފައިވަނީ ރ. ކިނަޅޮސްގައި ބޮޑު ޖަމާއަތުގައި އިމާމުވެ އީދު ނަމާދުކުރުމުގެ ހުއްދަ ޑރ އިޔާޒަށް ދިނުމަށް އެދި އެރަށު ކައުންސިލުން އިސްލާމިކް މިނިސްޓްރީއަށް ފޮނުވި ސިޓީއާއި ގުޅިގެން އެ މިނިސްޓްރީން ކައުންސިލަށް ދިން ޖަވާބުގައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ކިނޮޅޮހުގެ ކައުންސިލްގެ ރައީސް އަހުމަދު ހުސެއިން ވިދާޅުވީ އިމާމުވެ އީދު ނަމާދުކުރުމުގެ ހުއްދަ ޑރ. އިޔާޒަށް ދިނުމަށް ކައުންސިލުން އިސްލާމިކް މިނިސްޓްރީއަށް ސިޓީ ފޮނުވީ އެ މިނިސްޓްރީގެ ހުއްދައާ ނުލައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ނުކުރުމަށް ކައުންސިލްތަކަށް އެންގުމާއި ގުޅިގެން ކަމަށެވެ.

އަހުމަދު ވިދާޅުވީ ކިނޮޅޮހުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރަން ބޭނުންވާތީ އެކަމުގެ ހުއްދައަށް އެދި ސިޓީ ފޮނުވާފައިވާކަމަށެވެ. އެ ސިޓީގެ ޖަވާބުގައި ޖަމާއަތުގައި އިމާމުވެ ނަމާދުކުރާ ބޭފުޅެއްގެ މައުލޫމާތު ފޮނުވައިދޭން އެދުމުން ޑރ އިޔާޒްގެ މައުލޫމާތު ފޮނުވިކަމަށް އަހުމަދު ވިދާޅުވިއެވެ.

އަހުމަދު ވިދާޅުވީ ހުއްދަ ހޯދުމަށް އިސްލާމިކް މިނިސްޓްރީއަށް ފޮނުވި ސިޓީގެ ޖަވާބު ލިބުން ލަސްވާތީ ކައުންސިލުން އެކިފަހަރު މަތިން ގުޅިކަމަށާއި، ނަމަވެސް ހަފްތާއެއް ވެގެން ދިޔައިރު ވެސް ޖަވާބެއް ދީފައި ނުވާ ކަމަށެވެ. ނަމަވެސް ކުރެވުނު މަސައްކަތުން ބުދަ ދުވަހު ދޭއްޖަހަން ވަނިކޮށް އެމިނިސްޓްރީން ޖަވާބު ފޮނުވި ކަމަށާއި، ފޮނުވި ޖަވާބަކީ ބަލައިގަނެވޭނެ ޖަވާބެއް ނޫން ކަމަށެވެ. އަހުމަދު ވިދާޅުވީ އިސްލާމިކް މިނިސްޓްރީން ފޮނުވާފައިވާ ސިޓީގައި ރަށުގައި ގާއިމްވެ ހުންނަ އިމާމެއްގެ މައުލޫމާތު ފޮނުވުމަށް އަންގާފައިވާކަމަށެވެ.

ޑރ. އިޔާޒަކީ ބޮޑު ޖަމާއަތުގައި އިމާމުވެ ނަމާދުކުރައްވާ ބޭފުޅެއްކަން ފާހަގަކުރައްވައި އަހުމަދު ވިދާޅުވީ ކިނޮޅަހަށް ޑރ .އިޔާޒު ގެނައުމަށް ނިންމީ ރަށުގެ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށާއި، މީގެ ކުރިން ވެސް ބޮޑު ޖަމާއަތުގައި އިމާމުވެ ނަމާދު ކުރަނީ ރަށުގައި ގާއިމްވެ ތިބޭ އިމާމުނެއް ނޫން ކަމަށެވެ.

"ބޮޑު ޖަމާއަތުގައި މިހެން ބޭރުން ޝެއިޚުން ގެނެސްގެން އީދު ނަމާދު ކުރާތާ ވަރަށް ދުވަސް ވެއްޖެ. މިއަހަރުގެ ކުޑަ އީދު ވެސް ކުރީ މިގޮތަށް. މީގެ ކުރިން މިރަށުގައި ޝެއިޚް ޝާފިއު، ޝެއިޚް އަލީ ޒާހިރު ފަދަ މަޝްހޫރު ބޭފުޅުން އީދު ނަމާދުގައި އިމާމުކަން ކުރައްވަނީ" އަހުމަދު ވިދާޅުވިއެވެ.

އަހުމަދު ވިދާޅުވީ އެރަށުގެ ބޮޑު ޖަމާއަތުގައި އިމާމުވެ އީދު ނަމާދު ކޮށްދިނުމަށް އައުމަށް ޑރ. އިޔާޒަށް ދައުވަތު ފޮނުއްވުމުން އެކަން ގަބޫލުކުރެއްވުމާއި ގުޅިގެން ދަތުރުގެ ކަންކަން ހަމަޖައްސާ، ޓިކެޓްވެސް ނަގާފައިވާ ކަމަށެވެ. އިސްލާމިކް މިނިސްޓްރީގެ މި އަމަލުގެ ސަބަބުން ވަރަށް ބޮޑަށް ކަންބޮޑުވާކަމަށާއި، ހުއްދަ ނުލިބިގެން ބޮޑު ޖަމާއަތުގައި އީދު ނަމާދު ނުކުރެވިއްޖެނަމަ ރައްޔިތުން ވަރަށް ހިތްހަމަ ނުޖެހޭނެ ކަމަށް އޭނަ ވިދާޅުވިއެވެ.

"ދެން ބުރާސްފަތި ދުވަހު މިރަށުގައި ގާއިމްވެ ހުންނަ އިމާމެއްގެ މައުލޫމާތު ފޮނުވާނަން. ޑރ އިޔާޒަށް އިމާމުވެ ނަމާދު ކުރުމުގެ ހުއްދަ ނުދިނަސް މިރަށުގެ ރައްޔިތުން ބޭނުންވޭ ބޮޑު ޖަމާއަތުގައި ނަމާދު ކުރަން. ދެން މިއީދު ޑރ އިޔާޒު ވަޑައިގެންފިނަމަ ރަށުގެ ރައްޔިތުން އެމިނިކުފާނުގެ އަޑު އަހާނެ ހަމަ. އިސްލާމިކް މިނިސްޓްރީ މަނާ ކުރެވޭނީ އިމާމުވެ ނަމާދު ކުރުންތާ. މިރަށަށް އައުމެއް މަނައެއް ނުކުރެވޭނެ" އަހުމަދު ވިދާޅުވިއެވެ.

އަހުމަދު ވިދާޅުވީ ޑރ އިޔާޒަށް އިމާމު ކުރުމުގެ ހުއްދަ ނުދޭންވި އެއްވެސް ސަބަބެއް ނުވިސްނޭ ކަމަށާއި، ގަބޫލުކުރެވެނީ މިފަހަކަށް ރައީސް ޔާމިންގެ ސަރުކާރުން ހިންގާ ނުރަނގަޅު އަމަލުތަކަށް ޑރ އިޔާޒު ފާޅުގައި ބަސްބުނަމުންދާތީ ހުއްދަ ނުދެނީ ކަމަށެވެ.

މިއީ ޑރ އިޔާޒަށް ޒާތިވެ ހިންގާފައިވާ އަމަލެއް ކަމަށާއި، މިކަމުގެ ސަބުބުން ހުރިހާ ނިކަމެތި ކަމެއް ލިބެނީ ރައްޔިތުންނަށް ކަމަށް އަހުމަދު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ

30 ޖެނުއަރީ 2017
ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު