Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

އަޅުގަނޑުމެންގެ ވެރިކަމެއްގައި ޒުވާނުންގެ އުއްމީދުތައް ހަގީގަތަކަށް ހަދާދޭނަން: އިބޫ

15 އޯގަސްޓު 2018 | ބުދަ 22:53

ޒުވާނުންނަށް ފަހި ފުރުސަތު ހޯދާދެއްވާނީ އިބޫ: ފައިސަލް

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 15 އޯގަސްޓު 2018 | ބުދަ 22:53
ޒުވާނުންގެ ޖަގަހަ ހުޅުވުމަށް ބޭއްވި ހަރަކާތުގައި އިބޫ އާއި ފައިސަލް ބައިވެރިވަޥައިގަންނަވަނީ

ޒުވާނުންގެ ޖަގަހަ ހުޅުވުމަށް ބޭއްވި ހަރަކާތުގައި އިބޫ އާއި ފައިސަލް ބައިވެރިވަޥައިގަންނަވަނީ

އެމަނިކުފާނުގެ ސަރުކާރުގައި މިހާރު ޒުވާނުންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ގެނެސް ޒުވާނުންގެ އުއްމީދުތައް ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގެންފި އެވެ.

ބުދަ ދުވަހުގެ ރޭ، ޒުވާނުންގެ ޖަގަހަ ހުޅުއްވާދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި އިބޫ ވަނީ ޒުވާނުންނަށް އެމަނިކުފާނުގެ ސަރުކާރުގައި ކޮށްދެއްވާނެ ބައެއް ކަންކަންވެސް އިއުލާން ކުރައްވާފަ އެވެ. އެގޮތުން ޒުވާނުންނަށް މީގެ ކުރިއެކޭ އެއްގޮތައް ސްކޮލަޝިޕްތައް ދީ އެ ޒުވާނަކު ބޭނުންވާ ގައުމަކުން ކިޔެވުމުގެ ފުރުސަތު ދެއްވާނެ ކަމަށް ވިދާޅުވި އެވެ. އަދި މާލޭގެ ކައިރީގައި ދަތުރުދާން ރަށެއް ހަމަ ޖައްސަވާ ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement - newsAdvertisement
"އަޅުގަނޑުމެނަށް ފެނިގެން މިދިޔައީ ޒުވާން ކުޅުންތެރިން ޖަލަށްލާ މަންޒަރު. ޒުވާން ލޯޔަރުން ސަސްޕެންޑްކުރާ މަންޒަރު. ޒުވާން ކައުންސިލަރުން ސަސްޕެންޑްކުރާ މަންޒަރު. ގެޓް ސެޓް ނަމުގައި ދޭން ފެށި ލޯން ނާޖައިޒުގޮތުގައި ބޭނުން ބަޔަކަށް ދޭން ފެށި މަންޒަރު. އިރާދަ ކުރެއްވިއްޔާ މި ހުރިހާ ކަމަކަށް ހައްލު ހޯދާ ދޭނަން،" އިބޫ ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގެ އާބާދީގެ 45 ޕަސެންޓް މީހުންނަކީ ޒުވާނުން ކަމަށްވާއިރު އޭގެ ތެރޭގައި 19 ޕަސެންޓާއި 23 ޕަސެންޓްގެ ޒުވާނުންނަކީ ވަޒީފާ ނެތް މީހުން ކަމަށް އިބޫ ވިދާޅުވި އެވެ. ޒުވާނުނަށް ވޯޓުލުމުގެ ހައްގު ހޯދާދެއްވި މީހުން ތިބީ ކޯލިޝަންގެ ތެރޭގައި ކަމަށްވެސް އިބޫ ވިދާޅުވި އެވެ. އަދި ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަނަކީ ޒުވާނުންނާ އެހެން ހުރިހާ އުމުރެއްގެ މީހުންގެ ވެސް ކޯލިޝަނެއްކަން ފާހަގަ ކުރައްވައި އިބޫ ވިދާޅުވީ އެ ކޯލިޝަނުން ނިކުމެ ތިބީ ޒުވާނުންނަށް ބޭނުންވާ ކަންކަން ހާސިލްކޮށްދިނުމަށް ކަމަށެވެ.

މި ޖަގަހަ ހުޅުވުމުގައި ބައިވެރިވަޑައިގެންނެވި އިބޫގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވީ މި ފަހަރަކީ ޒުވާނުންގެ ފަހަރު ކަމަށެވެ.

"އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރެއްގައި ދިވެހި ޒުވާނުންނަކީ ދިވެހި ގައުމުގެ ހަލުވި ދުވެލީގައި 24 ގަޑިއިރު މަސައްކަތް ކުރެވޭ ބަޔަކަށް ހަދާނަން. ދިވެހި ޒުވާނުންނަކީ ވަޒީފާއެއްނެތި އުޅެން ޖެހިފައިވާ ބައެއްގެ ކަމުގައި އޮންނަ އޮތުން ނިމުމަކަށް ގެންނާނަން،" ފައިސަލް ވިދާޅުވި އެވެ.

ޒުވާނުންނަކީ އަމިއްލަ މަސައްކަތުން ހަމަ ޖެހިގެން ދިރިއުޅޭ ބަޔަކަށް ވުމަށްޓަކައި މިފަހަރު ކޯލިޝަނަށް ވޯޓު ދިނުމަށްވެސް ގޮވާލައްވާފައިވެ އެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

26 ނޮވެމްބަރު 2017

ޒުވާނުންގެ އެވޯޑު މިއަހަރު ހަތް މީހަކަށް

26 ނޮވެމްބަރު 2017
ޒުވާނުންގެ އެވޯޑު މިއަހަރު ހަތް މީހަކަށް
04 ނޮވެމްބަރު 2017

ޤައުމަށް ޚިޔާނާތްތެރިވެފައިވާ ބަޔަކު މިއަދުވެސް އަޅުގަނޑުމެންގެ މިނިވަން ޖައްވަށް ނޭވާލަމުންދޭ: ދިފާޢީ ވަޒީރު

04 ނޮވެމްބަރު 2017
ޤައުމަށް ޚިޔާނާތްތެރިވެފައިވާ ބަޔަކު މިއަދުވެސް އަޅުގަނޑުމެންގެ މިނިވަން ޖައްވަށް ނޭވާލަމުންދޭ: ދިފާޢީ ވަޒީރު
17 އޮކްޓޯބަރު 2017

ޒުވާނުންގެ އިނާމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

17 އޮކްޓޯބަރު 2017
ޒުވާނުންގެ އިނާމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
22 ޖުލައި 2017

އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ރައީސަކަށް މީކާއީލް، ނައިބު ރައީސަކަށް މާއިޒް

22 ޖުލައި 2017
އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ރައީސަކަށް މީކާއީލް، ނައިބު ރައީސަކަށް މާއިޒް
18 ޖުލައި 2017

އަޅުގަނޑުމެންގެ ގޭމް ޕްލޭން އޮތީ ރާވައި ނިމިފައި: ރައީސް މައުމޫނު

18 ޖުލައި 2017
އަޅުގަނޑުމެންގެ ގޭމް ޕްލޭން އޮތީ ރާވައި ނިމިފައި: ރައީސް މައުމޫނު
11 ޖުލައި 2017

އަޅުގަނޑުމެންގެ މެމްބަރުންގެ ގޮނޑިތައް ގެއްލުނަސް މައްސަލައެއް ނެތް: އަބްދުއްރަހީމް

11 ޖުލައި 2017
އަޅުގަނޑުމެންގެ މެމްބަރުންގެ ގޮނޑިތައް ގެއްލުނަސް މައްސަލައެއް ނެތް: އަބްދުއްރަހީމް
05 ޖުލައި 2017

ރައީސް ޔާމީނަށް ތާއީދު އޮތްކަން ހާމަކުރުމުގެ ގޮތުން ޒުވާނުންގެ އެއްވުމެއް ބާއްވައިފި

05 ޖުލައި 2017
ރައީސް ޔާމީނަށް ތާއީދު އޮތްކަން ހާމަކުރުމުގެ ގޮތުން ޒުވާނުންގެ އެއްވުމެއް ބާއްވައިފި
05 ޖުލައި 2017

"އަޅުގަނޑުމެންގެ މޫނުމަތިންވެސް ފެންނާނެ ޕްރެޝަރެއް ނެތްކަން": ޝައިނީ

05 ޖުލައި 2017
"އަޅުގަނޑުމެންގެ މޫނުމަތިންވެސް ފެންނާނެ ޕްރެޝަރެއް ނެތްކަން": ޝައިނީ
04 ޖުލައި 2017

އިސްލާމީ ވެރިކަމެއްގައި ވެރިން ޖަވާބުދާރީ ކުރުވުމަކީ ވަރަށް މުހިއްމުކަމެެއް: މަޖީދު

04 ޖުލައި 2017
 އިސްލާމީ ވެރިކަމެއްގައި ވެރިން ޖަވާބުދާރީ ކުރުވުމަކީ ވަރަށް މުހިއްމުކަމެެއް: މަޖީދު
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް