Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޒުވާނުންގެ އިނާމް

ޒުވާނުންގެ އިނާމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

17 އޮކްޓޯބަރު 2017 | އަންގާރަ 09:09

ޒުވާނުންގެ އިނާމަށް މިމަހުގެ ނިޔަލަށް ކުރިމަތިލެވޭނެ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 17 އޮކްޓޯބަރު 2017 | އަންގާރަ 09:09
ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް

ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް

މިއަހަރުގެ ޒުވާނުންގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

ޔޫތު މިނިސްޓްރީގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ މިމަހުގެ 22 ވަނަ ދުވަހާއި ހަމައަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވީ ނަމަވެސް މިހާރު އެ ފުރުސަތު މިމަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ޒުވާނުންގެ ދުވަހުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުގައެވެ.

މިއަހަރުގެ ޒުވާނުންގެ އިނާމް ދިނުމަށް ވަނީ 11 ދާއިރާ ކަނޑައަޅާފައެވެ. ޒުވާޏުންގެ އިނާމު ހާސިލު ކުރައްވާ ކޮންމެ ޒުވާނަކަށް ޒުވާނުންގެ އެވޯޑާއި 25 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދިނުމަށް ހަމަޖެހިފައެވެ. މި އިނާމަށް ކުރިމަތި ލެވޭނީ ސުންގަޑި ހަމަވާ ތާރީޚަށް 18 އަހަރު ފުރި 36 އަހަރު ނުފުރޭ ޒުވާނެއްކަމުގައި ވުމާއި ކުރިމަތިލާ ދާއިރާގައި މަދުވެގެން 5 އަހަރުގެ ޚިދުމަތް ކޮށްދީގެންނެވެ. އެހެން ނަމަވެސް ޒުވާނުންގެ އިނާމް ކަނޑައަޅާފައިވާ ޝަހީދު ޖަވާދު އުމަރުގެ ހަނދާނީ ފިލާ އަށް ކުރިމަތި ލުމުގައި އެޝަރުތު ތަކަށް ނުބެލެވޭނެއެވެ.

މިއަރު ޒުވާނުންގެ އިނާމް ދިނުމަށް ކަނޑައަޅާފައިވާ ދާއިރާ ތަކަކީ :

  1. ވިޔަފާރި އަދި އިގްތިސާދޫ ރޮނގުން ޚިދުމަތް ކުރުން
  2. އާރޓް އެންޑް ކަލްޗަރ/ އުފެއްދުންތެރިކަން
  3. މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރުން
  4. ކުށްމަދުކުރުމަށް މަސައްކަތް ކުރުން
  5. ކުޅިވަރަށް މަސައްކަތް ކުރުން
  6. ދަރުމަވެރިން
  7. ވޮކޭޝަނަލް ޓްރެއިނިން-ދަސްކޮށްދިނުން
  8. ދުންފަތުގެ އިސްތިއުމާލު ކުރުމާދެކޮޅަށް މަސައްކަތް ކުރުން
  9. ދުޅަހެޔޮ އާއިލާ ބިނާކުރުން
  10. ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރުން

ޒުވާނުންގެ ގައުމީ އިނާމަކީ އެކި ދާއިރާތަކުން ގައުމުގެ ކުރިއެރުމާއި ތަރައްގީއަށް މަސައްކަތް ކުރާ ޒުވާނުންގެ މަސައްކަތުގެ އަގުވަޒަންކޮށް ހިތްވަރު ދިނުމުގެ ގޮތުން ދެމުންގެންދާ އެވޯޑެކެވެ. އަދި ޒުވާނުންނަކީ މުޖުތަމައަށް ފައިދާ ހުރި ނަމޫނާ ބައެއް ކަމަށް ހެދުމަކީވެސް މިފަދަ އެވޯޑެއް ދިނުމުގެ މަގުސަދެއް ކަމަށް ޔޫތް މިނިސްޓްރީން ބުނެ އެވެ.

ޒުވާނުންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަސް ކަމަށްވާ "ޒުވާނުންގެ ދުވަހު"ގައެވެ. މި ހަރަކާތްތަށް އެދުވަހު މުޅި ރާއްޖޭގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޒުވާނުންނަށް އަމާޒުކުރެވިގެން ތަފާތު އެކި ކުޅިވަރުތަކާއި މިއުޒިކް ޝޯތައް ރޭވިފައިވާކަމަށް ޔޫތު މިނިސްޓްރީން މައުލޫމާތު ދެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

5

ދުޝްމަނުން އީރާނުގެ ބިމުގައި ފައިޖައްސާލައިފި ނަމަ ފައިބުރިކޮށްލާނަން: ކޮމާންޑަރު

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި

15 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި
12 ފެބުރުއަރީ 2017

ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި

12 ފެބުރުއަރީ 2017
ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި
11 ފެބުރުއަރީ 2017

ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!

11 ފެބުރުއަރީ 2017
ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

01 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި
24 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި

24 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް