Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާސީ އިންތިޚާބު 2018

ބޭރުގެ ގައުމުތަކުން ރާއްޖޭގެ ރަށްތަކާއި ފަޅުތައް ނަގާ މަންޒަރު ފެންނާނެ: ސައުދުﷲ

ދަރަނި އަދާނުކުރެވޭ ވަރަށް މިސަރުކާރުން ދަނީ ގައުމު ދަރަނިވެރި ކުރަމުން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 15 އޯގަސްޓު 2018 | ބުދަ 22:59

މިސަރުކާރުން ރާއްޖެއަށް ގެނައި ތަރައްގީގެ ސަބަބުން ބޭރުގެ ގައުމުތަކުން ރާއްޖޭގެ ރަށްތަކާއި ފަޅުތައް ނަގާ މަންޒަރު ފެންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ.

މ.ކުނޫޒުގައި ގުޅިފައިވާ ޕާޓީތަކުން ބުދަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މެންބަރު ސައުދުﷲ ވިދާޅުވީ، ރައީސް ޔާމިން ގައުމަށް ގެންނަ ތަރައްގީގެ ސަބަބުން ގައުމު ދަރަނިވެރިވާތަން މިހާރު ނުފެނުނަސް އަޅުގަނޑުމެންގެ ދަރިންގެ ދަރިންނަށް ފެންނާނެ ކަމަށެވެ. ސައުދުﷲ ވިދާޅުވީ ދަރަނި އަދާނުކުރެވިގެން ރަށްތަކާއި ފަޅުތައް ބޭރުގައުމުތަކުގެ މީހުން އައިސް ނަގާތަން ފެންނާނެ ކަމަށާއި، މިއީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

Advertisement - newsAdvertisement

ސައުދުﷲ ވިދާޅުވީ މިސަރުކާރުން ތަރައްގީ ގެނައީ އޭގެ ގެއްލުން ބޮޑުގޮތަށް ކަމަށެވެ. މަޝްރޫއެއް ހިންގަން ތޭރަ މިލިއަން ރުފިޔާ ހަރަދުވާނަމަ ލޯނުގެ ގޮތުގައި 23 މިލިއަން ރުފިޔާ ނަގާކަން ފާހަގަކުރައްވައި ސައުދުﷲ ވިދާޅުވީ ބާކީ ފައިސާއަށް ވާގޮތް ނޭނގޭ ކަމަށާއި، ބެންކުން ނަގާ ލޯނަށް އިންޓްރަސްޓާއިއެކު 30 މިލިއަން ރުފިޔާ ދައްކަން ޖެހޭނީ ރައްޔިތުންގެ ޖީބުން ކަމަށެވެ.

"އަޅުގަނޑުމެންނަކީ ނާޒުކު ތިމާވެއްޓެއް އޮތް ބައެއް. މާގިނަ ވާސިލަތްތަކެއް އޮތީއެއް ނޫން. ދުނިޔޭގައި ހަނގުރާމައެއް ފެއްޓުނަސް ބޮމެއް ގޮވިއަސް އަދި އެހެން ކަމެއްވިއަސް އޭގެ އަސަރު އަޅުގަނޑުމެން އިގްތިސާދަށް ކުރޭ. އެހެންވެއްޖެއްޔާ ކިހިނެއްތޯ އެކަން އަޅުގަނޑުމެން ކުރާނީ. މިހާރު އަންނަނީ މަހެއްގެ މައްޗައް ތިން ލައްކަ ފަތުރުވެރިން ކަމަށްވަންޏާ ނޫނިއްޔާ އެއްލައްކަ ފަތުރުވެރިން ކަމަށްވަންޏާ އެކަހަލަ ކަމެއްވެއްޖެއްޔާ އަޅުގަނޑުމެންނަށް ނުލިބޭނެ ވިހިހާސް ފަތުރުވެރިން ވެސް. ދިހަހާސް ފަތުރުވެސް ނުލިބޭނެ. އެހެންކަމަށްވަންޏާ ކިހިނެތްތޯވާނީ. އެހެންވީމަ ދެމެހެއްޓެނިވި ގޮތަކަށް ތަރައްގީ ގެންނަންޏާ މައްސަލައެއް ނެތް. މިހާރު ގެނެސްފައި މިއޮތީ ދެމެހެއްޓެނިވި ގޮތަކަށް ނޫން." ސައުދުﷲ ވިދާޅުވިއެވެ.

ސައުދުﷲ ވިދާޅުވީ ތަރައްގީއޭ ކިޔައިގެން ރައީސް ޔާމިނަށް ތާއީދުކުރާ މަދު ބަޔަކު މާލޭގައި ކެންޕޭން ކުރަމުންދާއިރު މާލޭގެ މަގުތަކުގައި އޮތީ ހުސް ނަޖިސްކަމަށެވެ. ގައުމު ވިއްކާގެން ނުއަގުގައި ގެންނަ ތަރައްގީ ދިވެހިން ބަލައި ނުގަންނާނެ ކަމަށް އޭނަ ވިދާޅުވިއެވެ.

ސައުދުﷲ ވިދާޅުވީ ރައީސް ޔާމިން ގައުމަށް ގެންނަ ތަރައްގީގެ ސަބަބުން މިގައުމު ވަނީ އިތުރަށް ދަރަނި ކަމަށާއި، ދަރަނި ދައްކާނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ. އެހެންކަމުން މިދަރަނީގެ ކިބައިން ސަލާމަތް ވުމަށް މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމިނަށް ނޫނެކޭ ބުނެ މިވެރިކަން ނިންމަންޖެހޭ ކަމަށް އޭނަ ވިދާޅުވިއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް

ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު