Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޮޑިޓް ރިޕޯޓު

ފިޝަރީޒް މިނިސްޓްރީން ދައުލަތައް 50 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބިވާކަން ފަޅާއަރައިފި

15 އޯގަސްޓު 2018 | ބުދަ 06:32

2016 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފާހަގަ ކުރުމުން ވެސް އިސްލާހެއް ނުކުރި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 15 އޯގަސްޓު 2018 | ބުދަ 06:32
ޑރ. ޝައިނީ: ފިޝަރީޒް މިނިސްޓްރީގެ އިހުމާލުން 50 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ނުލިބި

ޑރ. ޝައިނީ: ފިޝަރީޒް މިނިސްޓްރީގެ އިހުމާލުން 50 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ނުލިބި

ސަރުކާރުގެ ފަރާތުން އެންމެ ބާރަށް ބަސް ވިދާޅުވާ އެއްވަޒީރު ކަމުގައިވާ ޑރ. މުހައްމަދު ޝައިނީގެ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ދައުލަތައް ލިބެންޖެހޭ 50 މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާ ނުލިބިވާކަން ފަޅާއަރައިފިއެވެ.

އެކަން ހާމަވެފައި ވަނީ އޮޑިޓަރ ޖެނެރަލް ނެރުއްވި އެ މިނިސްޓްރީގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓުންނެވެ.

Advertisement - newsAdvertisement

އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ އެއޮޑިޓް ރިޕޯޓުގައި ހާމަކުރައްވާފައިވާ ގޮތުގައި ޅ. ފެލިވަރުގައި ޤާއިމްކޮށްފައިވާ އައިސް ޕްލާންޓަށް 31 ޑިސެމްބަރ 2016 ގެ ނިޔަލަށް ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ ޖުމްލަ 7847131 (ހަތް މިލިއަން އަށް ސަތޭކަ ސާޅީސް ހަތް ހާސް އެއް ސަތޭކަ ތިރީސް އެކެއް) ރުފިޔާ ހޯދުމަށް މިނިސްޓްރީން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނުވުމުގެ ސަބަބުން 31 ޑިސެމްބަރ 2017 ގެ ނިޔަލަށް އެއަދަދު 10831380 (ދިހަ މިލިއަން އަށް ސަތޭކަ އެއް ހާސް ތިން ސަތޭކަ އަށްޑިހަ) ރުފިޔާއަށް އިތުރުވެފައިވާކަން ފާހަގަ ކުރެވޭ ކަމަށެވެ.

މީގެ އިތުރުން ގދ. ތިނަދޫގައި ޤާއިމްކޮށްފައިވާ އައިސް ޕްލާންޓުން ގަވާއިދުން ކުލި ދައްކަމުންދިޔަ ނަމަވެސް 2016 ވަނަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި ދައްކަންޖެހޭ ކުލި، ދައްކަންޖެހޭ މުއްދަތަށް ވުރެ ފަހުން ދެއްކުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި އައިސް ޕްލާންޓް ކުއްޔަށް ހިފާފައިވާ ފަރާތުން ދައްކަންޖެހޭ 19911 (ނަވާރަ ހާސް ނުވަ ސަތޭކަ އެގާރަ) ރުފިޔާ ހޯދާފައި ނުވާ ކަމަށް 2016 ވަނަ އަހަރު އޮޑިޓްގައި ފާހަގަކޮށްފައި ވިޔަސް 2017 ވަނަ އަހަރުގެ ނިޔަލަށް ވެސް އެ ފައިސާ ލިބިފައި ނުވާ ކަމާއި އެފައިސާ ހޯދުމަށް މިނިސްޓްރީން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނުވާކަން ފާހަގަ ކުރެވޭ ކަމަށެވެ.

މީގެ އިތުރުން ތ. އަތޮޅު ގުރައިދޫގައި ޤާއިމްކޮށްފައިވާ އައިސް ޕްލާންޓްގެ ކުއްޔާއި ޖޫރިމަނާއަށް 2016 ވަނަ އަހަރު އަހަރުގެ ނިޔަލަށް 8173817 (އަށް މިލިއަން އެއް ސަތޭކަ ހަތްދިހަ ތިންހާސް އަށް ސަތޭކަ ސަތާރަ) ރުފިޔާ ހޯދުމަށް 2017 ވަނަ އަހަރު މީރާއަށް މިނިސްޓްރީން ފޮނުވިއަސް މީރާ އިން އެފައިސާ ބަލައިގަންނަމުން ދޭތޯ މިނިސްޓްރީން ބަލާފައި ނުވާ ކަމަށް އޮޑިޓަރ ޖެނެރަލް ވަނީ ފާހަގަ ކުރައްވާފައެވެ.

ރާއްޖޭގެ މަސްވެރިކަން ތަރައްޤީކޮށް ކުރިއެރުވުމުގެ ގޮތުން ދިގުމުއްދަތުގައި އަގު ދައްކައި ނިންމާ ގޮތަށް އެގްރީމެންޓްކޮށް މަސްދޯނި ފަހަރާއި މަސްދޯނިފަހަރުގެ އިންޖީނު، މިނިސްޓްރީން އަމިއްލަ ފަރާތްތަކަށް 1997 ވަނަ އަހަރާއި 2001 ވަނަ އަހަރާ ދެމެދު ދޫކޮށްފައި ވެއެވެ. އެ އެއްބަސްވުންތަކުގައި ބަޔާންކޮށްފައިވާ ގޮތުން އެފައިސާ ފިނޭންސް މިނިސްޓްރީއަށް ނުވަތަ ފިޝަރީޒް މިނިސްޓްރީން އަންގާ ފަރާތަކަށް ދައްކަން ޖެހެއެވެ.

ނަމަވެސް 2017 ވަނަ އަހަރުގެ ނިޔަލަށް 36 ދޯންޏެއްގެ ކުއްޔާއި ޖޫރިމަނާއަށް ދައްކަން ޖެހޭ 22572131 (ބާވީސް މިލިއަން ފަސް ސަތޭކަ ހަތްދިހަ ދެހާސް އެއް ސަތޭކަ ތިރީސް އެކެއް) ރުފިޔާ އާއި 19 މަސް ދޯންޏެއްގެ އިންޖީނުގެ ކުއްޔާއި ޖޫރިމަނާއަށް ދައްކަން ޖެހޭ 10024777 (ދިހަ މިލިއަން ސައުވީސް ހާސް ހަތް ސަތޭކަ ހަތްދިހަ ހަތެއް) ރުފިޔާ ދައްކާފައި ނުވާކަން އެއޮޑިޓް ރިޕޯޓުގައި ފާހަގަ ކުރައްވާފައި ވެއެވެ.

އެ އޮޑިޓް ރިޕޯޓުގައި ހާމަކޮށްފައިވާ ގޮތުގައި މަސްދޯނި ފަހަރާއި މަސްދޯނި ފަހަރުގެ އިންޖީނު ދޫކޮށްފައިވާ ފަރާތްތަކުން އެފައިސާ ގަވާއިދުން ދައްކަމުން ގެންގޮސްފައި ނުވި ނަމަވެސް މިނިސްޓްރީގެ ފަރާތުން އެފައިސާ ހޯދުމަށް އެކަށީގެންވާ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އެގޮތުން 2017 ވަނަ އަހަރު 16 ފަރާތަކަށް މިނިސްޓްރީން ނޯޓިސް ފޮނުވާފައި ވީ ނަމަވެސް ނޯޓިސްގެ މުއްދަތު ހަމަވުމުން 2017 ވަނަ އަހަރުގެ ތެރޭގައި އިތުރު ފިޔަވަޅެއް އަޅާފައި ނުވާ ކަމަށާއި މިމައްސަލަ ވާނީ 2016 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ވެސް ހިމަނާފައި ކަމަށް އޮޑިޓަރ ޖެނެރަލް ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
30 ޖެނުއަރީ 2017

އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި

30 ޖެނުއަރީ 2017
އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
29 ޖެނުއަރީ 2017

ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

29 ޖެނުއަރީ 2017
ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
29 ޖެނުއަރީ 2017

ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

29 ޖެނުއަރީ 2017
ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް