Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2018

އިދިކޮޅު ފަރާތްތަކުގެ ކެމްޕެއިން މެޓީރިއަލް އެޑިޓް ކުރާތީ ޕީޕީއެމް އެމްޕީއިންނަށް ފާޑުކިޔުން އަމާޒުވެއްޖެ

15 އޯގަސްޓު 2018 | ބުދަ 01:21

އެމައްސަލަ ފުލުހަށް ހުށަހެޅުމަށް މެމްބަރު ރޮޒައިނާ ވަނީ ގޮވާލައްވާފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 15 އޯގަސްޓު 2018 | ބުދަ 01:21
އެޑިޓްކޮށްފައިވާ ވީޑިއޯ ޝެއަރކުރި އެއް ބޭފުޅަކީ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން

އެޑިޓްކޮށްފައިވާ ވީޑިއޯ ޝެއަރކުރި އެއް ބޭފުޅަކީ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން

ގުޅިފައިވާ ޕާޓީތަކުން ތައްޔާރުކުރާ ބައެއް ކެމްޕޭން މެޓީރިއަލް އެޑިޓްކޮށް، އޭގެ ނަހަމަ ގޮތުގައި އެންޓިކެމްޕެއިނަށް ވާގޮތަށް ޕީޕީއެމްއަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ބޭނުންކުރަމުންދާތީ ގިނަ ބަޔަކު ފާޑުކިޔަމުން އެބަދެއެވެ.

ވެރިކަންކުރާ ޕާޓީ ޕީޕީއެމްއަށް ނިސްބަތްވާ ބައެއް މެމްބަރުންނަށް ފާޑުކިޔުން އަމާޒުވެފައިވަނީ އިދިކޮޅު ޕާޓީތަކުގެ ޒުވާނުން ތައްޔާރުކޮށްފައިވާ ކެމްޕެއިން ވީޑިއޯތަކެއް އެޑިޓްކޮށްގެން ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާތީއެވެ. އެގޮތުން މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލާނެކަމަށާއި ވޯޓު ލާނީ އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) އަށް ކަމަށް ބުނާ ބައެއް ވީޑިއޯތައް އެޑިޓްކޮށް، އެ ޒުވާނުން އިބޫއާއި ދެކޮޅަށް ވޯޓު ދޭނެކަމަށް ފެންނަ ގޮތަށް އޮޅުވާލައިގެން ވީޑިއޯތައް އެޑިޓްކޮށްފައިވެއެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް މެމްބަރު ވެލިދޫ ދާއިރާގެ އަބްދުﷲ ޔާމީންވެސް އެވިޑިއޯ ޝެއަރކުރައްވާފައިވާއިރު، އެމްޑީޕީއަށް ނިސްވަތްވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރ ރޮޒައިނާ އާދަމް އެކަން ސިފަކުރެއްވީ ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގައެވެ. އަދި ވީޑިއޯ ކްލިޕްތައްފަދަ ފިކުރީ މުދަލުން ވައްކަންކުރުމަކީ ޤާނޫނީ ކުށެއްކަން މެމްބަރު ޔާމީނަށް އެނގިވަޑައިނުގަންނަވަނީތޯ ރޮޒައިނާ ސުވާލުކުރެއްވިއެވެ. މީގެ އިތުރުން އެވީޑިއޯއިން ފެންނަ ޒުވާނުން އެމައްސަލަ ފުލުހުންނަށް ހުށަހެޅުމަށް ގޮވާލައްވަމުން ރޮޒައިނާ ވިދާޅުވީ މިއަދު އެމައްސަލަ ނުބެލުނަސް ސެޕްޓެމްބަރ 23 ގެ ފަހުން މައްސަލަ ބެލޭނެކަމަށެވެ.

އިދިކޮޅު ފަރާތްތަކުގެ ކެމްޕެއިން މެޓީރިއަލްތަކަށް އުނިއިތުރު ގެނެސްގެން މެމްބަރު ޔާމީން ސޯޝަލް މީޑިއާގައި ފެތުރުއްވިއިރު، ބ. ކުޑަރިކިލަށް ޕީޕީއެމްގެ ކެމްޕޭންގައި ވަޑައިގަތުމުން ޔާމީނަށް އެރަށު އަންހެނަކު ބަހުގެ ހޫނު ހަމަލާތަކެއް ދޭ ވީޑިއޯއެއް ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.

ޕީޕީއެމްގެ މަޖިލިސް މެމްބަރުން އިދިކޮޅު ފަރާތްތަކުގެ ކެމްޕެއިން ވީޑިއޯއެއް އެޑިޓްކޮށްގެން އޭގެ އަސްލު ގެއްލޭ ގޮތަށް ފަތުރަމުންދާއިރު، އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ މެނިފެސްޓޯއަށް ހަޖޫޖަހައި، މެނިފެސްޓޯގައި ނެތް ކަންތައްތަކެއް ހުރި ކަންތައްތަކެއްކަމަށް ދައްކަން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ހުސައިން މަނިކުވެސް ވަނީ މަސައްކަތްކުރައްވާފައެވެ. އެކަމަށްވެސް ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ. އެމްޑީޕީގެ މެނިފެސްޓޯގެ ޖަޒީރާ ރާއްޖެ ކޮންސެޕްޓަށް ނިހާން ހަޖޫ ޖެއްސެވިއިރު، އަދިވެސް ޕީޕީއެމްއިން އެޕާޓީގެ މެނިފެސްޓޯ އިއުލާންކޮށްފައެއް ނުވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
10 ފެބުރުއަރީ 2017

އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ

10 ފެބުރުއަރީ 2017
އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ
09 ފެބުރުއަރީ 2017

ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު

09 ފެބުރުއަރީ 2017
ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު
25 ޖެނުއަރީ 2017

ޕީޕީއެމް ޔާމީން ފެކްޝަނުގެ ކައުންސިލް ކެމްޕެއިން މެނޭޖަރަކަށް ނިމާލް ހަމަޖައްސައިފި

25 ޖެނުއަރީ 2017
ޕީޕީއެމް ޔާމީން ފެކްޝަނުގެ ކައުންސިލް ކެމްޕެއިން މެނޭޖަރަކަށް ނިމާލް ހަމަޖައްސައިފި
25 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި

25 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
20 ޖެނުއަރީ 2017

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް