Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ޖަލުގައި ތިބި މީހުން ރީ ރެޖިސްޓްރީއެއް ނުވޭ، ކަރެކްޝަންސްގެ ވެރިޔަކު ބައްދަލެއް ވެސް ނުކުރެއްވި!

13 އޯގަސްޓު 2018 | ހޯމަ 19:37

ޖަލުގައި ތިއްބެވި ސިޔާސީ ލީޑަރުން އަދިވެސް ރީ ރެޖިސްޓްރީ ނުވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 13 އޯގަސްޓު 2018 | ހޯމަ 19:37
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް (މެދުގައި)، އަދި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު (ވ) އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު (ކ)

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް (މެދުގައި)، އަދި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު (ވ) އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު (ކ)

ޖަލުތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ މީހުންނާއި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންނަށް ވޯޓުލުމުގެ ހައްގު ގެއްލޭ ގޮތަށް، މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން އަމަލުކުރަމުންދާ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެފިއެވެ.

ޖަލުގައި ތިއްބެވި ސިޔާސީ ލީޑަރުންނާއި ކުރިން ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން މިހާތަނަށް ރީ ރެޖިސްޓްރީ ވެފައި ނުވާތީ ކަރެކްޝަންގެ އިސްވެރިންނާ ބައްދަލު ކުރެއްވުމަށް އެ އިދާރާއަށް ވަޑައިގެންނެވުުން ވަނީ ބައްދަލުކުރެވޭ ގޮތް ނުވެފަ އެވެ. ކަރެކްޝަންސްގެ އިދާރާ އިން ނިކުމެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ގާނޫނީ ވަކީލު މުހައްމަދު ފައިސަލް ވިދާޅުވީ ކަރެކްޝަންގެ އިސްވެރިންނާ ބައްދަލު ކުރެއްވުމަށް ވަޑައިގެންނެވުމުގެ ކުޑަ ވަގުތު ކޮޅެއް ކުރިން ވެސް ޗެކް ކުރިއިރު ވެސް ޖަލުގައި ބަންދުކޮށްފައިވާ ސިޔާސީ ބޭފުޅުން ރީ ރެޖިސްޓްރީކޮށްފައި ނުވާކަމަށެވެ. ނަމަވެސް އެކަމާ ކޮމިޝަނުގެ އިސްވެރިޔަކާ ބައްދަލު ކުރަން އެބޭފުޅުން ވަޑައިގަތުމުން ބައްދަލު ކުރަން ދެކޮޅު ހައްދަވައި، އެޕޮއިންޓްމެންޓަކަށް އެދުމަށް ކަރެކްޝަނުން ބުނެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ފައިސަލް ވިދާޅުވީ ޖަލުގައި ބަންދުގައި ތިބި މީހުންގެ ތެރެއިން ރެޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކުން ރީ ރެޖިސްޓްރީ ފޯމް ހުށަހެޅުމުން އެކަންކުރުމަކީ ކަރެކްޝަނުގެ ޒިންމާއެއް ކަމަށާއި ބައެއް ބޭފުޅުން ފޯމު ލިތާ އެތައް ދަވަހެއް ފާއިތުވެފައިވާއިރު، މިއަދާ ހަމައަށް ރެޖިސްޓްރީ ނުވެ އޮތުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން ކަރެކްޝަންގެ ވެރިޔަކާ ބައްދަލު ކުރެވޭނީ އެޕޮއިންޓްމެންޓެއް ހައްދައިގެން ކަމަށް ބުނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ފަރާތްތަކާއި އެކި ތުހުމަތު ތަކުގައި ޖަލު ބަންދުގައި ތިބި ފަރާތްތަކުގެ ވޯޓު ލުމުގެ ހައްގު ގެއްލޭ ގޮތަށް ދައުލަތުގެ އިދާރާއަކުން އަމަލު ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި ވޯޓުލުމުގެ ހައްގު ލިބިގެންވާ ހުރިހާ ފަރާތްތަކަށް ވެސް ވޯޓުލުމަށް ފުރުސަތު ލިބެންޖެހޭ ކަމަށެވެ. އަދި އަމުދުން ދައުލަތުގެ އިދާރާއެއްގެ އިހުމާލުން ރައްޔިތެއްގެ ވޯޓުލުމުގެ ހައްގު ގެއްލުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށް ވެސް އަނަސް ވިދާޅުވިއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ދަނީ ރީ ރެޖިސްޓްރީ ކުރުމުގެ މަސައްކަތްތަކާއި ވޯޓުލުމުގެ ހައްގު ލިބިގެންވާ ފަރާތްތަކަށް ވޯޓު ލެވޭނެ ފަސޭހަ ގޮތްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރީ ރެޖިސްޓްރީ ކުރުމުގެ އިތުރުން، ވޯޓު ފޮށި ބަހައްޓާނެ ތަންތަން އިލެކްޝަނުން މީގެ ކުރިން ކަނޑައެޅި އަދަދު މަދުކަން ފާހަގަކޮށް އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އިލެކްޝަނުން ފަހުން ވަނީ ގިނަ ރިސޯޓްތަކެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ނިންމާ ވޯޓު ފޮށީގެ އަދަދު ވެސް އިތުރު ކޮށްފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

16 ފެބުރުއަރީ 2017
ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު
05 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް

05 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި
25 ޖެނުއަރީ 2017

ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

25 ޖެނުއަރީ 2017
ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
13 ޖެނުއަރީ 2017

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް