Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ވޯޓް ނުލާ ފަރެއް ނުޖެއްސޭނެ، ކުރިން ކަންކުރި ގޮތަށް ދެނެއް ކަންކަމެއް ވެސް ނުކުރެވޭނެ: އަލީ ޒާހިރު

12 އޯގަސްޓު 2018 | އާދީއްތަ 19:47

ކުރިން ގާނޫނާ އަދި އިސޫލްތަކާއި ހިލާފަށް ކަންކަން ކުރިއަސް ދެނެއް އެފުރުސަތެއް ނެތް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 12 އޯގަސްޓު 2018 | އާދީއްތަ 19:47
މަކުނުދޫގައި ބޭއްވި ޖަލްސާގައި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވާހަކަ ދައްކަވަނީ

މަކުނުދޫގައި ބޭއްވި ޖަލްސާގައި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވާހަކަ ދައްކަވަނީ

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު އޮންނާނެ ކަމަށާއި އިންތިހާބު ނުބާއްވަން މި ސަރުކާރުން ކިތަންމެވަރެއް ކުރިއަސް އިންތިހާބު ޖެހޭނީ ބާއްވަން ކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހދ. އަތޮޅަށް މިހާރު ކުރަމުންދާ ކެމްޕެެއިން ދަތުރުގެ ތެރެއިން. އެ އަތޮޅު މަކުނުދޫގައި އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ މީގެ ކުރިން ގާނޫނާ ހިލާފަށް ގިނަ ކަންކަން މިސަރުކާރުން ކުރިނަމަވެސް ރިޔާސީ އިންތިހާބު ނުބާއްވާ ހެދޭނެ އެއްވެސް ގޮތެއް މިސަރުކާރަށް ނެތް ކަމަށެވެ.

Advertisement - newsAdvertisement
"އަޅުގަނޑުމެން ހަމަ ވިސްނާވިސްނާ ނުވިސްނުނު، ރައީސް ދެން ކޮންމެވެސް ގޮތެއް ހައްދަވާނެ އެވިދާޅުވާ ގޮތެއް އަޅުގަނޑުމެންނަކަށް ނޭނގުނު. ކޮންމެވެސް ގޮތެއް ހައްދަވައިގެން ވެރިކަމުގައި ރައީސް ޔާމީން ރައީސޭ ހުންނަވާނީ ދެން ދައުރެއްގައިވެސް، ހަމަ އެއްގޮތަކަށްވެސް އަޅުގަނޑުމެންނަކަށް ނުވިސްނުނު. ދެން މީގެކުރިން ކުރިކަންކަން އެއީ އަޅުގަނޑުމެންނަށް އާކަމެއް ނޫން. ކުރި އެއްވެސް ކަމަކީ ގާނޫނާ އޮންނަ އުސޫލުގެ ތެރެއިން ކޮށްފައިވާ ކަންކަމެއް ނޫން. އެގޮތަކަށެއް ދެން ކުރިއަށް އޮތްތަނުގައި ކަންކަމެއް ނުގެންދެވޭނެ،" އަލީ ޒާހިރު ވިދާޅުވި އެވެ.

ރާއްޖޭގެ ރިޔާސީ އިންތިހާބާ ގުޅިގެން ހިނގަމުންދާ ކަންކަން ދިވެހި ރައްޔިތުންނާއި ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި މުޅި ދުނިޔެ ބަލަމުން އެދަނީ ވަރަށް ގާތުން ކަމަށާއި މިސަރުކާރުން އިންތިހާބު ފަސްކޮށް، ނުވަތަ އިންތިހާބު ނުބާއްވަން ނިންމައިފި ނަމަ ދެން ވާނެގޮތް ބަލަން ތިބުމަށް އަލީ ޒާހިރު ވިދާޅުވި އެވެ.

"ނިކަން ކެރޭ ކަމުގައި ވަނީނަމަ، އިންތިހާބު ލަސްކުރަންވީ، ނިކަން ކެރޭ ކަމުގައި ވަނީނަމަ އިންތިހާބު ނުބާއްވަންވީ. އަޅުގަނޑުމެން ދެންވާގޮތް ބަލަން ތިބޭނަން. އިރާދަ ކުރެއްވިއްޔާ އެއީކީ އަންނާނެ ދުވަހެއް ނޫން، އަދި ވާނެކަމެއް ވެސް ނޫން،" އަލީ ޒާހިރު ވިދާޅުވި އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ހަސަން ލަތީފަށް ޖުމުލަ 25545 ވޯޓް

11 ފެބުރުއަރީ 2017
ހަސަން ލަތީފަށް ޖުމުލަ 25545 ވޯޓް
10 ފެބުރުއަރީ 2017

ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސް ނަޝީދު

10 ފެބުރުއަރީ 2017
ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސް ނަޝީދު
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ވޯޓްލުން ފަށައިފި

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ވޯޓްލުން ފަށައިފި
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ
09 ފެބުރުއަރީ 2017

ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު

09 ފެބުރުއަރީ 2017
ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު
09 ފެބުރުއަރީ 2017

ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި

09 ފެބުރުއަރީ 2017
 ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި
08 ފެބުރުއަރީ 2017

އެމްޑީޕީގެ ސައިޒު ދައްކާލަން ވޯޓްލާން ނުކުންނަންޖެހޭ:ހަސަން ލަތީފް

08 ފެބުރުއަރީ 2017
އެމްޑީޕީގެ ސައިޒު ދައްކާލަން ވޯޓްލާން ނުކުންނަންޖެހޭ:ހަސަން ލަތީފް
05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
02 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

02 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!
23 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް