Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޖަޕާން

އެމެރިކާގެ އަސްކަރީ ބޭހެއް ހުންނަ ބަދަލު ކުރުމާ ދެކޮޅަށް އޮކިނާވާގެ 70000 ރައްޔިތުން މުޒާހަރާކޮށްފި

މުޒާހަރާ ކުރާ މީހުން ބުނެފައި ވަނީ މިހާރު ހުރިތަނުން ނޫން ތަނަކަށް ބަދަލު ކުރުމަކީ ތިމާވެށީގެ ކާރިސާއެއް ކުރިމަތިވާނެ ކަމެއް ކަމަށް އަދި އަސްކަރީ ބޭސް އެއް އޮކިނާވާ ގައި ހުންނަވެސް ބޭނުން ނުވާ ކަމަށް

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 11 އޯގަސްޓު 2018 | ހޮނިހިރު 18:08
ހޮނިހިރު ދުވަހު ބޭއްވި މުޒާހަރާގެ ތެރެއިން

ހޮނިހިރު ދުވަހު ބޭއްވި މުޒާހަރާގެ ތެރެއިން

ޖަޕާނުގެ ރަށެއް ކަމަށްވާ އޮކިނާވާގައި ހުންނަ އެމެރިކާ އަސްކަރީ ބޭސްއެއް އެ ރަށުގެ އެހެން ސަރަހައްދަކަށް ބަދަލުކުރަން ކުރާ މަސައްކަތާ ދެކޮޅަށް އެރަށުގެ އެތައް ހާސް ބަޔަކު ހޮނހިރު ދުވަހު މުޒާހަރާކޮށްފިއެވެ.

އެމެރިކާގެ "މެރިން ކޯޕްސް އެއާ ސްޓޭޝަން ފުޓެންމާ" އަސްކަރީ ބޭސް މިހާރު ހުންނަނީ ވަރަށް ކާރޫބާރޫ ބޮޑު ސަރައްދެއްގައި ކަމަށް ވާއިރު، އެ އަސްކަރީ ބޭސް ބަދަލު ކުރަން ނިންމާފައި ވަނީ ވަރަށް އާބާދީ ކުޑަ އައްސޭރި ފަށުގެ ސަރަހައްދަކަށެވެ. އެހެންނަމަވެސް އަސްކަރީ ބޭސް މިހާރު ހުރި ތަނުން ބަދަލު ކުރުމާ ދެކޮޅު ފަރާތްތަކުން ބުނަމުން ގެންދަނީ އައްސޭރި ފަށުގެ ސަރަހައްދަަކަށް ބަދަލު ކުރުމަކީ ހަމައެކަނިި ތިމާވެށީގެ ކާރިސާއެއް އެކަނި ކުރިމަތިވާނެ ކަމެއް ނޫން ކަމަށާއި، އޮކިނާވާގެ ރައްޔިތުން އެ ރަށުގައި އެއްވެސް އަސްކަރީ ބޭސްއެއް ހުރުމަށް ނުރުހޭ ކަމަށެވެ.

އަސްކަރީ ބޭސް ބަދަލު ކުރުމާ ދެކޮޅަށް ކުރި މުޒާހަރާގައި އޮކިނަވާގެ ވެރިރަށް ނަހާގައި ހުންނަ ޕާކަކަށް 70000 މީހުން ހޮނިހިރު ދުވަހު ޖަމާވެ މުޒާހަރާ ކުރިއެވެ. މުޒާހަރާ ކުރަމުން ދިޔައީ މޫސުން ގޯސްވެފައިވާ ދަނޑިވަޅެއްގައި ކަމަށްވާއިރު، މުޒާހަރާގެ ބައިވެރިން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކެންސަރުގެ އާލާސްކަންފުޅެއްގައި އަވާހާރަވި އޮކިނާވާގެ ގަވަރުނަރުގެ ހަނދާނުގައި ހަމަހިމޭން ކަމުގެ ސުކޫތެއް ވެސް ގެނައެވެ. ބުރާސްފަތި ދުވަހު އަވަހާރަވީ ގަވަރުނަރު ޓަކެޝީ އޮނަގާ ގަވަރުނަރު ކަމަށް 2014 ވަނަ އަހަރު ވަޑައިގެން ވަނީ އެމެރިކާގެ އަސްކަރީ ބޭސް ހުންނަ ތަން ބަދަލު ކުރުމާ ދެކޮޅަށް އިސްވެ އަޑުއުފުއްލަވާފައެވެ. އޭނާ ވަނީ ޖަޕާނުގެ މައި ސަރުކާރުން އޮކިނާވާގެ އާންމުންގެ އަޑު ނާހާ ކަމަށް ވިދާޅުވެ، މައި ސަރުކާރަށް ވަަރަށް ފާޑުވިދާޅުވެފައެވެ.

ޖަޕާނުގައި ތިބޭ އެމެރިކާގެ 50000 ސިފައިންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ސިފައިން ގާއިމުވެ ތިބެނީ އޮކިނާވާގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު

އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު

12 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު