Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

އުމަރާއި ޝުޖާއު އިންތިޚާބުގައި ވާދަ ނުކުރަން ނިންމައިފި

10 އޯގަސްޓު 2018 | ހުކުރު 12:37

،މި ރިޔާސީ އިންތިޚާބު ބަދަލުވެފައި ވަނީ ފެންނަ ނުފެންނަ ވޯޓަކަށް

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 10 އޯގަސްޓު 2018 | ހުކުރު 12:37
ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު

ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު

އަންނަ މަހު 23 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވުމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ކުރީގެ ނާއިބު ރައީސް ޝުޖާޢު ހުސައިން ނިންމަވައިފިއެވެ.

އުމަރު ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރައްވާނެ ކަމަށް ވިދާޅުވެ ނެރުއްވާފައިވާ ބަޔާނުގައި ވަނީ ޑްރަގާއި މީހުން މެރުމާއި ކޮރަޕްޝަންގެ އަމަލުތަކުން ދިވެހިން ސަލާމަތްކޮށް އިސްލާމް ދީނުގެ ހަމަތަކުގެ މަތީގައި ގާއިމްވެ އޮންނަ އަމާން ތެދުވެރި މުރާލި މުޖްތަމައުއަކަށް ދިވެހި މުޖްތަމައު ބަދަލު ކުރުމަސް ވަކާލާތު ކުރާތާ ދިހަ އަހަރު ވެފައިވާ ކަމަށެވެ. މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އޭނާ ވާދަކުރައްވަން ނިންމެވީ އެ މިސްރާބަށް ދިވެހިން ގެންގޮސްދިނުމުގެ މަތިވެރި އުއްމީދުގައި ކަމަށް ބަޔާނުގައި ވެއެވެ.

Advertisement - newsAdvertisement

ނަމަވެސް މިއަދުގެ ސިޔާސީ ހާލަތު އޮތް ގޮތުން ހަރުދަނާ ސިޔާސަތުތަކާއި ގައުމު އަމާން މިސްރާބަކަށް ގެންގޮސްދޭނެ ލީޑަރުން އިންތިޚާބު ކުރުމަށް ވުރެ ބޮޑަށް، މި ރިޔާސީ އިންތިޚާބު ބަދަލުވެފައި ވަނީ ފެންނަ ނުފެންނަ ވޯޓަކަށް ކަމަށެވެ.

އެހެން ކަމުން ވަގުތު އަދި ނުޖެހޭ ކަމަށް ދެކޭތީ އޭނާއާ މެދު އުއްމީދު ކުރައްވާ ހުރިހާ ބޭފުޅުންގެ އަރިހުން މާޢާފަށް އެދޭ ކަމަށާއި ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރާން ނިންމި ކަމަށެވެ. އަދި އޭނާގެ ސިޔާސީ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އުމަރު ވަނީ ވިދާޅުވިއެވެ.

އިންތިޚާބުގައި ވާދަ ނުކުރައްވަން ނިންމަވާ ޝުޖާއު ނެރުއްވާފައިވާ ބަޔާނުގައި ވަނީ އޭނާ ކުރައްވަމުންގެންދަވާ މަސައްކަތަކީ ރާއްޖެއަށް ހަގީގީ ޑިމޮކްރަސީ އިޔާދަކޮށްދީ ޒުވާނުން ބާރުވެރިކޮށް ގައުމު އައު ފެށުމަކުން ފެށުމަށް ކުރާ މަސައްކަތް ކަމަށެވެ. މި މަސައްކަތަށް ހުރަސް ހެޅުމުގެ ގޮތުން އޭނާއާ އެކު މަސައްކަތް ކުރައްވާ ބޭފުޅުންނަށް މިހާރު މިގައުމުގައި އިތް ސިޔާސީ ފިކުރުތަކުން ކުރާ ދުއްތުރާތަކަކީ ވަރަށް ވެސް ނާތަހުޒީބް ކަންކަން ކަމުގައި ދެކޭ ކަމަށެވެ.

ފާއިތިވި ދިހަ އަހަރު ތެރޭގައި ގައުމުގައި އުފެދުނީ ގޮށްމުށުގެ ބާރުން ހިންގާ ކުދިކުދި ޑިކްޓޭޓަރޝިޕްތަކެއް، އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އަދި ޕީޕީއެމްއަކީ އެޕާޓީތަކުގެ އެތެރޭގައި އެއްވެސް ޑިމޮކްރަސީއެއް ނެތް ވަކި ފަރުދުންތަކެއްގެ އަމިއްލަ ސިޔާސީ ހައިހޫނު ކަމަށް ތަސައްލީއެއް ހޯދުމަށް ހިންގޭ ޑިކްޓޭޓަރޝިޕްތަކެއް ކަމަށް ޝުޖާއު ސިފަކުރައްވާފައި ވެއެވެ.

ގައުމުގެ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެ ގައުމުގެ މުޅި ދުސްތޫރީ ނިޒާމް ގަޑުބަޑު ކުރެއްވީ ރައީސް ޔާމީން ކަމަށް ވެސް ޝުޖާއު ވިދާޅުވެފައި ވެއެވެ. އެކަންތައްތައް އެހެން ހުރުމާ އެކު ރައްޔިތުންނާ ހަމައަށް ވާސިލްކޮށްދިނުމަށް ކުރާ މަސައްކަތުގައި ގޮންޖެހުންތައް ހުރި ކަމަށް ވިދާޅުވެ ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވާނެ ކަމަށް ބަޔާނުގައި ޝުޖާއު ފާހަގަކުރެއްވި އެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟

05 ފެބުރުއަރީ 2017
ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟
04 ފެބުރުއަރީ 2017

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު
04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
01 ފެބުރުއަރީ 2017

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

01 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި
25 ޖެނުއަރީ 2017

ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން

25 ޖެނުއަރީ 2017
ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން
22 ޖެނުއަރީ 2017

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017
ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް