Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކެންޑިޑެސީ ބަލައިނުގަތުން

ހުސައިންގެ ކެންޑިޑެސީ ބަލައި ނުގަތުމުން ކޯޓަށް ދާން ނިންމައިފި

ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމި ނިންމުމަކީ އީސީގެ މައްޗަށް ނުފޫޒެއް އޮވެގެން ކުރި ކަމެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 11 އޯގަސްޓު 2018 | ހޮނިހިރު 14:21
އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ހުށަހެޅުއްވި ހުސައިން ނަސީރު

އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ހުށަހެޅުއްވި ހުސައިން ނަސީރު

ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރެއްވުމަށް ހުށަހެޅުއްވި ހުސައިން ނަސީރު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ފޯމުގެ މައުލުމާތު ސައްހަނުވުމުގެ ސަބަބުން އޭނާގެ ކެންޑިޑެސީ ބަލައިނުގަތުން، އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ނިންމައިފިއެވެ.

އަމިއްލަ ގޮތުން އިންތިހާބަށް ކުރިމަތިލެއްވި ހުސައިން ނަސީރުގެ ނަން އީސީން ބަލައިނުގަތީ އޭނާއަށް ތާއިދުކޮށް ހުށަހެޅި މީހުންގެ ސައްހަ މައުލުމާތު ނުހިމެނޭތީ އާއި ވާދަ ކުރަން ހުށަހެޅި ހުސައިން ނަސީރުގެ ދާއިމީ އެޑްރެހަށް ބަދަލު އައިސްފައިވުމުން، ހިމަނަންޖެހޭ މައުލޫމާތު ނުހިމަނައި ސައްހަ މައުލޫމާތު ހުށަހަޅާފައިނުވުމުންނެވެ. އަދި އޭނާގެ ރަނިންމޭޓަކަށް ހުށަހެޅި ނަސްރުﷲ މުސްތަފާގެ ކުށުގެ ރެކޯޑު ފުރިހަމަކޮށްފައި ނުވާތީ، އީސީގެ ރައީސް އަހުމަދު ޝަރީފު ސޮއިކޮށް، ހުކުރު ދުވަހުގެ ހެނދުނު ވަނީ އޭނާގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމައި އެކަން އަންގާފައެވެ.

Advertisement - newsAdvertisement

އެކަމާ ގުޅިގެން ހުސައިން ނަސީރުގެ ފަރާތުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން، އޭނާގެ ސްޕޯކްސްޕާސަން އަމްޖަދު ހުސައިން ވިދާޅުވީ އީސީގެ ނިންމުމަކީ ނުފޫޒެއް އޮވެގެން ނިންމި ނިންމުމެއް ކަމަށެވެ. އީސީއަށް ނުފޫޒު ފޯރުވަނީ ކޮން ބައެއްތޯ ސުވާލު ކުރުމުން، ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދެއްކެވި ހުސައިން ނަސީރުގެ ރަނިންމޭޓް ނަސްރުﷲ ސީދާ ޖަވާބެއް ނުދެއްވިއެވެ.

"މީގަ އަތުވެދާނެ އޮއިވަރުތަކެއް ހުރެދާނެ. އިއްޔެގަ އެންމެ ބޭފުޅެއްގެ ސޮއި ނެތިގެން އަޅުގަނޑުމެންނަށް ލަސްވެގެން މިދިޔަ މުއްދަތު މިއީ ވަރަށް ބޮޑު މުއްދަތެއް. އެހެންވީމަ އެ މުއްދަތު އެހާ ބޮޑުވެގެން ދިޔައީމަ. ކޮންމެ ވެސް ކަހަލަ ނުފޫޒެއް ހުރި ކަމަށް އަޅުގަނޑުމެންނަށް މި ގަބޫލު ކުރެވެނީ. ޔަގީނަކާ ހިސާބަށް ގޮސްގެނެއް ނޫން މި ވާހަކަ މިދައްކަނީއަކީ." ނަސްރުﷲ ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ފުރުސަތު ހޯދުމުގެ ގޮތުން ކޯޓަށް މައްސަލަ ހުށަހަޅާނީ ކޮން އިރަކުންތޯ ސުވާލު ކުރުމުން ވީހާ ވެސް އަވަހަކަށް ކޯޓަށް ހުށަހަޅާނެ ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ. ހުށަހަޅާނެ ދުވަހެއް ވިދާޅެއް ނުވެއެވެ.

އިންތިހާބާ ބެހޭ ގާނޫނުގައި ބުނެފައި ވަނީ އިންތިހާބަށް ކުރިމަތިލުމަށް ހުށަހަޅާތާ ގިނަވެގެން 48 ގަޑިއިރު ނުވަތަ ދެ ދުވަހުގެ ތެރޭގައި އެކަން ގަބޫލުކުރިކަން ނުވަތަ ނޫންކަން އެ މީހަކަށް އަންގަން ޖެހޭނެ ކަމަށެވެ. އަދި އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ނިންމާ ނިންމުމެއް، ފަސް ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓަށް ނުވަތަ ހައި ކޯޓަށް ހުށަހެޅިދާނެ ކަމާށާއި އެއިން ކޯޓަކަށް އެފަދަ މައްސަލައެއް ހުށަހަޅައިފި ނަމަ ހަތް ދުވަހުގެ ތެރޭގައި އެކަން ނިންމަންޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައި ވެއެވެ.

ކޯޓަށް ހުށަހަޅައިގެން، އެކަމުގައި ކާމިޔާބީއެއް ނުލިބިއްޖެނަމަ، ތާއިދު ކުރާނީ ކޮން ކެންޑިޑޭޓަކަށްތޯ ސުވާލު ކުރުމުން ނަސްރުﷲ ވިދާޅުވީ އެކަމާމެދު ގޮތެއް ނިންމަން މާ އަވަސް ކަމަށެވެ.

"ތަންކޮޅެއް އަވަސް ކަންނޭނގޭ. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ރިޔާސީ ރޭހުގައި ވާދަ ކުރަން. ދެން އެއަށްފަހުގައި ދިމާވާ ކަމަކަށް ބިނާކޮށް އަޅުގަނޑުމެން ފަރާތަކާ ގުޅޭނީތޯ ނުވަތަ ނޫންތޯ ކަނޑައަޅާނީ،" ނަސްރުﷲ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު