Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބިދޭސީންގެ މައްސަލަ

ތޮއްޑޫއިން ޖިންސީ ފުރައްސާރަ ކުރި ބިދޭސީއަކު ހައްޔަރުކޮށްފި

9 އޯގަސްޓު 2018 | ބުރާސްފަތި 17:34

ބިދޭސީ މީހާ ވަނީ ކުޑަ ކުދިންނާއި ދިމާލަށް އަގަބަހުން ހަޑިހުތުރު ބަހުން މުއާމަލާތްކޮށް ބައެއް އަންހެނުންގެ ފަހަތުން ދުވެފައި

އަމްނާ އިމާދު
އަމްނާ އިމާދު | 9 އޯގަސްޓު 2018 | ބުރާސްފަތި 17:34
އއ.ތޮއްޑޫ މަތިން ނަގާފައިވާ ފޮޓޯއެއް

އއ.ތޮއްޑޫ މަތިން ނަގާފައިވާ ފޮޓޯއެއް

އއ. ތޮއްޑޫގައި ދިރިއުޅޭ މީހުންނަށް ޖިންސީ ފުރައްސާރަ ކުރި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ތޮއްޑޫ ކައުންސިލުގެ ރައީސާ ހަދީޖާ ނިއުޝާ ވިދާޅުވީ، ބިދޭސީ މީހާ ކުޑަ ކުދިންނާއި ދިމާލަށް އަގަބަހުން ހަޑިހުތުރު ބަހުން މުއާމަލާތްކޮށް އާންމުންނަށް ވެސް އެކި ގޮތްގޮތުން މިމީހާ ޖެއްސުން ކުރި ކަމަށެވެ. އަދި މަގުމަތިން ބައެއް އަންހެނުންގެ ފަހަތުން ދުވެ ހަދާފައިވާ ކަމަށް ވެސް ނިއުޝާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ނިއުޝާ ވިދާޅުވީ މިމައްސަލަ ބޮޑުވުމާއި ގުޅިގެން މިބިދޭސީ މީހާ ކައުންސިލުން ހައްޔަރު ކުރީ މިމަހު 5 ވަނަ ދުވަހު ކަމަށާއި، އޭގެ މާކުރިން ފުލުހުންނަށް މިމައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް ރައްޔިތުންނަށް މާބޮޑަށް އުނދަގޫވުމާއި ގުޅިގެން ރައްޔިތުންގެ އެދުމުގެ މަތިން ކައުންސިލުން އެމީހާ ހައްޔަރުކުރީ ކަމަށް އޭނަ ވިދާޅުވިއެވެ.

ކައުންސިލުން މިބިދޭސީމީހާ ހައްޔަރުކުރުމަށްފަހު ވެސް ފުލުހުންނަށް ރިޕޯޓުކުރިކަން ފާހަގަކުރައްވައި ނިއުޝާ ވިދާޅުވީ ވީއެންމެ އަވަހަށް ފުލުހުން މިމީހާ ބަލާއައުމަށް އެދުނު ކަމަށާއި، ނަމަވެސް ފުލުހުން އައީ ކައުންސިލުން އެމީހާ ހައްޔަރުކުރިތާ ދެދުވަސް ފަހުން ކަމަށެވެ.

މިމައްސަލައަށް ފުލުހުންގެ ފަރާތުން އެކަށީގެންވާ ސަމާލުކަމެއް ލިބިފައި ނުވާތީ ކަންބޮޑުވުންފާޅު ކުރައްވައި ނިއުޝާ ވިދާޅުވީ އެމީހާ ފިލާފާނެ ކަމުގެ ބިރު އޮތުމާއެކު ކައުންސިލްގެ މަސައްކަތްތައް ކުރިއަށްގެންދިޔައީ ވަރަށް ޕްރެޝަރުގައި ކަމަށެވެ.

"މީ އަސްލު ވަރަށް ސީރިއެސް މައްސަލައެއް. އާދިއްތަ ދުވަހު މިމީހާ ހައްޔަރުކޮށްގެން ކައުންސިލް އިދާރާގައި ބަންދުކޮށްފައި ބެހެއްޓީ. އެއްދުވަހު ބެހެއްޓިފަހުން ފުލުހުން މީނަ ބަލާއައީ. މީ ސީރިއެސް ކަމަކަށްވީއު ހިއެއްނުވޭ ފުލުހުން އެހާ ސީރިއެސް ކަމަކަށް ދެކުނު ހެނެއް. މިރަށުގަ އެމްޑީޕީ ދިދިއެއް ނަގާފިއްޔާ ހަމަ އެދުވަހު ފުލުހުން އަންނާނެ އެދިދަ ނަގަން. އެކަމަކު ސީރިއެސް މައްސަލައެއްގަ ހައްޔަރު ކުރި މީހަކު ބަލައެއް ނާދެވުނު" ނިއުޝާ ވިދާޅުވިއެވެ.

ތޮއްޑޫއަކީ ފުލުހުން ގާއިމުވެ ތިބޭ ރަށެއް ނޫންކަން ފާހަގަކުރައްވައި ނިއުޝާ ވިދާޅުވީ އެބިދޭސީ މީހާ ގެންދިޔައީ ރަސްދޫ ފުލުހުން އައިސް ކަމަށެވެ. އެރަށަކީ ދަނޑުވެރިކަމަށް ޚާއްސަ ރަށަކަށްވާއިރު މަސައްކަތް ކުރުވުމަށް ގިނަ އަދަދެއްގެ ބިދޭސީން އެރަށުގައި މިހާރު ދިރިއުޅެމުން ގެންދެއެވެ. އަދި ދޭތެރެ ދޭތެއިން މިފަދަ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ.

މިމައްސަލައާ ގުޅިގެން ފުލުހުންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި

14 ފެބުރުއަރީ 2017
ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި
08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
06 ފެބުރުއަރީ 2017

ރ. މަޑުއްވަރީގައި ހިންގި 3 މާރާމާރީއަކާ ގުޅިގެން 7 މީހަކު ހައްޔަރުކޮށްފި

06 ފެބުރުއަރީ 2017
ރ. މަޑުއްވަރީގައި ހިންގި 3 މާރާމާރީއަކާ ގުޅިގެން 7 މީހަކު ހައްޔަރުކޮށްފި
06 ފެބުރުއަރީ 2017

ބިދޭސީއަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

06 ފެބުރުއަރީ 2017
ބިދޭސީއަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް