Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

އިބޫ އާއި ފައިސަލް މިއަދު ވެސް ގިނަ ވަގުތު ގެތަކަށް ވަޑައިގެންނެވުމުގައި

9 އޯގަސްޓު 2018 | ބުރާސްފަތި 12:51

ލ އަދި ތ.އަތޮޅުގެ ކެމްޕެއިން ދަތުރުތައް ވަރަށް ކާމިޔާބު ކަމަށް ވިދާޅުވި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 9 އޯގަސްޓު 2018 | ބުރާސްފަތި 12:51
އިބޫ މިއަދު މާލޭގެ ބައެއް ގެތަކަށް ވަޑައިގަތުމުގެ ތެރެއިން:-ފޮޓޯ-ރާއްޖެއެމްވީ

އިބޫ މިއަދު މާލޭގެ ބައެއް ގެތަކަށް ވަޑައިގަތުމުގެ ތެރެއިން:-ފޮޓޯ-ރާއްޖެއެމްވީ

އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ރަނިންގމޭޓް ފައިސަލް ނަސީމް ކެމްޕެއިނުގައި ގިނަ ގެތަކަށް ބުރާސްފަތި ދުވަހު ވެސް ވަޑައިގެންފި އެވެ.

އިބޫ ބުރާސްފަތި ދުވަހު ހެންވޭރުގެ ގެތަކަށް ވަޑައިގެންނެވިއިރު ފައިސަލް ވަޑައިގެންނެވީ ހުޅުމާލޭގެ ގެތަކަށެވެ. ހެނދުނާއި މެންދުުރު ފަހު ވެސް އެ ދެ ބޭފުޅުން އުޅުއްވީ ގެތަކަށް ވަޑައިގެންނެވުމުގަ އެވެ.

Advertisement - newsAdvertisement

ފައިސަލް ނަސީމް މިއަދު ހުޅުމާލެއަށް ޒިޔާރަތްކުރުމުގެ ތެރެއިން:-ފޮޓޯ-ރާއްޖެއެމްވީ

މާލޭގެ ބައެއް ގެތަކަށް ވަޑައިގެންނެވުމަށްފަހު ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އިބޫ ވިދާޅުވީ ގެތަކަށް ޒިޔާރަތް ކުރައްވަނީ ރައްޔިތުންގެ އަޑުއަހާ ހިޔާލާއި މަޝްވަރާ ހޯދެއްވުމަށެވެ.

"އަޅުގަނޑުމެނަށް ތާއިދުކުރިއަސް ނުކުރިއަސް، ރައްޔިތުންގެ އިހްސާސްތައް ދެނެގަންނަން ޖެހޭނެ. އެއީ އަޅުގަނޑުމެން މިކުރާ މަސައްކަތަކީ. ރައްޔިތުން ތިބި ގޮތް އަޅުގަނޑުމެނަށް އިނގޭ. އެހެން ނަމަވެސް ބައްދަލުކޮށް ވާހަކަ ދެއްކީމަ އޭގެ ތަފްސީލުތައް ލިބިގެން މިދަނީ،" އިބޫ ވިދާޅުވި އެވެ.

ހަމަ އެހެންމެ އިބޫ ވިދާޅުވީ އެމްޑީޕީން ކޯލިޝަނެއްގެ ތެރެއިން މަސައްކަތްކުރާއިރު އެހެން ޕާޓީތަކުގެ މެމްބަރުންނަށް އެނގެން ބޭނުންވާ ކަންކަން ތަފްސީލްކޮށްދިނުމަކީ ވެސް އެމަނިކުފާނު ގެތަކަށް ޒިޔާރަތްކުރައްވާ އެއް ބޭނުން ކަމަށެވެ. އިބޫ ވިދާޅުވީ ތ. އަދި ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅުން ވަރަށް ބޮޑު އުއްމީދެއް ލިބިގެން ހިނގައްޖެ ކަމަށެވެ. އެ އަތޮޅުގެ ރައްޔިތުންގެ ކިބައިން ވެސް ފެނިގެން ދިޔައީ އަނިޔާވެރިކަން ނިންމަން ބޭނުންވެފައިވާ މަންޒަރު ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

"ރަށްރަށުން އެންމެ ބޮޑަށް އެދެނީ އަދުލު އިންސާފު ގާއިމުކޮށްދިނުމަށް، އަނިޔާވެރިކަން ނައްތާލަދޭށޭ. އެއަށްފަހު ދެން މިއަންނަނީ ދެން ހުރި ކަންތައްތައް،" އިބޫ ވިދާޅުވި އެވެ.

އަދި ވިދާޅުވީ އަންނަ އާދިއްތަ ދުވަހު ހދ.އަތޮޅަށް ކެމްޕެއިން ދަތުރެއްގައި ވަޑައިގަންނަވާނެ ކަމަށެވެ. އެ ދަތުރުފުޅުގައި ހދ.ގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

"ހދ.ގެ ހުރިހާ ރަށަކަށް ގޮސް ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންގެ އަޑުއަހައި، އެ އިހްސާސްތައް ދެނެގަނެ، އަޅުގަނޑުމެން ކުރަން ރާވާފައިވާ ކަންތައްތައް ހިއްސާކުރާނަން"އިބޫ ވިދާޅުވި އެވެ.

އިބޫ ހދ.އަތޮޅަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު ހުކުރު ދުވަހު ޅ.އަތޮޅަށް ފައިސަލް ވަޑައިގަންނަވާނެ އެވެ. ފައިސަލް ވަނީ މާލޭގެ ގެތަކަށާއި ވިލިމާލެ ގެތަކަށް ވެސް މީގެ ކުރިން ވަޑައިގެންފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އީރާނުގެ އެންމެ މަތީ ލީޑަރާއެކު ބޭއްވެވި ހަތް ގަޑިއިރުގެ ދިގު ބައްދަލުވުމުގެ ތަފްސީލުތައް ރައީސް ޕެޒެޝްކިއަން ދެއްވައިފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް