Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިބްތިހާލުގެ މަރު

އިބްތިހާލު މަރައެއް ނުލަން، އެއީ ދޮންބައްޕަގެ ދަރިއެއް: އާފިޔާ

8 އޯގަސްޓު 2018 | ބުދަ 14:28

މަރުވި ދުވަހު ގޭ ތެރޭގައި ބޮޑެތި ފިޔަވަޅު ހުރި: އާފިޔާ

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 8 އޯގަސްޓު 2018 | ބުދަ 14:28
އިބްތިހާލުގެ މަންމަ، އަދި އޭނާގެ ގާތިލު އާފިޔާ މުހައްމަދު: އިއުތިރާފު ވަނީ އަނބުރާ ގެންގޮސްފައި

އިބްތިހާލުގެ މަންމަ، އަދި އޭނާގެ ގާތިލު އާފިޔާ މުހައްމަދު: އިއުތިރާފު ވަނީ އަނބުރާ ގެންގޮސްފައި

އަނިޔާވެރި ގޮތަކަށް ވ. ރަކީދޫގައި މަރާލި ތިން އަހަރުގެ މުހައްމަދު އިބްތިހާލު މަރާލި ކަމަށް އިއުތިރާފުވި އޭނާގެ މަންމަ، އާފިޔާ މުހައްމަދުގެ ވާހަކަ ބަދަލުވެ، އިބްތިހާލު މަރާލާފައި ނުވާނެ ކަމަށް ބުނެފިއެވެ.

އާފިޔާގެ ވާހަކަ ބަދަލުވެ، އިބްތިހާލު މަރާލި ކަމަށް ބުނެ ކުރިން ވެފައިވާ އިއުތިރާފު ދޮގުކޮށް، ވާހަކަ ދެއްކީ އޭނާގެ މައްޗަށް އުފުލާފައިވާ ގަސްތުގައި ކުއްޖަކު މަރާލި ކަމުގެ ދައުވާ ގުޅިގެން ބުދަ ދުވަހު ބޭއްވި އަޑުއެހުމުގައެވެ.

Advertisement - newsAdvertisement

އާފިޔާ ބުނެފައި ވަނީ ދަރިފުޅު މަރާލި ކަމަށް އެއްބަސްވެ ތަހުގީގާއި ޝަރީއަތުގައި ވާހަކަ ދެއްކީ ބަޔަކު ބިރު ދައްކައިގެން ކަމަށެވެ. އާފިޔާ ބުނީ އިބްތިހާލު މަރުވި ދުވަހު އޭނާ ގެއިން ނުކުމެގެން ދިޔައީ ގޭތެރެ ކުނި ކަހާފައި ކަމަށާއި ނަމަވެސް އެނބުރި ގެއަށް އައިއިރު ގޭ ތެރޭގައި ބޮޑެތި ފިޔަވަޅުތައް ހުރި ކަމަށެވެ. އަދި އިބްތިހާލު ވެސް ގޭތެރޭގައި މަރުވެފައިވާ ކަމަށް އާފިޔާ ބުންޏެވެ.

އިބްތިހާލު މަރާލި ކަމަށް އެއްބަސްވާން ޖެހޭނެ ކަމަށް އެތައް ބަޔަކު އޭނާއަށް ބިރު ދައްކާ ކަމަށް އާފިޔާ ބުނުމުން ބުދަ ދުވަހުގެ ޝަރީއަތުގައި މައްސަލަ ބައްލަވާ ގާޒީ މުހުތާޒު ފަހުމީ ވަނީ އާފިޔާއާ ސުވާލުތަކެއް ކުރިމަތި ކުރައްވާފައެވެ.

ބިރު ދައްކަނީ ކޮން ބައެއްތޯ ގާޒީ މުހުތާޒު ފަހުމީ ސުވާލު ކުރެއްވުމުން އާފިޔާ ވަނީ އަންހެނަކާއި ފިރިހެނެއްގެ ނަން ޝަރީއަތުގައި ބުނެފައެވެ. ދަރިފުޅު މަރާލި މައްސަލާގައި އާފިޔާއަށް މަރުގެ ހުކުމް އަންނާނެ ކަމަށް އެ މީހުން ވިސްނައިދިން ކަމަށް އާފިޔާ ޝަރީއަތުގައި ބުންޏެވެ.

ބިރު ދެއްކި ވާހަކަ ޝަރީއަތުގައި ކުރިން ނުބުނީ ކީއްވެގެންތޯ ގާޒީ ސުވާލު ކުރުމުން، އާފިޔާ ބުނީ ބިރު ދެއްކި މީހުން އެކަން ކުރީ މަޖަލަކަށް ކަމަށް ހީކޮށްގެން އެ ވާހަކަ ކޯޓުގައި ނުދެއްކީ ކަމަށެވެ.

އާފިޔާ ކުށަށް އެއްބަސް، އިއުތިރާފުވީ މަޖަލަކަށް ބަޔަކު ދެއްކި ވާހަކައަކަށް ބަލައިގެންތޯ ގާޒީ ސުވާލު ކުރެއްވުމުން އާފިޔާ ބުނީ އާއެކެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ތިން ދަރިންގެ މަންމަ، އާފިޔާ ޝަރީއަތުގައި ބުނީ އޭނާގެ ދޮށީ ދަރިފުޅު، އިބްތިހާލަކީ ދޮން ބައްޕައަށް ލިބިފައިވާ ދަރިއަކަށް ވާތީ ދަރިފުޅާމެދު ރަކީދޫ މީހުންގެ މެދުގައި ރުޅިވެރިކަން އޮންނަ ކަމަށެވެ.

އިބްތިހާލަކީ އާފިޔާގެ ދޮންބައްޕައަށް ލިބުނު ދަރިއެއް ކަމަށް ބުދަ ދުވަހުގެ ޝަރީއަތުގައި އާފިޔާ ބުނިއިރު، މިއީ ޝަރީއަތުގައި އެ ވާހަކަ އާފިޔާ ދެއްކި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ފުލުހުން ބުނެފައި ވަނީ އާފިޔާއަކީ ކުޑައިރުން ފެށިގެން ޖިންސީ އަނިޔާ ލިބެމުން ދިޔަ އަންހެނެއް ކަމަށެވެ. އަދި ދޮންބައްޕަ ވެސް އޭނާއާ ބެހުނު ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

އާފިޔާއަށް، އޭނާގެ ދޮންބައްޕަގެ ފަރާތުން ޖިންސީ އަނިޔާ ލިބެމުންދިޔަ ދުވަސްވަރު އެކަމާ އޭނާގެ މަންމަ އަޅާނުލާތީ، ނަފްސާނީ މައްސަލަތަކެއް އާފިޔާ ތަހަންމަލް ކުރި ކަމަށް ރަކީދޫ މީހުން ބުނެ އުޅެއެވެ. އެ އަނިޔާތައް ލިބެމުންދަނިކޮށް އާފިޔާ ނަހަލާލަށް ބަލިވެ، އިނދެ އިބްތިހާލު ވަނީ ލިބިފައެވެ.

އެކަމާ ގުޅިގެން އާފިޔާ ބުނީ އިބްތިހާލަކީ ދޮންބަޕައަށް ލިބުނު ދަރިއަކަށްވުމުން، އިބްތިހާލު ބޮޑުވުމުން އަންހެން ކުދިންގެ ފަހަތުން އޭނާ ވެސް ދުވާނެ ކަމަށް ބުނެ، ރަކީދޫ މީހުން ދިމާކޮށް އުޅޭ ކަމަށެވެ.

ބުދަ ދުވަހުގެ ޝަރީއަތުގައި އާފިޔާއާ ދެކޮޅަށް މީހަކު ވަނީ ހެކިބަސް ދީފައެވެ. ހެކިބަސް ދިނީ ރަކީދޫ، ޝާމިލާ މުހައްމަދެވެ. އިބްތިހާލު މަރުވުމުގެ ދުވަސްތަކެއް ކުރިން، އެއް ދުވަހަކު އިބްތިހާލު އަތުގައި ހިފައިގެން ދަމަމުން "ތެޅި ތެޅީނުން މަރާލާނެ" ކަމަށް އާފިޔާ ބުނި ކަމަށެވެ.

އާފިޔާއާ ދެކޮޅަށް މީގެ ކުރިން ދައުލަތުން ވަނީ 19 ހެއްކެއް ހުށަހަޅާފައެވެ. ނަމަވެސް އާފިޔާ ކުށަށް އިއުތިރާފުވެފައިވުމުން ދައުލަތުން ނިންމާފައި ވަނީ އޭގެ ތެރެއިން ތިން މީހެއްގެ ހެކިބަސް ނެގުމަށެވެ.

އިބްތިހާލު މަރުވި ކަމަށް ބުނެ، ކުރިންވެފައިވާ އިއުތިރާފު އާފިޔާ އަބުރާ ގެންދިއުމުން، ދައުލަތުން ކޯޓުގައި ބުނީ ހުރިހާ ހެކިވެރިންގެ ހެކިބަސް ނަގަން ބޭނުންވާ ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

10 މާރިޗު 2017

ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން

10 މާރިޗު 2017
ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން
08 މާރިޗު 2017

ރާއްޖެ ޓީވީގެ ރައްދު: ބްރޯޑްކޮމްގެ ނިންމުން އިންސާފުން ބޭރު، އެއީ ބިރު ދެއްކުން!

08 މާރިޗު 2017
ރާއްޖެ ޓީވީގެ ރައްދު: ބްރޯޑްކޮމްގެ ނިންމުން އިންސާފުން ބޭރު، އެއީ ބިރު ދެއްކުން!
21 ފެބުރުއަރީ 2017

އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު

21 ފެބުރުއަރީ 2017
އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު
19 ފެބުރުއަރީ 2017

އިބްތިހާލު މަރުވީ ނޭވާ ނުލެވޭވަރަށް ކަރުގައި ހިފާ، ހަށިގަނޑުގެ ތެރެއަށް ލޭ އެޅިގެން: ޑޮކްޓަރ

19 ފެބުރުއަރީ 2017
އިބްތިހާލު މަރުވީ ނޭވާ ނުލެވޭވަރަށް ކަރުގައި ހިފާ، ހަށިގަނޑުގެ ތެރެއަށް ލޭ އެޅިގެން: ޑޮކްޓަރ
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
02 ފެބުރުއަރީ 2017

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު
29 ޖެނުއަރީ 2017

އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް

29 ޖެނުއަރީ 2017
އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް