Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2018

ޔާމީނަށް އިތުރު ދައުރެއް ދީފިނަމަ އެއްވެސް ޙައްޤެއް ރައްޔިތަކަށް ނުލިބޭނެ:ފައްޔާޒް

8 އޯގަސްޓު 2018 | ބުދަ 08:47

ގުޅިފައިވާ ޕާޓީތަކުން ނިކުތީ އިންސާފް ގެއްލުނީމާ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 8 އޯގަސްޓު 2018 | ބުދަ 08:47
ފައްޔާޒް އިސްމާއީލް: އިންސާފްގެ ވާހަކަ ވަރަށް ބޮދަށް ދައްކަވާ

ފައްޔާޒް އިސްމާއީލް: އިންސާފްގެ ވާހަކަ ވަރަށް ބޮދަށް ދައްކަވާ

ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުރުމަށް ރައީސް ޔާމީނަށް ފުރުސަތު ދީފިނަމަ އެއްވެސް ޙައްޤެއް ރައްޔިތަކަށް ނުލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު ފައްޔާސް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން އަންގާރަ ދުވަހުގެ ރޭ ލ. ގަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ފައްޔާޒް ވިދާޅުވީ ޤައުމެއްގައި އިންސާފާއި ހަމަހަމަކަން ނެތް ނަމަ އަޅުގަނޑުމެން ބޭނުންވާ އެއްވެސް ކަމެއް ހާސިލެއް ނުވާނެ ކަމަށާއި ގުޅިފައިވާ ޕާޓީތަކުން އެކަމުގައި ނިކުތީ އެހެން ވެގެން ކަމަށެވެ.

Advertisement - newsAdvertisement

ޤާނޫނީ ވަކީލު ފައްޔާޒް ވިދާޅުވީ އެތައް އަނިޔާއެއް ތަހައްމަލް ކުރަމުން ރައްޔިތުން އެދަނީ އެ އިންސާފް މި ޤައުމުގައި ނެތުމުން ކަމަށާއި އިންސާފް ނެތިއްޔާ އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ އަމިއްލަ ކަންކަންވެސް ނުކުރެވޭނެ ކަމަށެވެ.

" މި ފަސް އަހަރު ތެރޭގައި މި ޤައުމުން އިންސާފު ގެއްލިގެން ގޮސް އަޅުގަނޑުމެންގެ އިޤްތިސޯދު މިވަނީ ފުނޑުފުނޑުވެފައި. ކުދި އަދި މެދުފަންތީގެ ވިޔަފާރި މިއަދު މިޤައުމުގައި ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ" ފައްޔާޒް ވިދާޅުވިއެވެ.

މިދިޔަ ފަސް އަހަރު ތެރޭ ރައީސް ޔާމީންގެ ސަރުކާރުން އެއްވެސް މީހަކަށް އެއްވެސްތާކުން ގޯއްޗެއް ދީފައި ނުވާކަން ފާހަގަ ކުރައްވަމުން ފައްޔާޒް ވިދާޅުވީ ގަން ފަދަ ބޮޑެތި ބިން އޮތް ރަށްރަށް އޮއްވައި މީހުން ހުޅުމާލެއަށް ނުވަތަ ވިލިމާލެއަށް ގެންދިއުމުގެ ބޭނުމަކީ އަޅުވެތިކުރުން ކަމަށެވެ. ވަޒީފާތަކުގައި ތިބޭ މީހުން މިހާރު އަޅުވެތިކޮށްގެން ގެންގުޅޭ ގޮތަށް އަމިއްލަ މީހުންގެ މަސައްކަތްތައް ހުއްޓުވާ ފްލެޓްތަކުގައި ބައިތިއްބައިގެން އެ މީހުންނަށް ބަރޯސާ ކުރުވައިގެން ބޭތިއްބުންކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ޖަޒީރާ ރާއްޖޭގެ ދަށުން އެމީހެއްގެ އަތޮޅުގައި އެމީހެއްގެ ރަށުގައި ތިބެގެން ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ކުރިއަރާނޭ ޖާގައާއި ވިޔަފާރި ކުރެވޭނޭ ޖާގަ އަދި މުއްސަނދިކަން އިތުރު ކުރެވޭނެ ޖާގަ ލިބިގެންދާނެ ކަމަށެވެ.

ފައްޔާޒް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯތަކުގައިވާ ވައުދުތަކުގެ ތެރެއިން ފުރަތަމަ ކަމަކީ ގުޅިފައިވާ ޕާޓީތަކުގެ ޝިއާރު ކަމުގައިވާ އިންސާފުގެ މަގަށް ރާއްޖެ ގެންދިއުން ކަމަށާއި އެކަން ކުރުމަށް ލިބޭ އެންމެ މުހިއްމު ދުވަހަކީ 23 ސެޕްޓެމްބަރު ކަމަށެވެ.

ފައްޔާޒު ވިދާޅުވީ އެ ދުވަހު ނުކުމެ ބިރެއް ނެތި ބޭނުންވާ ގޮތަށް ވޯޓުލައިގެން މިއަނިޔާވެރި ރައީސް ޔާމީންގެ ވެރިކަން ނިންމަންޖެހޭ ކަމަށެވެ.

"އެނޫނިއްޔާ އަޅުގަނޑުމެންނަށް ނޭވާލައިގެން ކުރިއަށް އޮތް 5 އަހަރު އުޅެވޭނެ ޖާގައެއް ނެތް.ކުރިއަށް އޮތް 5 އަހަރު މިޤައުމުގައި އޭނާ (ރައީސް ޔާމިން) ހުރެއްޖިއްޔާ އަޅުގަނޑުމެންގެ އެއްވެސް ރައްޔިތެއްގެ އެއްވެސް ޙައްގެއް، އެއްވެސް މުދަލެއް އޮންނާނެ ކަމާ ދޭތެރެ ޝައްކެއް ނުކުރަން." ފައްޔާޒް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

25 ޖެނުއަރީ 2017
ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް