Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓްރާންސްފާ މާކެޓް

ކޮވަސިޗް އަދި މޮޑްރިޗް ވެސް ރެއާލްގައި މަޑުކުރާނެ

7 އޯގަސްޓު 2018 | އަންގާރަ 13:10

ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވީ އޭނާ ވިއްކާލާނީ 750 މިލިއަން ޔޫރޯއަށް ކަމަށް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 7 އޯގަސްޓު 2018 | އަންގާރަ 13:10
މޮޑްރިޗް އަދި ކޮވަސިޗް ޗެމްޕިއަންސް ލީގުގެ ތަށްޓާ އެކު

މޮޑްރިޗް އަދި ކޮވަސިޗް ޗެމްޕިއަންސް ލީގުގެ ތަށްޓާ އެކު

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ މިޑްފީލްޑަރުން ކަމަށްވާ ލޫކާ މޮޑްރިޗް އަދި މަޓެއޯ ކޮވަސިޗް އެޓީމުގައި މަޑުކުރާނެ ކަމަށް އެޓީމުގެ ކޯޗު ހޫލިއަން ލޮޕްޓެގީ ބުނެފިއެވެ.

ފާއިތުވެދިޔަ ސީޒަންތަކުގައި ރެއާލްގެ މިޑްފީލްޑުން ފެނުނު އެންމެ މުހިންމު ކުޅުންތެރިޔަކީ މޮޑްރިޗް ކަމަށްވާ އިރު އޭނާ ހޯދުމަށް އިޓަލީގެ އިންޓަރ މިލާނުން ދަނީ މަސައްކަތްކުރަމުންނެވެ. އެހެން ނަމަވެސް ކޮވަސިޗްއަށް ގިނަ ފަހަރު ފުރުސަތު ލިބިފައި ވަނީ ރެއާލްގެ ބެންޗުންނެވެ. ރެއާލް މެޑްރިޑްގެ ކޯޗުގެ މަގާމުން ޒިދާން އިސްތިއުފާ ދީފައިވުމާ އެކު އަދި ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސްއަށް ދިޔުމާ އެކު މޮޑްރިޗް ވެސް އެހެން ޓީމަކުން ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މޮޑްރިޗްއާ ގުޅޭ ގޮތުން ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވީ އޭނާ ވިއްކާލާނީ އޭނާގެ 750 މިލިއަން ޔޫރޯގެ ރިލީޒް ފީ ދެއްކުމުން ކަމަށެވެ.

ރެއާލްގެ ކޯޗު ލޮޕްޓެގީ ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނީ ރައީސް ވިދާޅުވި ގޮތަށް އަންނަ ސީޒަނުގައި ވެސް މޮޑްރިޗް ފެނިގެންދާނީ ރެއާލްއިން ކަމަށެވެ. މޮޑްރިޗްއާ ވެސް ވާހަކަ ދެއްކި ކަމަށާއި އޭނާ ބޭނުންވާ ކޮންމެ ވަގުތެއްގައި ވެސް ޓީމުގެ ކުޅުންތެރިންނާއި ވަކިވަކިން ބައްދަލުކޮށް ހިޔާލު ބަދަލުކުރާ ކަމަށެވެ. ހަމައެހެންމެ ކޮވަސިޗް ވެސް އެއްވެސް މައްސަލައެއް ނެތި ޓީމާ އެކު ފަރިތަކުރި ކަމަށާއި އޭނާއަކީ ވެސް ރެއާލްގެ ކުޅުންތެރިޔަކަށް ވުމާ އެކު ވަރަށް އުފާވާ ކަމަށެވެ.

ލޮޕްޓެގީ ބުނީ އޭނާ ދެކޭ ގޮތުގައި އަންނަ ސީޒަނުގައި ވެސް މޮޑްރިޗް އަދި ކޮވަސިޗް ވެސް ކުޅޭނީ ރެއާލްއަށް ކަމަށާއި އެ ދެ ކުޅުންތެރިން ވެސް މިވަގުތު ރެއާލްގައި ތިބީ ހިތްހަމަޖެހިގެން ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޗެލްސީ އިން އަންނަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ކޮވަސިޗް ހޯދުމަށް މަސައްކަތްކުރަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2017

ކެރިއަރު ނިންމާލަން ބޭނުން ވަނީ ރެއާލްގައި: ރޮނާލްޑޯ

08 ޑިސެމްބަރު 2017
ކެރިއަރު ނިންމާލަން ބޭނުން ވަނީ ރެއާލްގައި: ރޮނާލްޑޯ
08 ޑިސެމްބަރު 2017

ބެލެންޑޯ އެވޯޑް ހޯދަން ނޭމާ އަށް ފުރުސަތު ބޮޑީ ރެއާލްގައި: ރެއާލްގެ ރައީސް

08 ޑިސެމްބަރު 2017
ބެލެންޑޯ އެވޯޑް ހޯދަން ނޭމާ އަށް ފުރުސަތު ބޮޑީ ރެއާލްގައި: ރެއާލްގެ ރައީސް
28 ނޮވެމްބަރު 2017

އާސެނަލްގައި ސަންޗޭޒްއާއި އޮޒިލް މަޑުކުރާނެ: ވެންގާ

28 ނޮވެމްބަރު 2017
އާސެނަލްގައި ސަންޗޭޒްއާއި އޮޒިލް މަޑުކުރާނެ: ވެންގާ
03 އޮކްޓޯބަރު 2017

އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ މޮޅު ކޯޗު ހުރީ ރެއާލްގައި: ޕެރޭޒް

03 އޮކްޓޯބަރު 2017
އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ މޮޅު ކޯޗު ހުރީ ރެއާލްގައި: ޕެރޭޒް
29 ޖުލައި 2017

ދިގު މުއްދަތަކަށް ބާސާގައި ނޭމާ މަޑުކުރާނެ ކަމަށް އުންމީދުކުރަން: އިނިއެސްޓާ

29 ޖުލައި 2017
ދިގު މުއްދަތަކަށް ބާސާގައި ނޭމާ މަޑުކުރާނެ ކަމަށް އުންމީދުކުރަން: އިނިއެސްޓާ
25 ޖުލައި 2017

ރެއާލްގައި މަޑުކުރާނެކަމުގެ އިޝާރެއް ރޮނާލްޑޯ ދީފި

25 ޖުލައި 2017
ރެއާލްގައި މަޑުކުރާނެކަމުގެ އިޝާރެއް ރޮނާލްޑޯ ދީފި
18 ޖުލައި 2017

ޔުނައިޓެޑުގެ ހުށަހެޅުމެއް ނުލިބޭ، ރެއާލްގައި މިހުރީ ހިތްހަމަޖެހިގެން: ބޭލް

18 ޖުލައި 2017
ޔުނައިޓެޑުގެ ހުށަހެޅުމެއް ނުލިބޭ، ރެއާލްގައި މިހުރީ ހިތްހަމަޖެހިގެން: ބޭލް
27 ޖޫން 2017

އަގުއެރޯ ސިޓީ ދޫކޮށްލަން ނޫޅޭ، އޭނާ ކްލަބުގައި މަޑުކުރާނެ: އެޖެންޓް

27 ޖޫން 2017
އަގުއެރޯ ސިޓީ ދޫކޮށްލަން ނޫޅޭ، އޭނާ ކްލަބުގައި މަޑުކުރާނެ: އެޖެންޓް
26 މެއި 2017

ގްރީޒްމަން އެޓްލެޓިކޯގައި މަޑުކުރާނެ ކަމުގެ އިޝާރާތެއް ދީފި

26 މެއި 2017
ގްރީޒްމަން އެޓްލެޓިކޯގައި މަޑުކުރާނެ ކަމުގެ އިޝާރާތެއް ދީފި
16 ފެބުރުއަރީ 2017

ރެއާލްގައި ދިގު މުއްދަތެއް ހޭދަކުރަން ބޭނުން: ހަމޭސް ރޮޑްރިގޭޒް

16 ފެބުރުއަރީ 2017
ރެއާލްގައި ދިގު މުއްދަތެއް ހޭދަކުރަން ބޭނުން: ހަމޭސް ރޮޑްރިގޭޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް