Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑް

އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ މޮޅު ކޯޗު ހުރީ ރެއާލްގައި: ޕެރޭޒް

3 އޮކްޓޯބަރު 2017 | އަންގާރަ 09:29

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔަކީ ރޮނާލްޑޯ ކަމަށް ޕެރޭޒް ބުނި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 3 އޮކްޓޯބަރު 2017 | އަންގާރަ 09:29
ޒިދާން އަދި ރޮނާލްޑޯ

ޒިދާން އަދި ރޮނާލްޑޯ

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ މޮޅު ކޯޗު ހުރީ ރެއާލް މެޑްރިޑްގައި ކަމަށް އެ ކްލަބްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ބުނެފިއެވެ.

ހޯމަ ދުވަހު 2-0 އިން ރެއާލްއިން އެސްޕަންޔޯލް ބަލިކުރި މެޗުގެ ކުރިން މީޑިއާއާ ވާހަކަ ދައްކަމުން ޕެރޭޒް ބުނެފައި ވަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔަކީ ކްރިސްޓިއާނޯ ރޮނާލްޑޯ ކަމަށާއި އޭނާ ރެއާލްއަށް ކުޅުމަކީ އެ ޓީމަށް ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. އެގޮތުން އޭނާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހަތަރު ފަހަރު ހޯދާފައިވާ ކަމަށާއި މިއަހަރު ވެސް އެ އެވޯޑު ލިބޭނީ އޭނާއަށް ކަމަށް ޕެރޭޒް ބުނެފައި ވެއެވެ.

ހަމައެހެންމެ ރޮނާލްޑޯއަކީ ރެއާލްގެ ތާރީހުގައި ވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާކަން ފާހަގަކޮށް އޭނާއަކީ "ރެއާލް މެޑްރިޑް ޑީއެންއޭ" ހުރި ހުނަރުން ފުރިފައިވާ ކުޅުންތެރިޔެއް ކަމަށް ޕެރޭޒް ބުނެފައި ވެއެވެ. ޕެރޭޒް މިހެން ބުނެފައިވާއިރު ރޮނާލްޑޯ ވަނީ ރެއާލްއަށް 13 ތަށި ކާމިޔާބުކޮށްދީފައެވެ. މީގެ ތެރޭގައި ތިން ޗެމްޕިއަންސް ލީގާއި ދެ ލަލީގާ ތަށި ހިމެނެއެވެ.

ޕެރޭޒްވަނީ މިދިޔަ ސީޒަނުގައި ރެއާލްއަށް ޗެމްޕިއަންސް ލީގާއި ލަލީގާ ކާމިޔާބުކޮށްދިން ކޯޗު، ޒައިނުއްދީން ޒިދާންއަށް ވެސް ތައުރީފް ކޮށްފައެވެ. ރެއާލްގައި ކުޅުންތެރިޔެއްގެ ގޮތުގައި ވެސް ގިނަ ކާމިޔާބުތަކެއް ހޯދި ޒިދާން ވަނީ ކޯޗެއްގެ ގޮތުގައި އެ ކްލަބާ ހަވާލުވެ އަނެއްކާ ވެސް ރެއާލްއަކީ ސްޕެއިން އަދި ޔޫރަޕުގެ އެންމެ ގަދަ އެއް ބާރުގެ ގޮތުގައި ހަދައިދީފައެވެ.

ޒިދާންއާ ބެހޭ ގޮތުން ޕެރޭޒް ބުނެފައިވަނީ ޒިދާންއަކީ "މެޑްރިޑްސީމޯ" ގެ ނިޝާނެއް ކަމަށާއި މިދިޔަ ސީޒަނުގައި އެ ކްލަބުން ހޯދި ހުރިހާ ކާމިޔާބެއްގެ ވެސް މޭސްތިރިއަކީ ޒިދާން ކަމަށެވެ. އަދި ޒިދާން ރަމްޒުކޮށްދެނީ ރެއާލް އެ ބިންގަލެއްގެ މައްޗަށް ބިނާވެފައިވާ ބިންގާ ކަމަށް ވެސް ޕެރޭޒް ބުނެފައި ވެއެވެ. އަދި އޭނާ ހޯދަމުންދާ ނަތީޖާތަކުން އޭނާއަކީ ކުޅުންތެރިޔެއްގެ ގޮތުގައި ހޯދި ކާމިޔާބީ، ކޯޗެއްގެ ގޮތުގައި ވެސް ހޯދުމަށް މަސައްކަތްކުރާ މީހެއްކަން އެނގިގެންދާ ކަމަށް ވެސް ޕެރޭޒް ބުނެފައިވެއެވެ.

ނާލްޑޯ އާއި ޒިދާންއަށް ޕެރޭޒް ތައުރީފުގެ ބަސްތަށް އޮއްސާލާފައިވާއިރު ރޮނާލްޑޯ އާއި ޒިދާންއަކީ ވެސް ރެއާލްއަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީ އެ ކްލަބްގެ ތާރީހުން ޖާގަ ހޯދާފައިވާ ދެ މީހުންނެވެ. އެގޮތުން ޒިދާންވަނީ ކޯޗެއްގެ ގޮތުގަ އާއި ކުޅުންތެރިޔެއްގެ ގޮތުގައި އެ ކްލަބާ އެކު 13 ތަށި ކާމިޔާބުކޮށްފައެވެ. އަދި ރޮނާލްޑޯވަނީ 2009 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑުން ރެއާލްއަށް ބަދަލުވި ފަހުން އެ ޓީމަށް 268 މެޗު ކުޅެދީ 285 ލަނޑު ޖަހަދީފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
10 ޖެނުއަރީ 2017

ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

10 ޖެނުއަރީ 2017
ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު

04 ޖެނުއަރީ 2017
ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް